
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ނުލިބުމުގެ ސަބަބުން އިންސާނުންނަށް ކުރިމަތިވާ މެލްނިއުޓްރިޝަން ޙާލަތު ފަލަސްޠީނުގެ ޣައްޒާގައި އިތުރުވަމުންދާ ކަމަށާއި އެ ޙާލަތުގައި ތިބި މީހުންނަށް ދެވެންހުރި ކުއްލި ފަރުވާތައް ދެވޭނެ މަގު ބަންދުވަމުންދާ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.
ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުަވަހު ޔަހޫދީން ދޭން ފެށި ޙަމަލާތައް 15 މަސްދުވަހަށް ފަހު މެދުކަނޑާލާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް މާރިޗު މަހުގެ 2ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސްއަޅައި، ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހު އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފަށައިފައެވެ. ޣައްޒާއަށް އެއްވެސް ސާމާނެއް ވެއްދުމަށް ޔަހޫދީން ހުރަސްއަޅާފައިވާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ގެދޮރު ގެއްލިފައިވާ ޣައްޒާގެ އެތައް ހާސް ރައްޔިތުންނެެއް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. ޣައްޒާއިން މިހާރު ވަނީ ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ސާމާނު އެއްކޮށްހެން ހުސްވެފައެވެ. ބަނޑުހައިހޫނުކަމުގެ ޙާލަތު ބަލާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ވަނީ ޣައްޒާގައި ދިރިއުޅޭ މީހުންގެ ތެރެއިން ބައި މިލިޔަން މީހުން ބަނޑަށް ޖެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
ފަލަސްޠީނު ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބު، ރިކް ޕީޕަރކޯން ވިދާޅުވީ އުމުރަށް ވުރެ އެތައް ގުނައެއް ޅަ ކުދިންގެ ގޮތުގައި ފެންނަ ކުދިން ޣައްޒާއިން އޭނާއަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. އެ ގޮތުން އުމުރުން ފަސް އަހަރުގެ ކުޑަކުއްޖެއް ވެސް ބަލާބެލުމަށް ހީވަނީ އުމުރުން ދެ އަހަރާ ބައިގެ ކުއްޖެއްހެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ޒިޔާރަތްކުރެއްވި ޣައްޒާގެ އުތުރުގެ ސަރަޙައްދެއްގައި ހުންނަ ހަސްފަތާލެއްގައި މެލްނިއުޓްރިޝަން ޙާލަތަށް ސްކްރީން ކޮށްފައިވާ ކުޑަކުދިންގެ ތެރެއިން 20 އިންސައްތަ ކުދިންގެ ޙާލަތު ވަރަށް ގޯސްކަމަށް އޭނާ ވިދާޅުވިއެވެ. ޕީޕަރކޯން އިތުރަށް ވިދާޅުވީ ހަށިގަނޑަށް ފައިދާހުރި ކާނާ ނުލިބި، ސާފު ބޯފެނާއި ޞިއްޙީ ފަރުވާ ނުލިބޭނަމަ މުޅި ޖީލަށް ވެސް އެ ކަމުގެ ނޭދެވޭ އަސަރު ދާއިމީ ގޮތަކަށް ކުރާނެ ކަމަށެވެ. ހެދިބޮޑުވުމަށް ހުރަސްއެޅުމާއި ސިކުނޑީގެ ތަރައްޤީއަށް އަސަރު ކުރުމަކީ ވުން އެކަށީގެންވާ ކަންކަން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ފަލަސްޠީނުގެ ހާލުގައި ޖެހިގައިވާ ރައްޔިތުންނަށް އެހީތެރިވާ އދގެ އިދާރާގެ އިސްވެރިޔާ ފިލިޕް ލަޒާރިނީ ވެސް ވިދާޅުވީ ޔަހޫދީން ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސްއަޅަމުން ދަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. ޔަހޫދީން ދަނީ އެ މީހުންގެ ބެލުމުގެ ދަށުން ޣައްޒާއަށް ކާބޯތަކެތި ވައްދައި އެ މީހުންގެ ޚާއްޞަ މަރުކަޒުތަކުން ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ފޯރު ކޮށްދޭ ނިޒާމެއް ޤާއިމު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޔަހޫދީންގެ މި ރޭވުމަށް އެ މީހުންގެ އެންމެ ބޮޑު މަދަދުގާރުކަމުގައިވާ އެމެރިކާއިން ވެސް ތާއީދު ކުރެއެވެ. ނަމަވެސް ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނެއްގައި ވަނީ ޔަހޫދީން ހުށަހަޅާފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ނުފުދޭ ޢަދަދަކަށް އެހީ ފޯރު ކޮށްދިނުމަށް ކަމަށް ފާހަގަ ކޮށް، އެ ހުށަހެޅުމާމެދު ނުރުހުން ފާޅު ކޮށްފައެވެ.
ޕީޕަރކޯން ވިދާޅުވީ ޑަބްލިޔުއެޗްއޯގެ އަތުގައި ބޭސް ހުރީ މެލްނިއުޓްރިޝަން ޙާލަތާ ކުރިމަތިލާ 500 ކުދިންނަށް ފަރުވާ ދެވޭ މިންވަރަށް ކަމަށެވެ. ނަމަވެސް އެއީ ހަޤީޤަތުގައި ބޭނުންވާ ޢަދަދާ އަޅާބަލާއިރު މަދު ޢަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ޙިއްޞާ ކޮށްފައިވާ މަޢުލޫމާތަށް ހަވާލާ ދެއްވާ ޕީޕަރކޯން ވިދާޅުވީ ބަނޑުހައިހޫނުކަމާއި ހަށިގަނޑަށް ބޭނުންވާ ބައިތައް ނުލިބުމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 55 ކުޑަކުދިން ޝަހީދު ވެފައިވާ ކަމަށެވެ. މިހާރު ވެސް ކާބޯތަކެތި ނުލިބުމުގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށިވެ، ގެސްޓްރޯއެންޓެރިޓިސްއާއި ނިއުމޯނިޔާ ފަދަ ބަލިތައް ޖެހިފައިވާ ގިނަ ޢަދަދެއްގެ ކުދިން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކުދިންގެ ބަލި ޙާލަތުގެ ސަބަބުން އެ ކުދިން މި ދުނިޔެ ދޫކުރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. “މީހުން އާންމުކޮށް މަރު ވަނީ ބަނޑަށް ޖެހިގެނެއް ނޫން. މީހުން މަރު ވަނީ ބަނޑަށް ޖެހުމުން ޖެހޭ ބަލިތަކުގެ ސަބަބުން،” ޕީޕަރކޯން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
