
(ފޮޓޯ ކްރެޑިޓްްސް: ރޮއިޓާރސް)
ގަލްފުގެ މުއްސަނދި ޤައުމުތަކަށް ކުރައްވާ ރަަސްމީ ދަތުރުފުޅެއްގެ ތެރެެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ. ގަލްފުގެ ޤައުމުތަކަށް ޓްރަމަޕް ކުރައްވާ ދަތުރުފުޅުގެ ބޭނުމަކީ ޢަރަބި ޤައުމުތަކުން ވިޔަފާރިއާއި އިންވެސްޓްމަންޓު ފުރުޞަތުތައް ހޯއްދެވުމެވެ. މި ދަތުރުފުޅުގައި މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކަށް މާ ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަކަށް ނުބެލެވެއެވެ. ޓްރަމްޕް އުންމީދު ކުރައްވަނީ ދަތުރުގެ ތެރެއިން އެތައް ޓްރިލިޔަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް ގަލްފުގެ ޤައުމުތަކުން ހޯއްދެވުމަށެވެ.
ސަޢުދީ ޢަރަބިއްޔާއަށް ފަހު ޓްރަމްޕް ދެން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޤަޠަރަށެވެ. އެއީ މެއި މަހުގެ 14ވަނަ ދުވަހުއެވެ. އެއަށްފަހު ދެން އެ މަނިކުފާނު ވަޑައިގަންނަވާނީ އެކުވެރި ޢަރަބި އިމާރާތަށެވެ. އެއީ މެއި މަހުގެ 14ވަނަ ދުވަހުއެވެ. ގަލްފަށް ކުރައްވާ ދަތުރުފުޅުގައި ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރަމުންދާ އިސްރާއީލަށް ޓްރަމްޕް ވަޑައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. އެއާއެކު، އިސްރާއީލުގެ އެންމެ ބޮޑު މަދަދުގާރުކަމުގައިވާ އެމެރިކާއިން އެ ޤައުމަށް ދޭ މުހިންމުކަމާމެދު މަސްރަހު ދިރާަސާ ކުރައްވާ ބޭފުޅުން ދަނީ ސުވާލު އުފައްދަވަމުންނެވެ.
ރިޔާޟުގައި ބާއްވަމުންދާ ސަޢުދީ-ޔޫއެސް އިންވެސްޓްމަންޓް ފޯރަމުގައި ވާހަކަދައްކަވަމުން ސައުދީ ޢަރަބިއްޔާގެ އިންވެސްޓްމަންޓާބެހޭ ވަޒީރު ޚާލިދު އަލް-ފާލިޙް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއާއި އެމެރިކާއާ ދެމެދު އެންމެ ގާތް ގުޅުުމެއް އޮންނަނީ ހަކަތައިގެ ދާއިރާއިން ކަމަށެވެ. ސަޢުދީ ޢަރަބިއްޔާގައި ހުރި ވިޔަފާރި ފުރުޞަތުތަކާއި އިންވެސްޓުމަންޓު ފުރުޞަތުތައް މިހާރު އެތައް ގުނައެއް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަޢުދީ ޢަރަބިއްޔާއާއި އެމެރިކާއާ އެކުގައި މަސައްކަތް ކުރުމުން ނެރެވޭ ނަތީޖާ ވަރަށް ކާމިޔާބު ކަމަށް އޭނާ ވިދާޅުވިއެވެ.
ސަޢުދީ ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވީ ވަލީއަހުދަކީ އެ މަނިކުފާނުގެ އެކުވެރިއެއްކަމަށާއި ދެ ބޭފުޅުންގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަ ކަމަށެވެ. 2017ވަނަ އަހަރު އެ މަނިކުފާނު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާން އައު ކުރައްވައި ޓްރަމްޕް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއިން އެމެރިކާގައި އިންވެސްޓު ކުރާނަމަ އެއީ އެމެރިކާގައި ވަޒީފާގެ ފުރުޞަތުތަްއ އުފެއްދުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ. ސަމާސާ ރާގަކަށް ޓްރަމްޕް ވިދާޅުވީ މީގެ ކުރިން ސަޢުދީ ޢަރަބިއްޔާއިން އެމެރިކާއަށް 600 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރާނެ ކަމަށް ބުނެފައިވާއިރު މި ޢަަދަދު އެއް ޓްރިލިޔަން އެމެރިކާ ޑޮލަރަށް ވެސް އިތުރު ކުރެވިދާނެ ކަމަށެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއާއި އެމެރިކާއާ ދެ ޤައުމު ވެސް އެއް ޤައުމު އަނެއް ޤައުމާ ވަރަށް ގަޔާވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
