
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިދެއްވާނެ ކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. އޭނާ މި ކަން ހާމަ ކުރައްވާފައި ވަނީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ކުރެއްވި ސުވާލަކަށް އިޝާރާތް ކުރައްވައި، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ސޫރިޔާއާ ދެކޮޅަށް އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކާއި ޢަރަބި ދުނިޔެއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ އެ ޤައުމުގެ އަހުލީހަނގުރާމައާ ގުޅިގެންނެވެ. 14 އަހަރަށް ފަހު އެ ހަނގުރާމަ ނިމުމަކަށް އައިސްފައި ވަނީ، ބަޣާވާތަކުން ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކުރުމާ އެކުގައެވެ. އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ންނެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަނީ އެޗްޓީއެސްގެ ސަރުކާރަކުންނެވެ. ރައީސް ކަމުގެ މަޤާމު ފުރަނީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ. ވެރިކަން ވައްޓައިލުމާ އެކު އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯގެ ޙިމާޔަތް ހޯއްދަވާފައެވެ.
ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޝަރުޠުތަކެއް އެމެރިކާއިން ވަނީ އެޗްޓީއެސްގެ ސަރުކާރަށް ހުށަހަޅާފައެވެ. ނަމަވެސް، އެ ކަންކަން ފުރިހަމަ ކުރުމަށް ޝަރާޢުގެ ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެންމެ ބޮޑު ސަބަބަކީ، ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެ ޤައުމުގެ އިޤުތިޞާދު ފުނޑުފުނޑުވެފައި އޮތުމެވެ. އަދި، ބައިނަލްއަޤުވާމީ މާލީ ނިޒާމުން އެކަހެރި ކޮށްފައި އޮތުމެވެ. “ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަޅުގަނޑުމެން ފަހަރުގައި ލުއިކޮށްދީފާނަން، ސަބަބަކީ އައު ފެށުމަކުން ފެށުމުގެ ފުރުޞަތު ދިނުން،” ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ތުރުކީވިލާތުގެ ރައީސް އުރްދުޣާން އޭނާއާ ސުވާލު ކުރައްވާފައިވާ ކަމުގައެވެ.
“ވަރަށް ގިނަ މީހުން އަޅުގަނޑާ އެ ސުވާލު ކުރިމަތިކޮށްފި، ސަބަބަކީ އެ މީހުންނާ [ސޫރިޔާއާ] ދެކޮޅަށް ފިޔަވަޅު އަޅާފައި އޮތުން، އޭގެ ސަބަބުން އައު ފެށުމަކުން ފަށައިގަތުމުގެ ފުރުޞަތުން އެ މީހުން އޮތީ މަޙްރޫމުވެފައި. އެހެންވެ އަޅުގަނޑުމެން ބޭނުމީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް،” ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ރުއްސުމަށް ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި އެންމެ މަތީފަންތީގެ އިމާރާތެއް އެޅުމުގެ ފުރުޞަތު އޭނާގެ ވިޔަފާރި ކުންފުނި، ‘ދި ޓްރަމްޕް އޮގަނައިޒޭޝަނަ’ށް ދިނުމަށް އެޗްޓީއެސްގެ ސަރުކާރުން ހުށަހަޅާފައިވާ ކަން ދާދިފަހުން ވަނީ ހާމަވެފައެވެ. މި ކަމާ ގުޅޭ ރިޕޯޓުތައް ޢާންމުވެފައި ވަނީ، މެދުއިރުމަތީގެ ތިން ޤައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި ޓްރަމްޕް ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި އޮތް ދަނޑިވަޅެއްގައެވެ.
‘ޓްރަމްޕް ޓަވަރެއް’ ދިމިޝްޤުގައި ބިނާ ކުރުމުގެ ފުރުޞަތު ޓްރަމްޕްގެ ކުންފުންޏަށް ދިނުމަށް ހުށަހަޅާފައި ވަނީ، މެދުއިރުމައްޗަށް ޓްރަމްޕް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އޭނާއާ އެކު އެޗްޓީއެސްގެ ވެރިން ބައްދަލު ކުރުމުގެ ފުރުޞަތު ހޯދުމުގެ ނިޔަތުގައި ކަމުގައި، ކަމުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުންޏެވެ. މީގެ އިތުރުން، ޓްރަމްޕް ރުއްސުމަށް އެހެން ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޓީއެސްގެ ސަރުކާރުން ހުށަހަޅާފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. އޭގެ ތެރޭގައި، ޒަޔަނިސްޓު އިސްރާއީލާ ދެމެދު އޮތް ދެކޮޅުވެރިކަން ނައްތައިލައި ގުޅުން ބަދަހި ކުރަން ފެށުމުގެ އިތުރުން ސޫރިޔާގެ ތެލާއި ގޭސް އުފައްދާ ސިނާޢަތުގެ ހިއްސާއެއް އެމެރިކާއަށް ދިނުން ހިމެނޭ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. މި ކަމުގެ މަޢުލޫމާތު އިނގޭ ފަރާތްތަކުން ބުނީ، މިއީ ޓްރަމްޕް ރުއްސައި، ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިހޯދުމުގެ ހުށަހަޅާފައިވާ ހުށަހެޅުންތަކެއް ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
