
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެކުވެރި ދައުލަތްތައް (އދ) މެދުވެރިކޮށް އީރާނާ ދެކޮޅަށް ކުރިން އަޅާފައި އޮތް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަލުން ރުޖޫއަ ކުރުމަށް ވިލާތުގެ ބާރުތަކުން ނިންމައިފި ނަމަ، މަސްރަޙު އިތުރަށް ނުތަނަވަސް ވެގެންދާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފިއެވެ. އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ މި މޭރުމުން ވިދާޅުވެ، އިންޒާރު ދެއްވާފައި މި ވަނީ އދން އީރާނާ ދެކޮޅަށް އަޅާފައި އޮތް ދަތި ކުރުމުގެ ފިޔަވަޅުތައް އަލުން ރުޖޫއަކުރުމަށް (އީ3ގެ ތިން ޤައުމުގެ ގޮތުގައި ބެލެވޭ) އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުން ވިސްނަމުންދާ ކަމަށް ރިޕޯޓު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން ހުޅަނގުގެ ބާރުތަކާ ދެމެދު 2015ވަނަ އަހަރު އެއްބަސްވުމެއް އެކުލަވައިލިއެވެ. އެ އެއްބަސްވުމުގައި ހުޅަނގުގެ ބާރުތަަކަށް، ޚާއްޞަ ގޮތެއްގައި ވިލާތުގެ މައި ތިން ބާރުގެ ގޮތުގައި ބެލެވޭ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތަށް ބާރުތަކެއް ދީފައިވެއެވެ. އޭގެ ތެރޭގައި، ޚާރިޖީ މައިދާނުގައި “ސްނެޕްބެކް މެކޭނިޒަމް”ގެ ނަން ދީފައިވާ ނިޒާމެއްގެ ބޭނުން ހިފުން ހިމެނެއެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އަލުން ރުޖޫއަކުރަން ވިލާތުގެ ތިން ބާރުން ބޭނުންވެއްޖެ ނަމަ، އޮކްޓޫބަރު 18ވަނަ ދުވަހުގެ ކުރިން އެ ކަމާ މެދު ގޮތެއް ނިންމަން ޖެހޭނެއެވެ.
“މި ކަމުގައި އީރާނުން ދެކޭ ގޮތް އޮންނާނީ ސާފުކޮށްދީފައި. ސްނެޕްބެކް މެކޭނިޒަމް ބޭނުން ކުރުމާ ދެކޮޅަށް ޖޭސީޕީއޯއޭގެ [އީރާނާގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ އެއްބަސްވުން] ބައިވެރިންނަށް އަޅުގަނޑުމެން އޮންނާނީ އިންޒާރު ދީފައި އެ ގޮތަށް އަމަލުކޮށްފި ނަމަ މަސްރަޙު ހޫނުވާނެ ކަމަށް ބުނެ، އެއްބަސްވުމުގައި ވިލާތުގެ ޤައުމުތަކަށް އޮތް ބައިވެރިވުމަށް ނިމުމެއް އަންނާނެ، އަދި، މަސްރަޙު އިތުރަށް ހޫނުވެ، ދެން އިސްލާޙު ނުކުރެވޭ ފަދަ ހާލަތަކަށް ވެއްޓިގެން ދާނެ،” ފަރަންސޭސިވިލާތުގެ މެގެނިޒެއްގައި ޝާއިޢު ކުރެއްވި ކޮލަމެއްގައި ޢަރާޤިޖީ ލިޔުއްވިއެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަކީ ހުޅަނގުގެ، ޚާއްޞަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައިގަނޑު އަމާޒެކެވެ. ޔަހުދީންގެ އެންމެ ބޮޑު މަދަދުގާރުގެ ގޮތުގައި ބެލެވޭ ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަމަށް، އަދި ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމަށް އޮތް ބޮޑު ނުރައްކަލެކެވެ.
2015ގެ އެއްބަސްވުން އުވައިލެއްވީ ޓްރަމްޕް
ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމުގެ ގޮތުން 2015ވަނަ އީރާނުން އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ ދުނިޔޭގެ ހަ ބާރަކާ އެކުގައެވެ. ނަމަވެސް، 2018ވަނަ އަހަރު، ވެރިކަމުގެ ފުރަތަމަ ދައުރުގައި ޓްރަމްޕް ވަނީ އެ އެއްބަސްވުން ބާޠިލު ކުރައްވާފައެވެ. އަދި، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ދެވަނަ ދައުރަކަށް ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ދަތި ކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅުއްވައި، އިތުރު ފިއްތުންތައް ކުރިމަތި ކުރަން ފަށްޓަވާފައެވެ.
މިހާރު ވެސް ޓްރަމްޕްގެ އަމާޒަކީ އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު އޭނާގެ ކޮންޓުރޯލުގެ ދަށަށް ގެންދެވުމެވެ. އެ ކަމާ ގުޅޭ ގޮތުން އެމެރިކާއާއި އީރާނާ ދެމެދު ދާދި ފަހުން ވަނީ މަޝްވަރާތަކެއް ފަށާފައެވެ. އޮމާނުން މެދުވެރިއެއްގެ ގޮތުގައި ބައިވެރިވާ ނުރަސްމީ މަޝްވަރާތަކުގެ ހަތަރު ވަނަ ބައްދަލުވުން މޭ 11ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އޮމާންގައި ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވިލާތުގެ ބާރުތަކަށް ދީފައެއް ނެތެވެ. ނަމަވެސް، އީ3ގެ ގޮތުގައި ބެލެވޭ ވިލާތުގެ ތިން ބާރުން ދަނީ މި ކަމުގައި ބައިވެރިވެވޭނެ ގޮތްތައް ހޯދަމުންނެވެ. އަދި، ސްނެޕްބެކް މެކޭނިޒަމްގެ ބޭނުން ހިފައި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އަލުން ރުޖޫއަކުރުމަށް އެ ތިން ޤަައުމުން މަޝްވަރާ ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ޓްރަމްޕް ވިދާޅުވީ، އެމެރިކާއާ އެކު ކުރަމުންދާ މަޝްވަރާތަކުގައި އީރާނުން ވަރަށް “ވިސްނުންތެރިކަމާ އެކު” ބައިވެރިވަމުންދާ ކަމުގައެވެ. “އަޅުގަނޑުމެން ބޭނުން ވަނީ އީރާނަކީ މުއްސަނދިކަން ލިބިފައިވާ، އުފާވެރި އަދި އަޖާބުކުރަނިވި ޤައުމަކަށް ހަދައިދިނުން، ނަމަވެސް، ނިއުކްލިޔަރ ހަތިޔާރެއް ނުދެވޭނެ، ކަން އޮތް ގޮތް ވަރަށް ސާފު. އަޅުގަނޑު ބޭނުންވާ ގޮތް އެ މީހުންނަށް ވަރަށް ސާފު ކަމަށް ދޭހަވޭ، އަދި އެ މީހުން ދަނީ ވަރަށް ބުއްދިވެރިކަމާ އެކު މަޝްވަރާތަކުގައި ބައިވެރިވަމުން،” ޓްރަމްޕް ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމަށް އީ3ގެ ނަން ދީފައިވާ ވިލާތުގެ ތިން ބާރުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެ ތިން ޤައުމުން ދަނީ އީރާނާ އެކު މަޝްވަރާތަކެއް ވެސް ބާއްވަމުންނެވެ. އީ3އާއި އީރާނާ ދެމެދު މޭ މަހުގެ ތެރޭގައި ބޭއްވި މަޝްވަރާތަކުގައި ކުރިއެރުންތަކެއް ނުލިބި ފޭލުވި ނަމަވެސް ޢަރާޤިޖީ ވިދާޅުވީ އޭގެ ފަހުން އެ ޤައުމުތަކާ އެކު އިތުރު މަޝްވަރާތަކެއް ބާއްވާފައިވާ ކަމުގައެެވެ. އަދި، އެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. ނަމަވެސް، މި ކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ ކުރުމަށް އީ3ގެ ޤައުމުތަކުގެ ޚާރިޖީ ވުޒާރާތަކުން ވަނީ އިންކާރު ކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
