
ބޫޓާންގެ ގައުމީ ޓީމާ އެއްވަރުކޮށް، 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ. އިއްޔެ ހަވީރު އިންޑިޔާގައި ކުޅުނު މެޗު ނިމުނީ ރާއްޖެ ލީޑް ނަގާފައިވަނިކޮށް އިތުރު ވަގުތުގައި ބޫޓާން ޖެހި ލަނޑުން 2-2 ގެ ނަތީޖާއަކުން އެއްވަރުވެގްނެނެވެ. މި ނަތީޖާއާއެކު ރާއްޖެ ސެމީ ފައިނަލަށް ދިޔައީ ކުޅުނު ދެ މެޗު ވެސް އެއްވަރުވެގެން ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އެއްވަރުވީ ބަނގްލަދޭޝްއާ ވާދަކޮށް 2-2އިންނެވެ.
އިއްޔެގެ މެޗުގައި އެންމެ ފުރަތަމަ ގޯލު ޖެހީ 44 ވަނަ މިނިޓްގައި ލާމް ޓެންޒިން އެވެ. މި ގޯލަށް ފަހު އިތުރު ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ބޫޓާނަށް ނަތީޖާ ފުޅާ ނުކުރެވި އުޅެނިކޮށް ރާއްޖެ އަށް އެއްވަރުކޮށްދިނީ ވެލެންސިއާގެ ޒުވާން ފޯވަޑް އައިދު މުޙައްމަދު ޖަވީޒެވެ. އޭނާ 77 ވަނަ މިނިޓްގައި ޖެހި މި ގޯލަށް ފަހު ރާއްޖެ އިން ލީޑް ހޯދީ އިތުރު ވަގުތުގައި އަޝްހަމް އިބްރާހީމް މުޙައްމަދު ޖެހި ގޯލުންނެވެ. ނަމަވެސް މީގެ ދެ މިނިޓް ފަހުން ބޫޓާނުން ނަތީޖާ އެއްވަރުކުރި އެވެ.
މި ގްރޫޕުން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީ އަށް ދަތުރު ކުރީ ބަންގްލަދޭޝް އެވެ. އެއީ ރާއްޖެއާ އެއްވަރުކޮށް ބޫޓާން ބަލިކޮށް ހޯދި ހަތަރު ޕޮއިންޓާއެކުގަ އެވެ. ރާއްޖެ އަށް ދެ ޕޮއިންޓް އަދި ބޫޓާނަށް ލިބުނީ އެއް ޕޮއިންޓެވެ. ސެމީގައި ރާއްޖެ ވާދަކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާ އެވެ. އެއީ ނޭޕާލް ނުވަތަ އިންޑިޔާއާ އެވެ. ގްރޫޕް އޭގެ އެއްވަނަ ޔަގީންވާނީ ނޭޕާލާއި އިންޑިޔާ ކުޅޭ މެޗު ނިމުމުންނެވެ. މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހު އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
