
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޤާނޫނުތަކަށް އަލަށް ގެނެވުނު އިސްލާހުތަކާއެކު ކުށުގެ ވެށްޓަށް ކުޑަކުދިން ހުށައެޅުމަކީ ކުށެއްކަމަށް ބަޔާންކުރާ ކަމަށާއި އެކަން ކުރާ މީހުން ހައްޔަރުކޮށް، ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މިހާތަނަށް އައިރު، ކުށުގެ މާޙައުލުގައި އުޅޭކަމަށް 400 އެއްހާ ކުދިން ރިކޯޑުކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ކުދިންނާއި ކުށަށް އަރައިގަތުމުގެ ރިސްކު އޮތްކަމަށް ރިކޯޑުކުރެވިފައިވާ ކުދިންގެ އަދަދު 1000 އަށްވުރެ ގިނަކަމަށް ވަޒީރު ވިދާޅުވިއެވެ.
“މި 1000 ކުދިންނަށް އަޅާނުލައިފިނަމަ، ކުރިއަށް އޮތްތަނުގައި ފެންނާނީ ޖަލުން. ނޫނީ އެވަރުގެ ކުށަކަށް އަރައިގަންނަތަން. އެހެންވެގެން އަޅުގަނޑުމެން ހޯޕް އައިލެންޑްގެ ނަމުގައި ރަށެއް މިއަޅަނީ.” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ކުށުގެ މާޙައުލުގައި ހަރަކާތްތެރިވަމުންދާ އަދި ކުށުގެ މާޙައުލަށް ހުށައެޅުމުގެ ރިސްކު އޮތް ހުރިހާ ކުޑަކުދިން ހެޔޮ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް ހޯޕް އައިލެންޑްގެ މަޝްރޫޢުގެ ދަށުން ފެށޭނެ ކަމަށެވެ. ހޯޕް އައިލެންޑަކީ އަޚުލާޤު ރަނގަޅު، މުޖުތަމަޢަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ކުށްކުރާ ކުދިން މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ފެސިލިޓީތަކަކާއެކު ތަރައްޤީކުރާ ރަށެކެވެ. ވަޒީރު ވިދާޅުވީ، ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށް އިޖުތިމާޢީ ގިނަ މައްސަލަތަކެއް ހައްލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމާއި ޤާނޫނުން ކުޑަކުދިންނަށް ލިބޭ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުށުގެ މާޙައުލަށް ކުޑަކުދިން ހުށައެޅުން، ކުށެއްގެ ގޮތުގައި މީގެ ކުރިން ނުބެލި ނަމަވެސް، މިހާރު ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު ފިޔަވަޅު އެޅޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުށުގެ މާޙައުލަށް ކުޑަކުދިން ނެރޭ މީހުން ހައްޔަރުކޮށް، ޕްރޮސިކިއުޓްކޮށް، އެ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ހޯޕް އައިލެންޑް އެޅެންދެންވެސް ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ބައެއް ޕްރޮގުރާމްތައް ހިންގަމުންދާ ކަމަށެވެ. އެ ގޮތުން އެފަދަ ކުދިންނަށް އަމާޒުކޮށް ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމްތައް ހިންގަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކުދިންނަށް ބޭނުންވާ ނަފްސާނީ އެކިއެކި ފަރުވާ ދިނުމަށް މީހުން ތަމްރީންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޖިނާޢީ މައްސަލަތަކުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު 14 އަހަރަށް ދަށް ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީވެސް ކުށުގެ މާޙައުލުން ކުޑަކުދިން ދުރުކުރުމަށްޓަކައި ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
