
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގަސްތަކުގައި އަޅާ ކޫޑިތަކުގެ މައްސަލަ ހައްލުކުރަން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ދިރާސާތައް ކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ “އަހާ” ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. “އަހާ” ފޯރަމްގައި އާއްމުންގެ ފަރާތުން ކުރި ސުވާލެއްގައި ވަނީ ދަނޑުވެރިކަން ކުރުމުގައި ބައިވަރު ގޮންޖެހުންތައް ހުރި ކަމަށާއި، އޭގެތެރެއިން އެއް ކަމަކީ ކޫޑި އެޅުންކަން ފާހަގަކޮށް، މިކަމަށް އޮތް ހައްލާގުޅޭގޮތުން ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ކޫޑިތަކުގެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ދަނީ ކުރަމުންކަމަށެވެ. އެގޮތުން ޗައިނާގެ އެގްރިކަލްޗަރަލް ސެންޓަރަކުން ގަސްތަކަށް ޖަހާ ބޭސްތަކެއް ލިބިފައި ހުރި ކަމަށާއި، މިތަކެތި ވަރަށް އަވަހަށް ރަށްރަށަށް ފޯރުކޮށްދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކޫޑިތަކުގެ މައްސަލަ ހައްލުކުރުމަށް ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ދިރާސާތައް ކުރަމުންދާކަމަށާއި ހޭލުންތެރިކަން އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ވަޒީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ މިނިސްޓްރީގައި އެބަހުރި ލީފްލެޓްސް، އިންފޮމޭޝަން ހިއްސާ ކުރެވޭނެ. އެކި އަތޮޅުތަކުން އެކި ރަށްރަށުން މަޢުލޫމާތު ބޭނުން ފުޅުވެގެން ވަރަށް ގިނައިން އީމެއިލް އާދޭ. އަޅުގަނޑުމެން މިދަނީ ލީފްލެޓްސްތައް ހިއްސާ ކުރަމުން. އަދި އަޅުގަނޑުމެންގެ ސޯޝަލް މީޑިއާތަކުން، ޓިކްޓޮކް، އެކްސް އަދި ފޭސްބުކްއިން ވެސް މިދަނީ މައުލޫމާތު ހިއްސާ ކުރަމުން” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ޑރ. މާރިޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމަށެވެ. އަދި ވުޒާރާއިން މަސައްކަތް ކުރަމުން ދަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި މަސައްކަތް ކުރާ އުސޫލުން، ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމު ކުރުމަށްކަމަށެވެ.
އެގޮތުން މެޕް ޕްރޮޖެކްޓްގެ ޒަރީއާއިން ހދ، ހއ އަދި ށ އަތޮޅުގައި ޕްރޮޖެކްޓްތަކެއް ހިންގަމުންދާ ކަމަށާއި، މި ޕްރޮގްރާމްތަކުގައި މި ދަނޑުވެރިންނަށް ސޮއިލް ޓެކްނޮލޮޖީ އަދި ގަސް ބަލަހައްޓާ، މާކެޓް ކުރުމާއި ގުޅޭ ކަންތައްތައް ދަސްކޮށްދެމުންދާ ކަމަށް ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
