
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެކިއެކި ބޭނުންތަކަށް ދޫކޮށްފައިވާ ރަށްރަށުގައި މަސައްކަތް ނުހިނގާނަމަ ކުންފުނިތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލުކުރެވޭނެކަމަށް ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަ ނައިބު މިހެން ވިދާޅުވީ ވަޒީރުންގެ އަހާ ފޯރަމްގެ ތެރެއިން މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަހާ ފޯރަމްގެ ތެރެއިން މީހަކު ވަނީ ސަން ޓްރެވަލްސް ކުންފުންޏަށް ނ. މިނާވަރާއި އުއްދޫ ކުއްޔަށް ދޫކޮށްފައިވަނިކޮށް، އޭގެ ތެރެއިން އެއް ރަށުގެ އެއްބަސްވުން ބާތިލުކޮށް، އަނެއް ރަށުގެ އެއްބަސްވުން އައު ނުކޮށްދިނުމުން ސުވާލު އުފައްދާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ ނ. މިނާވަރާއި އުއްދޫ ދޫކޮށްފައިވަނީ ވަކި ޕްރޮޕޯސަލެއް ހުށައެޅުމުން ވަކި މަސައްކަތްތަކެއް ކުރުމަށް އެއްބަސްވުމެއް އެކުލަވާލެވިގެން ކަމަށެވެ. އަދި ސަރުކާރުން ކުރިއަށްގެންދިޔަ ސަރވޭތަކުން އެ ރަށްރަށުގައި އެއްބަސްވުމާ އެއްގޮތަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރިއަށް ނުގެންދާކަން ފާހަގަވިކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
އެހެންކަމުން އުއްދޫއަކީ 25 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއްކަމުން، ކުއްޔަށް ދޫކުރި މުއްދަތު ހަމަވުމުން އެއްބަސްވުން އައު ނުކުރަން ނިންމީކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މިނާވަރުގައިވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ހިނގަމުންނުދާތީ އެއްބަސްވުމުގައިވާ ހުރިހާ އިޖުރާޢަތްތަކެއް ފުރިހަމަކޮށް، ނޯޓިސްދިނުމަށްފަހު އެއްބަސްވުން ބާތިލުކުރީކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ. ބަންޑާރަ ނައިބު ވިދާޅުވީ ހަމައެކަނި މި ދެ ރަށް ނޫނަސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުހިނގާ ރަށްރަށާއި ފަޅުތައް އެބަހުރި ކަމަށެވެ. އަދި މި އެއްބަސްވުންތައް ރިވިއުކުރުމަށްފަހު، މަސައްކަތް ހިނގަމުންނުދާ ރަށްރަށާއި ފަޅުތަކުގެ އެއްބަސްވުން ބާތިލުކުރެވޭނެކަމަށާއި އެއްބަސްވުންތައް ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
“ނަހަމަ ގޮތުގައި ބޭނުން ހިފައި ރަށްރަށް ސަރުކާރަށް ނެގުމުގެ މަސައްކަތްކުރަމުންދަނީ. ދަނޑުވެރިކަމުގެ ބޭނުންތަކަށް އެކަންޏެއް ނޫން ރަށްރަށް ދޫކޮށްފައިހުރީ. ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ފަޅާއި ރަށްރަށް އެބަހުރި. މި ތަންތަނުގެ ތެރެއިންވެސް މަސައްކަތް ހިނގަމުންނުދާ ތަންތަން ވަރަށް ގިނަ.” ބަންޑާރަނައިބު ވިދާޅުވިއެވެ. ސަން ޓްރެވަލްސްއަށް ނ. މިނާވަރު ކުއްޔަށްދީފައި ވަނީ 2010 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. އެ ރަށް ދޫކުރީ ދަނޑުވެރިކަމާއި ވެލިއުއެޑެޑް ޕްރޮސެސިންގ މަސައްކަތްކުރުމަށް ނުވަތަ އަގުއެއްކޮށްގެން ވިއްކާނެ ބާވަތްތައް އުފައްދާ ބާޒާރަށް ނެރުމުގެ މަސައްކަތްކުރުމަށެވެ. އެ ރަށުގައި އެއްބަސްވުމާއި ޚިލާފަށް ކަންކަން ކުރަމުންދާތީ އެކަންކަން ރަނގަޅުކުރުމަށް ތަކުރާރުކޮށް އެންގުމުންވެސް ރަނގަޅުކޮށްފައިނުވާކަން ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ދ. އުއްދޫ ދޫކޮށްފައިވަނީ ވިޔަފާރި އުސޫލުންނެވެ. އެ ރަށުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެރަށް ސަރުކާރަށް ލިބުނުއިރު، އެ ރަށަކީ ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
