
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ހުރި އެމެރިކާއަށް ނިޞްބަތްވާ އަސީރެއް ކަމަށްވާ އެޑެން އެލެގްޒާންޑަރ އެ ޖަމާޢަތުން މިނިވަންކޮށްފިއެވެ. ޔަހޫދީން ވަނީ ޙަމާސްގެ ފަރާތުން އެލެގްޒާންޑަރ ރެޑް ކުރޮހާ ޙަވާލު ކޮށްފައިވާކަން ޔަޤީން ކޮށްދީފައެވެ. މިއީ ޙަމާސްއާއި ޔަހޫދީންނާ ދެމެދު މިދިޔަ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޤާއިމް ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ޔަހޫދީން ޚިލާފުވެ ޣައްޒާއަށް އަލުން ޙަމަލާ ދޭން ފެށި ފަހުން ޙަމާސުން އަސީރަކު މިނިވަންކުރާ ފުރަތަމަ ފަހަރެވެ.
ޙަމާސުން މިނިވަން ކުރި 21 އަހަރުގެ އެލެގްޒާންޑަރއަކީ އެމެރިކާގެ ނިއު ޖަރޒީއަށް އުފަން، އެމެރިކާއާއި އިސްރާއީލަށް ނިސްބަތްވާ ރައްޔިތެކެވެ. އޭނާއަކީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމު ހިންގަމުންދާ ޔަހޫދީ ފައުޖަށް ނިޞްބަތްވާ މީހެކެވެ. އެލެގްޒާންޑަރއަކީ ޙަމާސްގެ ބެލުމުގެ ދަށުގައި މި ވަގުތު ތިބި އަސީރުންގެ ތެރޭގައި ހުރި އެމެރިކާގެ ހަމައެކަނި ރައްޔިތެވެ. އެލެގްޒާންޑަރ މިނިވަން ކުރުމަށް ޙަމާސުން ނިންމީ އެ ޖަމާޢަތާއި އެމެރިކާއާއި މިޞްރާއި ޤަޠަރާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަކަށް ފަހުގައެވެ. އެމެރިކާގެ އަސީރަކު މިނިވަން ކުރުމަށް ޙަމާސުން ނިންމާފައި މި ވަނީ، މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އޭނާ މިނިވަން ކުރަނީ ޙަމާސުން ޓްރަމްޕަށް އެއްބާރުލުން ދޭނެކަމުގެ އިޝާރާތެއްގެ ގޮތުގައި ކަމަށް ޙަމާސުން ބުނެއެވެ. އޭގެ އިތުރުން އެ ނިންމުމަކީ ޔަހޫދީ ފައުޖުގެ ޤަތުލުޢާންމަށް ދެމެހެއްޓިނިިވި ނިމުމެއް ގެނެސް، ޣައްޒާގައި ނިކަމެތިކޮށް ހައިހޫނުގައި ޖައްސަމުންދާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް ޙަމާސުން ބުނެއެވެ.
މެެއި މަހުގެ 12ވަނަ ދުވަހުގެ މެންދުރު ވަގުތު ޔަހޫދީން ވަނީ ޣައްޒާއަށް ހަމަލާ ދިނުން ވަގުތީގޮތުން މެދުކަނޑާލައިފައެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ޙަމަލާ ދިނުން މެދުކަނޑާލާފައި ވަނީ އެލެގްޒާންޑަރ ރައްކާތެރިކަމާއެކު ޔަހޫދީންނާ ޙަވާލު ކުރުމަށް މަގުފަހި ކުރުމަށް ކަމަށެވެ. ނަތަންޔާހޫ ވަނީ އަސީރު މިނިވަން ކުރި ނަމަވެސް ޙަމަލާ ބަދަލުކުރުން ހުއްޓައިނުލާނެ ކަމަށާއި ޣައްޒާއަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންދާނެ ކަމަށް ބުނެފައެވެ. ޔަހޫދީންގެ ޤައުމީ ސަލާމަތާބެހޭ ވަޒީރު ބެންގިވާ ވެސް ވަނީ ޙަމާސާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓައިނުލެވޭނެ ކަމަށާއި ޣައްޒާއަށް އެހީގެ އެއްވެސް ސާމާނެއް ވެއްދިގެން ނުވާނެ ކަމަށް ބުނެފައެވެ.
ޤަޠަރާއި މިޞްރުން ވަނީ ޙަމާސުން އެލެގްޒާންޑަރ ދޫކޮށްލުމަށް ނިންމި ނިންމުމަށް މަރުޙަބާ ކިފައިފައެވެ. ޙަމާސުން އެލެެގްޒާންޑަރ ދޫކޮށްލުމަކީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭ އައު މަޝްވަރާތަށް ކުރިއަށް ގެންދިއުމަށް ލިބޭ ހިތްވަރެއް ކަމަށް ދެ ޤައުމުން ވަނީ ސިފަ ކޮށްފައެވެ. ޔަހޫދީން ވަނީ އިތުރު އަސީރުން މިނިވަން ކުރުމަށް ހުށަހަޅާ އައު ހުށަހެޅުމަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މެއި މަހުގެ 15ވަނަ ދުވަހު އިސްރާއީލުގެ ވަފުދެއް ޤަޠަަރަށް ދަތުރު ކުރާނެކަން އިޢުލާނު ކޮށްފައެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ކެތް ނުކުރެވިގެން ޙަމާސުން ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ދިން ޖިހާދީ ޙަމަލާއެއްގައި ޔަހޫދީންގެ 251 މީހުން އަސީރުންގެ ގޮތުގައި ގެންގޮސްފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު މީގެ ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ބައެއް އަސީރުން ވަނީ މިނިވަން ކޮށްފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 58 އަސީރުން ކަމަށް ޔަހޫދީން ޤަބޫލު ކުރެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
