
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޤަތަރުގެ ޝާހީ އާއިލާއަށް ހަދިޔާކުރަން ނިންމާފައިވާ ބޮއިންގ 8-747 މަރުކާގެ މަތިންދާބޯޓު ޤަބޫލުކުރައްވައި، އެމެރިކާގެ ރައީސުންގެ ވައިގެ ދަތުރުފަތުރުތަކަށް ޙާއްސަ ކޮށްފައިވާ ރަސްމީ މަތިންދާބޯޓު ‘އެއަރ ފޯސް ވަން’ގެ ގޮތުގައި އެ ބޯޓު ބޭނުންކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވިސްނާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ޤަތަރުން ހަދިޔާކުރަން ތައްޔާރުވަމުންދާ އެންމެ މަތީފަންތީގެ މަތިންދާބޯޓަކީ، އެމެރިކާގެ ރައީސަކަށް އެމެރިކާގެ ތާރީޚުގައި ލިބިވަޑައިގަންނަވާނެ އެންމެ އަގުބޮޑު ހަދިޔާއަށް ވާނެއެވެ. މި މަރުކާގެ މަތިންދާބޯޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރަށް ވުރެ މަތީގައެވެ.
އެމެރިކާގެ ސަރުކާރުގެ އެ ވިސްނުމަށް ބާރު ދެއްވަމުން، ޓްރަމްޕް ސޯޝަލް މީޑިޔާގައި ވިދާޅުވީ، މިހާރު އޮތް 40 އަހަރުވީ އެއަރ ފޯސް ވަންގެ ބަދަލުގައި ބޮއިންގ ގެ މި މަރުކާގެ މަތިންދާބޯޓެއް ހިލޭ ލިބެން އުޅޭ ކަމަށެވެ. ނަމަވެސް، މި ކަމާ ގުޅިގެން އެމެރިކާގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ ޓްރަމްޕަށް އަމާޒުވެފައެވެ. މިގޮތުން، މިއީ ދަޢުލަތަކުން ދޭ ރިޝްވަތެއްގެ އިތުރަށް ބޭރު ޤައުމަކުން އެމެރިކާއަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ވިދާޅުވީ، ބޭރުގެ ސަރުކާރަކުން ދޭ ހަދިޔާއެއް ބަލައިގަންނާނީ އެކަމަށް ހެދިފައިވާ ޤާނޫނުތަކާ އެއްގޮތަށް ކަމަށާއި، އެ ކަންކަން ކުރިއަށްދާނީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. ޤަތަރު ސަރުކާރުގެ ތަރުޖަމާނު ޢަލީ އަލް އަންސާރީ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެއަރ ފޯސް ވަންގެ ގޮތުގައި ވަގުތީ ގޮތުން ބޭނުން ކުރުމަށް މަތިންދާބޯޓެއް ދިނުމާ ގުޅޭގޮތުން ޤަތަރާއި އެމެރިކާގެ ދިފާޢީ ވުޒާރާ އާދެމެދު މަޝްވަރާ ކުރެވެމުންދާ ކަމަށާއި، ނަމަވެސް އަދި މިހާތަނަށް ވަކި ގޮތެއް ނިމިފައިނުވާ ކަމަށެވެ.
އެމެރިކާގެ އިދިކޮޅު ފަރާތްތަކުގެ އިތުރުން، ބޭރު ޤައުމަކުން ދޭ މިފަދަ އަގޮބޮޑު ހަދިޔާއެއް ޤަބޫލުކުރުމާމެދު މަދަނީ ބައެއް ޖަމްޢިއްޔާތަކުން ވެސް ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މި ހަފްތާގެ ތެރޭގައި މެދުއިރުމަތީގެ ޤައުމުތަކަށް ޓްރަމްޕް ފައްޓަވައި ދަތުރުފުޅުގައި ޤަތަރަށް ވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މި މަތިންދާބޯޓު ހަދިޔާ ކުރާނީ މި ދަތުރުފުޅުގެ ތެރެއިން ނޫން ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
