
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާ އާއި ޗައިނާއިން ފަށާފައިވާ ވިޔަފާރީގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ހީނަރުވާނެކަމުގެ ބިރު ހީވެފައިވަނިކޮށް، އެ ދެ ޤައުމުން އިންތިހާއަށް ބޮޑުކޮށްފައި ޑިޔުޓީގެ ބޮޑު ބައި ވަގުތީ ގޮތުން ކަނޑައިލަން އެއްބަސްވެފައިވާ ކަން އިޢުލާނުކޮށްފިއެވެ. ޗައިނާއިން އެމެރިކާއަށް އެތެެެރެ ކުރާ މުދަލުން 145 އިންސައްތައިގެ ޓެރިފެއް ނެގުމަށް އެމެރިކާއިން ނިންމުމުން ޗައިނާއިން ވެސް ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުން 125 އިންސައްތައިގެ ޑިޔުޓީ ނެގުމަށް ނިންމައިފައެވެ.
ޓެެރިފްތައް ތަޢާރަފް ކުރި ފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ ބޮޑުވަޒީރުގެ ނައިބު ހަ ލިފެންގ އާއި އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓާއި އެމެރިކާގެ ވިޔަފާރިއާބެހޭ މަންދޫބު ޖެމީސަން ގްރިއަރ ބައްދަލުވެފައި ވަނީ ޖެނީވާގައި ކުރިއަށްދާ މަޝްވަރާތަކުންނެވެ. އެ މަޝްވަރާތަކުގެ ތެރެއިން މިހާރު އެއްބަސްވެފައިވަނީ، ޗައިނާއިން އެމެރިކާއަށް އެތެެެރެ ކުރާ މުދަލުން 145 އިންސައްތައިގެ ޓެރިފް 30 އިންސައްތައަށް ކުޑަކުރުމަށެވެ. އޭގެ ބަދަލުގައި ޗައިނާއިން ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުން ނަގަން ނިންމި 125 އިންސައްތަ، 10 އިންސައްތައަށް ކުޑަކުރަން އެއްބަސްވެފައެވެ.
އަދި ދާއިމީ އެއްބަސްވުމަކަށް އާދެވެންދެން، މި ބަދަލު ކުރިއަށް އޮތް 90 ދުވަހަށް ދެމި އޮންނާނެ ކަމަށް ދެ ޤައުމުން ވެސް ބުންޏެވެ. މަޝްވަރާތަކަށްފަހު އެމެރިކާގެ މާލީ ވަޒީރު ވިދާޅުވީ، މި މަޝްވަރާތަކުގައި ދެ ޤައުމުން ވެސް ދެ ޤައުމުގެ ޤައުމީ މަސްލަޙަތު ރަނގަޅަށް ހިމާޔަތް ކުރެވިފައިވާ ކަމަށެވެ. އަދި ދެ ޤައުމުން ވެސް ބޭނުންވަނީ ހަމަހަމަ ގޮތެއްގައި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ކުރެވޭނެ މަގެއް ހޯދުން ކަމަށާއި، އެ ނަތީޖާ ޙާޞިލް ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. މި އެއްބަސްވުން އިޢުލާނުކުރުމާ އެކު، އެމެރިކާ ޑޮލަރުގެ އަގު ދުނިޔޭގެ މާލީ ބާޒާރުގައި މިހާރު ވެސް ވަނީ އުފުލެން ފަށައިފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ދެމެދުގައި އުފެދުނު މި ކޯޅުމުގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރިއަށް ބުރޫއަރައި، ގާތްގަނޑަކަށް 600 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ ޒާތަކަށް ތާށިވެފައިވާ ކަމަށް މާލީ މާހިރުން ވަނީ ލަފާކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
