
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުއްސުމަށް ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި އެންމެ މަތީފަންތީގެ އިމާރާތެއް އެޅުމުގެ ފުރުޞަތު އޭނާގެ ވިޔަފާރި ކުންފުނި، ‘ދި ޓްރަމްޕް އޮގަނައިޒޭޝަނަ’ށް ދިނުމަށް ސޫރިޔާގައި ވެރިކަން ކުރާ ހައިޔަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރުން ހުށަހަޅާފައިވާ ކަން ހާމަވެއްޖެއެވެ. އެޗްޓީއެސްގެ ސަރުކާރުން މި ފުރުޞަތު ހުށަހަޅާފައިވާ ކަމަށް ރިޕޯޓު ކޮށްފައި މި ވަނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ޓްރަމްޕް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕްގެ ކުންފުނިން ދިރިއުޅުމާއި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ‘ޓްރަމްޕް ޓަވަރ’ގެ ނަމުގައި އެންމެ މަތީ ފަންތީގެ އިމާރާތްތައް ބިނާކޮށްފައި ހުރެއެވެ. ޓްރަމްޕް ޓްވަރގެ އިމާރާތްތައް އެމެރިކާގެ ނިއު ޔޯކާއި ޗިކާގޯގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރެއެވެ. އޭގެ ތެރޭގައި އިންޑިޔާ، އިންޑޮނީޝިޔާ، ދެކުނު ކޮރެޔާ، ތުރުކީވިލާތް، ފިލިޕީންސް، އޮމާން، ސަޢޫދީ ޢަރަބިއްޔާ އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ހިމެނެއެވެ. ‘ޓްރަމްޕް ޓަވަރެއް’ ދިމިޝްޤުގައި ބިނާ ކުރުމުގެ ފުރުޞަތު ޓްރަމްޕްގެ ކުންފުންޏަށް ދިނުމަށް ހުށަހަޅާފައި ވަނީ، މެދުއިރުމައްޗަށް ޓްރަމްޕް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އޭނާއާ އެކު އެޗްޓީއެސްގެ ވެރިން ބައްދަލު ކުރުމުގެ ފުރުޞަތު ހޯދުމުގެ ނިޔަތުގައި ކަމުގައި، ކަމުގެ މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުންޏެވެ. މީގެ އިތުރުން، ޓްރަމްޕް ރުއްސުމަށް އެހެން ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޓީއެސްގެ ސަރުކާރުން ހުށަހަޅާފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
އޭގެ ތެރޭގައި، ޒަޔަނިސްޓު އިސްރާއީލާ ދެމެދު އޮތް ދެކޮޅުވެރިކަން ނައްތައިލައި ގުޅުން ބަދަހި ކުރަން ފެށުމުގެ އިތުރުން ސޫރިޔާގެ ތެލާއި ގޭސް އުފައްދާ ސިނާޢަތުގެ ހިއްސާއެއް އެމެރިކާއަށް ދިނުން ހިމެނޭ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. މި ކަމުގެ މަޢުލޫމާތު އިނގޭ ފަރާތްތަކުން ބުނީ، މިއީ ޓްރަމްޕް ރުއްސައި، ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިހޯދުމުގެ ހުށަހަޅާފައިވާ ހުށަހެޅުންތަކެއް ކަމުގައެވެ.
އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތެއް ކަމަށް އެމެރިކާއިން ދެކޭ
ސޫރިޔާގެ ވެރިކަން ކުރާ އެޗްޓީއެސްގެ ރައީސް އަޙްމަދު އަލް-ޝަރާޢުގެ ސަރުކާރުން މި ހުށަހެޅުންތައް ހުށަހަޅާފައި ވަނީ ޓްރަމްޕްގެ އިސް އެކްޓިވިސްޓަކާއެވެ. ޓްރަމްޕަށް ތާޢީދު ކުރާ އިސް އެކްޓިވިސްޓެއް އަދި ޓްރަމްޕްގެ އަރިސް މީހެއް ކަމުގައި ޖޮނެތަން ބޭސް އޭޕްރިލް 30ވަނަ ދުވަހު ދިމިޝްޤުގައި ޝަރާޢާ ބައްދަލު ކޮށްފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. އެ ބައްދަލުވުން ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.
އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، މެދުއިރުމައްޗަށް ޓްރަމްޕް ކުރައްވާ ދަތުރުފުޅުގެ ތެރެެއިން އޭނާއާ ބައްދަލު ކުރުމުގެ ފުރުޞަތު ޝަރާޢަށް ހޯދައިދިނުމެވެ. ސޫރިޔާގެ އެކްޓިވިސްޓުންގެ އިތުރުން ޢަރަބި އަދި ގަލްފުގެ ބައެއް ޤައުމުތަކުން ވެސް، އެ ފަދަ ބައްދަލުވުމަށް އެދި ހުށަހަޅާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެެވެ. މެދުއިރުމައްޗަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި ޓްރަމްޕް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު އަދި ޔޫއޭއީއަށެވެ.
އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތެކެވެ. އެ ޖަމާޢަތުން، ސޫރިޔާގެ އިންތިޚާބީ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ބަޣާވާތަކުން ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. އެޗްޓީއެސްގެ ފައުޖުތަކުން ދިމިޝްޤަށް އަރައިގަތުމާ އެކު އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވައި، މޮސްކޯގެ ޙިމާޔަތް ހޯއްދަވާފައެވެ. އެއަށް ފަހު، ސޫރިޔާގައި ވެރިކަން ކުރަމުން ދަނީ އެޗްޓީއެސުން އެކުލަވައިލާފައިވާ ސަރުކާރުންނެވެ.
ސޫރިޔާގެ އިޤުތިޞާދު ފުން ވަޅުގަނޑެއްގެ ތެރޭގައި
14 އަހަރަށް ދެމިގެން ދިޔަ ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ފަހު އެ ޤައުމުގެ އިޤުތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ. އެ ޤައުމަށް ކުރިމަތިވެފައިވާ މާލީ އަދި އިޤުތިޞާދީ ކާރިސާއިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން އަޅާފައި އޮތް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެވެ. އެ ފިޔަވަޅުތަކަށް ލުއި ހޯދުމަށް ޝަރާޢުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެމެރިކާގެ ސަރުކާރުގައި އާދޭސް ކުރަމުންނެވެ.
އެމެރިކާ ސަރުކާރުން އަދުއްވުންގެ ގޮތުގައި ދެކޭ މީހުންނާ މީގެ ކުރިން ވެސް ޓްރަމްޕް ބައްދަލު ކުރައްވާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭގެ ތެރޭގައި އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮންގ އުން ހިމެނެއެވެ. ޓްރަމްޕްގެ އެކްޓިވިސްޓް ބޭސް ބުނީ، ޓްރަމްޕާ ބައްދަލު ކުރުމުގެ ފުރުޞަތު ޝަރާޢަށް ލިބުމަކީ، ޓްރަމްޕްގެ ސަރުކާރުން ސޫރިޔާގެ ސަރުކާރާ މެދު ދެކޭ ގޮތް ބަދަލުވެގެންދާނެ ފަދަ ނިންމުމަކަށް ވާނެ ކަމުގައެވެ. އަދި، އެ ފަދަ ބައްދަލުވުމެއްގެ ސަބަބުން ސޫރިޔާއާއި ޒަޔަނިސްޓު އިސްރާއީލާ ދެމެދު އޮތް ނުތަނަވަސް ކަން ހައްލު ކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމުގައެވެ.
“ޝަރާޢު ބޭނުން ވަނީ ސޫރިޔާގެ ކުރިމަގަށް ޓަކައި ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވައިލުމަށް. އޭނާ އަޅުގަނޑު ގާތު ބުނިި ޓްރަމްޕް ޓަވަރެއް ދިމިޝްޤުގައި ބިނާ ކުރުމުގެ ފުރުޞަތު ދޭނަމޭ. އޭނާ ބޭނުން ވަނީ އަވައްޓެރިންނާ އެކު ސުލްޙަ ޤާއިމު ކުރަން. އޭނާ ދެއްކި ވާހަކަތަކަކީ މި ސަރަޙައްދަށް ހެޔޮ ވާހަކަތަކެއް، ޚާއްޞަކޮށް އިސްރާއީލަށް،” ބޭސް ބުންޏެވެ. ބޭސް މި މޭރުމުން ބުނެފައިވީ ނަމަވެސް، އެޗްޓީއެސްގެ ސަރުކާރުން މި ކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ކަށަވަރު ކޮށްދީފައެއް ނެތެވެ. ސޫރިޔާގެ މީޑިޔާތަކުން ވެސް މި ކަމާ ގުޅޭ ޚަބަރުތައް ފަތުރާފައެއް ނެތެވެ.
About Post Author
މާދަމާ ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރަށް އަރައިފި
(ފޮޓޯ ކްރެޑިޓްސް: ޝަޓާރ ސްޓޮކް) އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ...
އީރާނުގެ އާ ރޫހާނީ ލީޑަރަކީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ
އިސްރާއީލާއި އެމެރިކާގެ ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ މަގާމަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފި...
ފޯޅަވަހި މައްސަލައިގައި މިދިޔަ ސަރުކާރުން ސިއްރުން ސިޓީ ފޮނުވުމަކީ އެންމެ މަތީ ހިޔާނާތުގެ ކުށެއް!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މޮރިޝަސްގެ ސަރުކާރަށް ސިއްރު ސިޓީއެއް ފޮނުއްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ގައުމަށް...
ދެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ، ގާނޫނު އަސާސީގެ މުސައްނިފުންގެ ވިސްނުމެއް ނޫން: ނާޒިމް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީއެންސީންނާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް...
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް:ފަލާހް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ...
މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮަށްގެން، 164 އުމްރާވެރިން ރޭ ފުރައިފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެކި ސަބަބުތަކާހުރެ އުމްރާއަށް ނުފުރި ތިބި 164 މީހަކު، ސަރުކާރުގެ އެހީތެރިކަމާއެކު ރޭ ފުރައިފި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ...
