
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކުރިއަށް އޮތް ފީފާ ކުލަބު ވޯލްޑް ކަޕަށް ރެއާލް މެޑްރިޑުން ދާން ބޭނުންވަނީ އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ޒަބީ އަލޮންސޯ ހުރެގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އެންޗެލޮއްޓީ މި ސީޒަނަށްފަހު ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކަމާއި ހަވާލުވާނެކަން ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އިއްޔެ ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިންވެސް އޭނާ މި ސީޒަނަށްފަހު ބްރެޒިލްގެ ޓީމާއި ހަވާލުވާނެކަމަށް ރިޕޯޓްތައްވަނީ ބުނެފަ އެވެ.
އަދި އެންޗެލޮއްޓީ ނެތްތަން ފޫބެއްދުމަށް ރެއާލް މެޑްރިޑްއިން މަސައްކަތް ކުރަމުންދަނީ އެ ޓީމުގެ ކުރީގެ ޑިފެންޑަރ ޒަބީ އަލޮންސޯ އާއިއެކު ކަމަށްވެސް ސްޕެއިންގެ މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ކޯޗު ކޮށްދެމުންދާ އުމުރުން 43 އަހަރުގެ އަލޮންސޯ ވަނީ މި ސީޒަނަށްފަހު އޭނާ އެ ކްލަބު ދޫކޮށްލާނެކަން އިއުލާން ކޮށްފަ އެވެ. އަދި އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހު އޭނާ އެނބުރި ސްޕެއިންއަށް ގޮސް ރެއާލް މެޑްރިޑާއި ހަވާލުވާނެ އެވެ.
އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ކްލަބް ވޯލްޑް ކަޕަކީ ފުޓްބޯޅަ ކްލަބްތަކުގެ މެދުގައިވާ ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. އަދި މިއީ މުޅިން އައު ފޯމެޓަކަށް މި މުބާރާޓް ފީފާއިން އިންތިޒާމުކުރާ ފުރަތަމަ ފަހަރުވެސްމެ އެވެ. ބްރެޒިލްގެ ގައުމީ ޓީމާއި އެންޗެލޮއްޓީ ހަވާލުވާނެކަން އިއުލާން ކުރި ނަމަވެސް މި ސީޒަން ނިމެންދެން އޭނާ ރެއާލް މެޑްރިޑަށް އިރުޝާދު ދޭނެ އެވެ. އޭނާ ރެއާލް މެޑްރިޑާއި އެކު މަސައްކަތް ކުރާނެ އެންމެ ފަހު މެޗަކީ މެއި 25 ވަނަ ދުވަހު ލަލީގާގައި ރެއާލް ސޮސިއެޑާޑް އާއި ދެކޮޅަށް ކުޅޭ މެޗެވެ. މި ސީޒަނުގައި ރެއާލް މެޑްރިޑްއިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުން ކަޓާފައިވާއިރު, ކޮޕާ ޑެލްރޭގެ ފައިނަލުގައި ވަނީ ވާދަވެރި ބާސެލޯނާ އަތުން ބަލިވެފަ އެވެ. އަދި ލަލީގާ ކާމިޔާބު ކުރުމަށް އެ ޓީމުން ކުރަމުންދިޔަ އުންމީދުތައްވެސް މިހާރު ވަނީ ކުޑަވެފަ އެވެ. ރެއާލް މެޑްރިޑް އިން މި ސީޒަނުގައި ވާދަވެރި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު “އެލް ކްލެސިކޯ”ގެ ހަތަރު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
