
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގެ ސަބަބުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް ހުރި މެޗުތަކަށް ފައިދާތަކެއް ލިބޭނެ ކަމަށް ޓީމަށް އިރުޝާދު ދެމުން އަންނަ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި އަންނަ ޖޫން މަހު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗާއި އެ މެޗަށް ތައްޔާރުވުމަށް ސިންގަޕޫރާ ބައްދަލުކުރާ އެކުވެރިކަމުގެ މެޗުގައި، ގައުމީ ޓީމަށް އިރުޝާދުދޭން ކުރިންވެސް އެ މަގާމުގައި ހުރި ތަޖުރިބާކާރު ކޯޗު ސުޒެއިންއާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.
ތިން މަސް ދުވަހުގެ އެއްބަސްވުމެއްްގައި ގައުމީ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރީ، އަންނަ މަހު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާއި އޭޝިއަން ކަޕް ކޮލިފައިން އޮތުމުންނެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްވުމާއެކު، އެފްއޭއެމްއިން ކުރު އެއްބަސްވުމެއްގައި އައު ކޯޗެއް ހޯދުމުގެ ވިސްނުން ދޫކޮށްލައި، ކުރިއަށް އޮތް ދެ މެޗަށް އައު ކޯޗެއް ނުނަގައި ކުރިއަށްދާން ވަނީ ނިންމާފައެވެ. ލީގު ކަޕް ފެށުމާއި ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ “ޕީއެސްއެމް ނިއުސް” އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗު ސުޒެއިން ބުނީ މިއީ ރާއްޖޭގެ ފުޓްބޯޅަ ސީޒަންވެސް ނުފެށި ކަންބޮޑުވުންތަކެއްގެ ތެރޭގައި ވަނިކޮށް ކުޅުންތެރިންނަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ.
“ފުޓްބޯޅަ ކުޅެގެންނެއް ގެއްލުމެއް ނުވާނެ. އެހެންނަމަވެސް ބައިވެރިނުވާ ކުލަބުތަކަށް ފުރުސަތު ނެތް. ޖޫންގައި އެބައޮތް ގައުމީ ޓީމުގެ މެޗުތަކެއް. މުބާރާތެއް ކުޅެފަ ދާއިރު އެޑްވާންޓޭޖްތަކެއް ލިބިގެންދާނެ” ކަމަށް ސުޒެއިން ބުންޏެވެ. ލީގު ކަޕް ނިމެނީ މި މަހުގެ 28 ގައިކަން ފާހަގަކޮށް ސުޒެއިން ބުނީ ގައުމީ ޓީމުން އަންނަ މަހު ސިންގަޕޫރުގައި ކުޅެން ނިންމާފައިވާ އެކުވެރިކަމު މެޗާއި، އޭގެ ފަހުން ތައިލެންޑަށް ދާން ހަމަޖެހިފައިވާއިރު، ލީގު ކަޕް ނިމޭ ތާރީޚާއި އެ މެޗުތަކަށް ގައުމީ ޓީމު ނިކުންނަށް ޖެހޭ ތާރީޙުތަކަށް ބަލާއިރު އެ މުއްދަތު މާ ކައިރި ކަމަށެވެ. “ވަރަށް މުއްދަތް ކައިރި. ތައްޔާރުވުމުގައި ހުންނާނެ ދަތިތަކެއް. އެއީ ކުޅުންތެރިން އެއްކޮށް ހަމަކޮށް ގާތްގަނޑަކަށް ހަތަރު ފަސް ޕްރެކްޓިސް ނުކޮށް ހަމަ ފުރައިގެން ދާން ޖެހޭނީ. އެހެންވީމަ އެދަތިކަން ކޯޗަށް އަންނާނެ ކަމަށް ގަބޫލުކުރެވެނީ” ސުޒެއިން ބުންޏެވެ.
އަދި ލީގު ކަޕަށްފަހު ގައުމީ ޓީމުގެ ސްކޮޑަށް ބަދަލުތަކެއް އަންނަނަމަ، ކުރިން ގައުމީ ޓީމުން ކުޅެމުން އައި ގޮތަށް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށާއި، އޭރުން ކޯޗަށް އޮންނަ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށްވެސް ސުޒެއިން ފާހަގަކުރިއެވެ. ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި ފަސް ކުލަބެއް ވާދަކުރާއިރު، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންވެސް މި މުބާރާތުގައި ކުޅެއެވެ. މި މުބާރާތުގައި ވާދަކުރާ ކުލަބުތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބު އަދި ދެވަނަ ޑިވިޝަނުގައި ހިމެނޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، މަހިބަދޫ ސްޕޯޓްސް ކުލަބު ހިމެނެއެވެ.
ލީގު ކަޕުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 28 ގައެވެ. ކޮންމެ މެޗަކަށްވެސް ބެލުންތެރިންނަށް ހިލޭ ވަދެވޭ ގޮތަށް އެފްއޭއެމްއިން އިންތިޒާމުކޮށްފައިވާ މި މުބާރާތް ކުރިއަށްދަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މި މުބާރާތަކީ އެފްއޭއެމްއަށް ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ބޮޑު އެއްބާރުލުމެއް ދީގެން ކުރިއަށްގެންދާ މުބާރާތަކެވެ. ލީގު ކަޕުގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ތައާރަފުކޮށް މި މުބާރާތް ފެށީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީ، ކުލަބުތަކާއި ކުޅުންތެރިންނަށް ގެއްލުންވަމުންދާތީވެ، ވާދަވެރި މުބާރާތެއް ކުލަބުތަކަށް ހޯދައިދިނުމުގެ މަގުސަދުގައެވެ. މިހާރު އެފްއޭއެމްއިން ރާވާފައިވަނީ ފީފާ އާއި އޭއެފްސީގެ އިރުޝާދުގެ ދަށުން އޮގަސްޓް މަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
