
ހިނިތުންވުމާއި މުރާލިކަމާއެކު، ކޮންމެ ދުވަހަކުވެސް ނަރުހުން ކުރަނީ، މުޅި ޤައުމު ފަޚުރުވެރިވާފަދަ މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 12 ވަނަ ދުވަހުއެވެ. ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް މުރާލިކަމާއެކު ޚިދުމަތުގައި ދެމި ތިބެނީ ނަރުހުންކަމަށެވެ.
ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއި އެކު ނަރުހުން ކުރަނީ، މުޅި ޤައުމު ފަޚުރުވެރިވާފަދަ މަސައްކަތެއްކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ނަރުހުންނަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އެދިވަޑައިގެން ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
ފަރުވާ ދިނުމަށް ހަސްފަތާލުތަކުން މަރްޙަބާ ކިޔަނީ، އަދި ބަލި ފަސޭހަވެ އެނބުރި ދިއުމާއި ހަމަޔަށް ޚިދުމަތުގައި ދެމި ތިބެނީ މުރާލި ނަރުހުން. ކޮންމެ ދުވަހަކު އެތައް ބަޔަކަށް އޯގާތެރިވުމުގައި، ހިނިތުންވުމާއި އެކު ތިޔަ ކުރަނީ، މުޅި ޤައުމު ފަޚުރުވެރިވާ މަސައްކަތެއް.
ދިވެހި ނަރުހުންނަށް… pic.twitter.com/6WMcxWF6bk
— Dr Mohamed Muizzu (@MMuizzu) May 12, 2025
ނަރުހުންގެ ދުވަސް ފާހަގަކުރަނީ އިންސާނިއްޔަތަށްޓަކާ ނަރުހުންވަމުންދާ ޤުރުބާނީއާއި އެމީހުންގެ ޚިދުމަތް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށް އަގުވަޒަންކުރުމަށެވެ. ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހަށް އިންޓަރނޭޝަނަލް ކައުންސިލް އޮފް ނރސެސްއިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ “އަވަރ ނަރސެސް، އަވަރ ފިއުޗަރ. ކެއަރިން ފޮރ ނަރސަސް ސްޓްރެންތެން އިކޮނޮމީސް.” މި ޝީއާރެވެ. މި ޝިއާރުގެ މަޤުޞަދަކީ، ނަރުހުން ކުރަމުންދާ ބުރަ މަސައްކަތް ބަލައިގަނެ، ކުރިމަގަށް ވަރުގަދަ އިޤްތިޞާދެއް ބިނާކުރުމަށްޓަކާ ނަރުހުންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ މުހިންމުކަމެވެ.
ނަރުހުންނަކީ ބަލިމީހާއާއި އެންމެ ގާތުން މަސައްކަތްކަތްކުރާ ބަޔަކަށްވާއިރު، ބަލިމީހުން ބަލި ޙާލަތުގައި އޮންނައިރު އެމީހުންނަށް ބޭނުންވާ ފަރުވާއާއި، އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދިނުމުގައި ނަރުހުން އަދާކުރަނީ ލާމަސީލު ދައުރެކެވެ. ރާއްޖޭގައި ދިވެހި ނަރުހުންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
