
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ހުށަހަޅުއްވާފައިވާ ގޮތަށް ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ހުއްޓާލުމާ ގުޅޭ ސީދާ މަޝްވަރާތައް ކުރުމަށް މެއި މަހުގެ 15ވަނަ ދުވަހު ޕުޓިންއާ ތުރުކީިވިލާތުން ބައްދަލު ކުރައްވާނެ ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
2014ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ޔުކްރެއިނުގެ ކްރީމިއާ އިސްތިޢުމާރު ކޮށްފައެވެ. ގިނަ އަހަރުތަކެއް ވަންދެން ނުތަނަވަސްކަން އޮތުމަށް ފަަހު 2022ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ޕުޓިން ވަނީ ޔޫކްރެއިންގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަ ދައްކާ މީހުންގެ ދިފާޢުގައި ހިންގާ ޚާއްޞަ އޮޕަރޭޝަނެއް ކަމަށް ވިދާޅުވެ އެ ޤައުމުގެ އަސްކަރީ ފައުޖު ޔޫކްރެއިނަށް ފޮނުއްވާފައެވެ. އޭގެ އިތުރުން ނޭޓޯގެ މެންބަރު ޤައުމަކަށް ވުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތަކީ ރަޝިޔާއަށް އޮތް ނުރައްކަލެއް ކަމަށް ވެސް ޕުޓިން ދިޔައީ ވިދާޅުވަމުންނެވެ. މި ހަމަނުޖެހުންތައް ބަދަލުވެގެން ގޮސްފައި މި ވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގައި ހިންގާ އެންމެ ބޮޑު ހަނގުރާމައަށެވެ. ޔުކްރެއިންގެ 20 އިންސައްތަ މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.
ރަޝިޔާއިން އަދިވެސް ޔުކްރެއިނަށް ގިނަ ޙަމަލާތަކެއް ދެމުންދާއިރު ޔުކްރެއިނާއި ރަޝިޔާއާ ދެމެދު ސީދާ މަޝްވަރާ ކުރުމަށް ޕުޓިން ހުށަހަޅުއްވާފައި މި ވަނީ 30 ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓާނުލައިފި ނަމަ ރަޝިޔާއާ ދެކޮޅަށް އައު ފިޔަވަޅުތައް އަޅާނެ ކަަމުގެ އިންޒާރު ވިލާތުގެ ބޮޑެތި ބާރުތަކުން މެއި މަހުގެ 10ވަނަ ދުވަހު ދީފައި ވަނިކޮށެވެ. ޕުޓިން ވަނީ މެއި މަހުގެ 11ވަނަ ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައިި، ރަޝިޔާއާއި ޔުކްރެއިނާ ދެމެދުގައި ސީދާ މަޝްވަރާތައް ކުރުމަށް އެދޭ ކަމަށް އިޢުލާނު ކުރައްވައިފައެވެ. ނަމަވެސް އެ މަޝްވަރާތައް ބޭއްވޭނީ މަޝްވަރާތަކުގެ ކުރިން ޔުކްރެއިނުން އެއްވެސް ޝަރުތެއް ނުކުރާނަމަ ކަމަށް ވެސް ޕުޓިން ވިދާޅުވެފައިވެއެވެ.
މީގެ ކުރިން 2022ވަނަ އަހަރުގެ ތެރޭގައި ވެސް ރަޝިޔާއާއި ޔުކްރެއިނާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަ ކުރައްވައި ޕުޓިން ވިދާޅުވީ އޭރު ކުރަމުންދިޔަ މަޝްވަރާތައް ނިމުމަކަށް އައީ ޔުކްރެއިންގެ ސަބަބުން ކަމަށެވެ. ދެމެހެއްޓެނިވި ގޮތަކަށް ޞުލްޙަ ޤާއިމު ކުރުމަށް ރަޝިޔާއިން އަދިވެސް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.ތުރުކީވިލާތުގައި ކުރިއަށް ގެންދާ މަޝްވަރާތަކުގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭގޮތުން ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި އެއީ ދެމެހެއްޓެނެވި ގޮތެއްގައި ޞުލްޙަ ޤާއިމު ކުރުމާ ގާތަށް އެޅޭނެ ފިޔަވަޅެއް ކަމަށް ޕުޓިން ވިދާޅުވިއެވެ.
އެ ހުށަހެޅުމާ ގުޅިގެން މީގެ ކުރިން ޒެލެންސްކީ ވިދާޅުވީ ރަޝިޔާއާއެކު މަޝްވަރާ ކުރުމަށް ޔުކްރެއިނުން ތައްޔާރަށް އޮތް ކަމަށެވެ. ނަމަވެސް މަޝްވަރާގެ މޭޒުގެ ދޮށަށް ދެވޭނީ ވިލާތުގެ ޤައުމުތަކުގެ ހުށަހެޅުމާ އެއްގޮތަށް 30 ދުވަހުގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ރަޝިޔާއިން އެއްބަސްވާ ކަަމަށް ވާނަމަ ކަމަށް އޭރު ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ޒެލެންސްކީ ވަނީ އޭނާގެ ރާގު ބަދަލުކުރައްވައިފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ މެއި މަހުގެ 15ވަނަ ދުވަހު އޭނާ ތުރުކީވިލާތުގައި ޕުޓިންގެ އިންތިޒާރުގައި ހުންނަވާނެ ކަމަށެވެ. މި ފަހަރު ރަޝިޔާއިން އެއްވެސް ބަހަނާއެއް ނުދައްކާނެ ކަމަށް އުންމީދު ކުރައްވާނެ ކަމަށް އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވެއެވެ.
ޒެެލެންސްކީ މި މޭރުވުމުން ވާހަކަ ދައްކަވާފައި ވަނީ ޕުޓިންގެ ހުށަހެޅުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް ވިދާޅުވި ބަސްފުޅަކާ ގުޅިގެން ކަމަށް ބެލެވެއެވެ. އެމެރިކާ އޮތީ ޔުކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު މަދަދުގާރުގެ ގޮތުގައެވެ. އެ ހުށަހެޅުމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ ރަޝިޔާއިން ބޭނުން ވަނީ ވަގުތީ ގޮތުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ނޫން ކަމަށާއި އެ ޤައުމުން ބޭނުން ވަނީ ބޮޑު ލޭއޮހޮރުމަކަށް ވެފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރުމަށް ކަމަށެވެ.
މަޝްވަރާ ކުރުމަށް ޕުޓިން ދެއްވާފައިވާ ދަޢުވަތު ޔުކްރެއިނުން ވަގުތުން ވަގުތަށް ޤަބޫލު ކުރަންޖެހޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެެވެ. އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަން ނުވަތަ ނާދެވޭނެ ކަން ވެސް އެނގޭނީ އޭރުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެއްބަސްވުމަކާ ހަމައަށް ނާދެވޭ ނަމަ ވިލާތުގެ އިސްވެރިންނަށާއި އެމެރިކާއަށް ކަން އޮތް ގޮތް ސާފުވެ ދެން ކުރިއަށް ދާނެ ގޮތެއް ނިންމޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. މެއި މަހުގެ 15ވަނަ ދުވަހު ތުރުކީިވިލާތުގައި ބޭއްވުމަށް ހުށަހަޅަފާއިވާއ މަޝްވަރާތަކުގައި ޕުޓިން ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
