
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާ ދިމާކޮށް، އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް އަލުން ފަށައިފިއެވެ. އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް، މަޝްވަރާގެ ތެރެއިން ހައްލެއް ހޯދަން ބޭނުންވާ ކަމަށް އީރާނާއި އެމެރިކާއިން ވެސް ބުނަމުންދިޔަނަމަވެސް، މި މަޝްވަރާތަކުގެ ތެރެއިން ވެސް ދެ ފަރާތުން ވެސް ދޫދޭން ބޭނުންނުވާ ގިނަ ކަންކަން އެބަހުއްޓެވެ. ޢުމާން މެދުވެރިވެ އެމެރިކާއާއި އީރާނާ ދެމެދު ތިން ފަހަރެއްގެ މަތިން މަޝްވަރާތައް ކުރެވިފައިވާއިރު، މި މަޝްވަރާތަކުގެ ހަތަރު ވަނަ ބުރު މަސްކެޓުގައި ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.
މި މަޝްވަރާތަކުގައި އީރާން ތަމްސީލު ކުރައްވާނީ ޚާރިޖީ ވަޒީރު އައްބާސް ޢަރާޤިޖީއެވެ. އަދި، އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއެވެ. ޢުމާނަށް ފުރާވަޑައިގެންނެވުމުގެ ކުރިން ޢަރާޤިޖީ މީޑިޔާތަކަށް ވިދާޅުވީ، މިކަމުގައި އީރާނުން ބޭނުންވާ ގޮތް ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމަށާއި މި މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ހާޞިލްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ވިޓްކޮފް ވިދާޅުވީ، އީރާނުން ނިޔުކްލިޔަރ ހަތިޔާރު އުފެއްދޭ މިންވަރަށް ޔުރޭނިއަމް މުއްސަނދިކުރަން ފުރުޞަތު ނުދެވޭނެ ކަމަށެވެ. އަދި މިއަދު ކުރެވޭ މަޝްވަރާތަކުން ހަރުދަނާ ނަތީޖާއެއް ނުނެރެވިއްޖެނަމަ، މި ކަމުގައި އިތުރު މަގެއް ޚިޔާރުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ރައްދުގައި ޢަރާޤިޖީ ވިދާޅުވީ، އީރާނަށް ލިބިފައިވާ ނިޔުކްލިޔަރ ހައްޤު ދޫކޮށްނުލާނެ ކަމަށާއި އޭގެތެރޭގައި ޔުރޭނިއަމް މުއްސަނދިކުރުން ހިމެނޭ ކަމަށެވެ. މަޝްވަރާތަކުން އެދެވޭ ޙައްލެއް ނުލިބިއްޖެނަމަ، އީރާނަށް ޙަމަލާދޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވައިފައެވެ. އަންނަ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް، ސަޢޫދީ ޢަރަބިއްޔާ، ޤަތަރު އަދި އެކުވެރި އަރަބި އިމާރާތަށް ޓްރަމްޕް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.
އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމު ކޮންޓުރޯލު ކުރުމަށް އެމެރިކާއާ އެކު 2015ވަނަ އަހަރު ވެސް އެއްބަސްވުމެއް އެކުލަވައިލިއެވެ. ނަމަވެސް، އެ އެއްބަސްވުން ބާޠިލު ކޮށްފައި ވަނީ 2018ވަނަ އަހަރު ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައެވެ. ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ އީރާނުން ނިޔުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ޤާބިލުކަން ނެތިކޮށްލަން، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއަށް އިންތިހާއަށް ޕްރެޝަރު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
