
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ރައީސް ވްލަޑިމިޔަރ ޕުޓިން ހުށަހަޅުއްވައިފިއެވެ. 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމާ ގުޅޭ ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ޕުޓިން ހުށަހެޅުއްވުމުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ދަޢުވަތަށް މަރުޙަބާ ދަންނަވާފައެވެ. ނަމަވެސް، ސުލްޙައިގެ މަޝްވަރާތައް ފެށުމުގެ ކުރިން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އޭނާ ވަނީ ޝަރުޠު ކުރައްވާފައެެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަކީ މި ވަގުތު ހުޅަނގާއި ވިލާތަށް ކުރިމަތިވެފައި އޮތް އެންމެ ނުރައްކާތެރި ހާލަތެވެ. އަދި، 1962ވަނަ އަހަރުގެ ކިޔުބާ މިސައިލް ކާރިސާއަށް ފަހު، ހުޅަނގާއި ރަޝިޔާއާ ދެމެދު ހިނގާ އެންމެ ބޮޑު ކުރިމަތިލުމެވެ. މިއީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގެ ބައްރުގައި ހިނގާ އެންމެ ބޮޑު ހަނގުރާމަ ވެސް މެއެވެ. ރަޝިޔާއާ އެކު ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ޕުޓިން ޔޫކްރެއިނަށް ދަޢުވަތު އަރުވާފައި ވަނީ ޓީވީ މެދުވެރިކޮށް ދެއްވި ތަޤުރީރެއްގައެވެ. ޕުޓިން ހުށަހަޅުއްވާފައި ވަނީ ދެ ޤައުމުގެ ދެމެދުގައި ސުލްޙައިގެ މަޝްވަރާތައް ތުރުކީވިލާތުގެ އިސްތަންބޫލުގައި ބޭއްވުމަށެވެ. ނަމަވެސް، މަޝްވަރާތައް ފެށުމުގެ ކުރިން ޔޫކްރެއިނުން ހުށަހަޅާ އެއްވެސް ޝަރުޠެއް ބަލައިނުގަންނަވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ދަޢުވަތަކީ އެއްވެސް ޝަރުޠުތަކެއް ހުށަހެޅުމަކާ ނުލައި [ޔޫކްރެއިންގެ ވެރިރަށް] ކީވުން އަޅުގަނޑުމެންނާ ސީދާ ބައްދަލުކޮށް މަޝްވަރާތައް ބޭއްވުމަށް. އަޅުގަނޑުމެން މި ދަޢުވަތު އަރުވަނީ އިސްތަންބޫލުގައި ބުރާސްފަތި ދުވަހު [މޭ 15ވަނަ ދުވަހު] މަޝްވަރާތައް ފެށުމަށް،” ޕުޓިން ވިދާޅުވިއެވެ. މަޝްވަރާތަކުގެ މަޤުޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުން ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ.
ޒެލެންސްކީއާއި ޓްރަމްޕްގެ މަރުޙަބާ
ޕުޓިންގެ ދަޢުވަތަށް ޒެލެންސްކީ ވަނީ މަރުޙަބާ ދަންނަވާފައެވެ. އޭނާ ވިދާޅުވީ ޕުޓިންގެ ހުށަހެޅުއްވުމަކީ، “ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިޔާއިން އެންމެ ފަހުން ބޭނުންވާ ކަމުގެ ބިނާކުރަނިވި ނިޝާނެއް،” ކަމުގައެވެ. “އަޅުގަނޑުމެން އުންމީދަކީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުން ރަޝިޔާއިން ކަށަވަރު ކޮށްދިނުން—ފުރިހަމަ އަދި ދެމެހެއްޓެނިވި ވާން ޖެހޭނެ—މާދަމާއިން ފެށިގެން، މޭ 12އިން ފެށިގެން، ބައްދަލުވުމަށް ޔޫކްރެއިން އޮތީ ތައްޔާރަށް،” އޭނާ ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެންމެ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ހަނގުރާމަ ހުއްޓުވުމަކީ އޭނާގެ ރިޔާސީ ވަޢުދެކެވެ. ސީދާ މަޝްވަރާތައް ބޭއްވުމަށް ޕުޓިން ޒެލެންސްކީއަށް ދަޢުވަތު އެރުވުމުން ޓްރަމްޕް ވަނީ އެ ގޮވައިލުމަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެއީ، އައު ދުވަހަކަށް އަލިވިލުމުގައި ގޮތުގައި ސިފަ ކުރައްވާފައެވެ. “މިއީ ރަޝިޔާއާއި ޔޫކްރެއިނަށް ވަރަށް މުހިންމު ދުވަހަކަށް ވެގެންދާނެ! ލޭއޮހޮރޮވުމުގެ ސަބަބުން ގެއްލެމުންދާ އެތަކެއް ސަތޭކަ ހާސް ފުރާނައެއް ސަލާމަތް ކުރެވިގެންދާނެ ކަމާއި މި ކަން ނިމުމަކަށް ގެނެވޭނެ ކަމާ މެދު ވިސްނާލާ،” އޭނާ ވިދާޅުވިއެވެ.
ވިލާތުގެ ބާރުތަކުން އަދިވެސް އިންޒާރު ދިނުމުގައި
ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބޭއްވުމަށް ޕުޓިން ހުށަހަޅުއްވާފައި މި ވަނީ، ވިލާތުގެ ހަތަރު ޤައުމެއްގެ ވެރިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ދަތުރުފުޅެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އެއީ، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތުގެ އިތުރުން ޕޮލެންޑެވެ. އެ ޤައުމުތަކުން ވަނީ، 30 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ޕުޓިންއަށް ގޮވައިލައްވާފައެވެ. އަދި، އެ ގޮވައިލުމަށް ފުރަގަސްދީފި ނަމަ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އެތަކެއް ގުނައަކަށް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު ވެސް ވިލާތުގެ ބާރުތަކުން ވަނީ ދީފައެވެ.
ޓްރަމްޕްގެ އިތުރުން ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން ވެސް ވަނީ ޕުޓިންގެ ދަޢުވަތަށް މަރުޙަބާ ދަންނަވާފައެވެ. ނަމަވެސް، މިއީ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށް އިތުރު ވަގުތު ހޯދުމަށް ޕުޓިން ގެންގުޅުއްވާ އުކުޅަކަށް ވެދާނެ ކަމުގައި މެކްޚްރޮން ތުހުމަތު ކުރެއްވިއެވެ. ޕުޓިން ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ސުލްޙައިގެ މަޝްވަރާތައް އިސްތަންބޫލުގައި ބޭއްވުމާ ގުޅޭ ގޮތުން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާ ވާހަކަފުޅު ދައްކަވާނެ ކަމުގައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން ބޮޑު އިންސައްތައަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ދޮންޏެސްކުގެ ގިނަ ރަށްތައް ހިމެނެއެވެ. އަދި، ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
