
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ ހަތިޔާރާއި އަސްކަރީ އެހީގެ މަޢުލޫމާތު ސިއްރު ކުރުމަށް ޖަރުމަނުވިލާތުގެ އައު ޗާންސެލަރ ފްރީދްރިޝް މެޔަަޓްޒް ނިންމަވައިފިއެވެ. އޭނާ މި ކަން އިޢުލާނު ކުރައްވާފައި ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ ހުޅަނގުގެ ބާރުތަކުގެ ތެރޭގައި ޖަރުމަނުވިލާތް ހިމެނެއެވެ.
ޔޫކްރެއިނަށް ޖަރުމަނުވިލާތުން ފޯރުކޮށްދެމުންދާ ހަތިޔާރުގެ މަޢުލޫމާތު ސިއްރު ކުރުމަށް ނިންމުމުގެ ފަހަތުގައި އޮތީ ކޮން ސަބަބެއް ކަން ޖަރުމަނުވިލާތުގެ ސަރުކާރުން ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނެތެވެ. ނަމަވެސް، މަޢުލޫމާތު އިނގޭ މަޞްދަރުތަކުން ބުނީ، އެއީ އެ މަޢުލޫމާތު ރަޝިޔާއަށް ސިއްރު ކުރުމުގެ ގޮތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅެއް ކަމުގައެވެ. ބޭނުމަކީ، ޔޫކްރެއިންގެ އަސްކަރިއްޔާއަށް ލިބޭ ހަތިޔާރާއި އަސްކަރީ އެހީގެ މަޢުލޫމާތުގެ ބޭނުން ހިފައި، ރައްދުގައި ފިޔަވަޅުތައް އެޅުމަށް ރަޝިޔާގެ އަސްކަރިއްޔާއަށް ފުރުޞަތު ނުދިނުން ކަމުގައި މަޞްދަރުތަކުން ޤަބޫލު ކުރެއެވެ.
“ހަތިޔާރާއި ހަތިޔާރުގެ ބާވަތްތަކާއި އެއީ ކިހާ ބާރުގަދަ ހަތިޔާރުތަކެއް ކަމާ ގުޅޭ ބަހުސް އަޅުގަނޑުގެ ވެރިކަމުގެ ދަށުން ޢާންމުންގެ ލޯތަކަށް ފޮރުވޭނެ،” ކީވްގައި ހުންނަވައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މެޔަޓްޒް ވިދާޅުވިއެވެ. ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު ޖަރުމަނުވިލާތުން ދަނީ މެދުކެނޑުމެއް ނެތި ޔޫކްރެއިނަށް ހަތިޔާރާއި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޖަރުމަނުވިލާތުން ޔޫކްރެއިނަށް ފޯރުކޮށްދެމުން ދިޔަ ބައެއް ހަތިޔާރުތަކުގެ މަޢުލޫމާތު ކުރިން ހާމަ ކުރަމުން ދިޔައެވެ. ހުރިހާ މަޢުލޫމާތެއް ޢާންމު ކޮށްފައެއް ނުވެއެވެ. ނަމަވެސް، ޖަރުމަނުވިލާތުގެ ޢާންމު ރައްޔިތުންނާއި ޤާނޫނުހަދާ މަޖިލީހުން ކުރިމަތިކުރަމުން ދިޔަ ފިއްތުންތަކާ ގުޅިގެން ޖަރުމަނުވިލާތުގެ ސަރުކާރުން ވަނީ އެ ކަމާ ގުޅޭ ހުރިހާ މަޢުލޫމާތެއް ޢާންމު ކުރަން ފަށާފައެވެ. ނަމަވެސް، މޭ 6ވަނަ ދުވަހު ޖަރުމަނުވިލާތުގެ ޗާންސެލަރުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި މެޔަޓްޒް މި ވަނީ އެ ނިންމުން ބަދަލު ކުރައްވާނެ ކަން އިޢުލާނު ކުރައްވާފައެވެ.
ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު މެޔަޓްޒް ވަނީ ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖަރުމަނުވިލާތުން ދެމިއޮންނާނެ ކަމުގެ ޔަގީން ކަން އަރުވާފައެވެ. އަދި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިނަށް ތާޢީދު ކުރަމުންދާނެ ކަމުގައި ވިދާޅުވެފައެވެ. “[ޔޫކްރެއިނަށް] ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަން ޖަރުމަނުވިލާތުން މެދުކަނޑައިނުލައި ކުރިއަށް ގެންދާނެ. އަޅުގަނޑުގެ އުންމީދަކީ ކަލޭމެން [ވިލާތުގެ އެހެން ޤައުމުތަކުގެ ވެރިން] ވެސް އެ ގޮތަށް އަމަލު ކުރުމުގައި ދެމިތިބޭނެ ކަމުގައި،” މެޔަޓްޒް ވިދާޅުވިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން ބޮޑު އިންސައްތައަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ދޮންޏެސްކުގެ ގިނަ ރަށްތައް ހިމެނެއެވެ. އަދި، ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވަޢުދެކެވެ. ޖަނަވަރީ 20ވަނަ ދުވަހު ވެރިކަމާ ޙަވާލުވެ ވަޑައިގަތް ޓްރަމްޕް ވިދާޅުވެފައި ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ހަނގުރާމަ ހުއްޓުމަކަށް ގެންނަވާނެ ކަމުގައެވެ. ނަމަވެސް، އެ ކަން ކާމިޔާބު ކުރެވިފައެއް ނެތެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާއިން ވިލަރެސް ކޮށްގެން، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު މިހާރު ދަނީ ނުރަސްމީ ގޮތުން މަޝްވަރާތައް ބާއްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
