
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލް އާއި އާސެނަލް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގެ 20 ވަނަ މިނިޓުގައި ކޯޑީ ގަކްޕޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އެންޑީ ރޮބާޓްސަން ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގަކްޕޯ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. އަދި އޭގެ މިނިޓެއް ފަހުން ލުއިސް ޑިއާޒް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެޗުގެ ވަރަށް ކުރީކޮޅު ލީގުގެ ޗެމްޕިއަން ލިވަޕޫލް އިން ދެ ލަނޑު ޖެހުމާއެކު މި މެޗުން އާސެނަލް ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެދާނެކަމަށް ބެލެވުނު ނަމަވެސް، ދެވަނަ ހާފުގައި މިކޭލް އާޓޭޓާގެ ޓީމުން ވަނީ އެ ޓީމުގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ލިއަންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުން ގެބްރިއެލް މާޓިނެއްލީ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި މެޗުގެ ނަތީޖާ އާސެނަލްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މި ލަނޑު އޭނާ ޖެހިތާ ނުވަ މިނިޓު ފަހުން ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ މިކޭލް މެރީނޯ ދަނޑުން ފޮނުވާލާފައެވެ.
މި ނަތީޖާ އާއެކު އާސެނަލް އާއި ލިވަޕޫލްއާ ދެމެދު އަދިވެސް 15 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލް އާއި އާސެނަލް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގެ 20 ވަނަ މިނިޓުގައި ކޯޑީ ގަކްޕޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އެންޑީ ރޮބާޓްސަން ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގަކްޕޯ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. އަދި އޭގެ މިނިޓެއް ފަހުން ލުއިސް ޑިއާޒް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެޗުގެ ވަރަށް ކުރީކޮޅު ލީގުގެ ޗެމްޕިއަން ލިވަޕޫލް އިން ދެ ލަނޑު ޖެހުމާއެކު މި މެޗުން އާސެނަލް ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެދާނެކަމަށް ބެލެވުނު ނަމަވެސް، ދެވަނަ ހާފުގައި މިކޭލް އާޓޭޓާގެ ޓީމުން ވަނީ އެ ޓީމުގެ ކުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ލިއަންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުން ގެބްރިއެލް މާޓިނެއްލީ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.
މި މެޗުގެ ނަތީޖާ އާސެނަލްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި މިކޭލް މެރީނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މި ލަނޑު އޭނާ ޖެހިތާ ނުވަ މިނިޓު ފަހުން ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ މިކޭލް މެރީނޯ ދަނޑުން ފޮނުވާލާފައެވެ. މި ނަތީޖާ އާއެކު އާސެނަލް އާއި ލިވަޕޫލްއާ ދެމެދު އަދިވެސް 15 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
