
(ފޮޓޯ ކްރެޑިޓްސްް: ރޮއިޓާރސް)
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ. މި ނަތީޖާ އާއެކު ވެސްޓް ހޭމް ޔުނައިޓެޑަށް ލިބިފައިވާ 40 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ 15 ވަނަ މަގާމް ލިބިފައެވެ. ޔުނައިޓެޑަށް ލިބިފައިވާ 39 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 16 ވަނައިގައެވެ. މި ނަތީޖާއާއެކު، 1992 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި މެޗަކުން މޮޅުނުވެ ހަތް މެޗު ދިއުމަށްފަހު ފުރަތަމަ ފަހަރަށް ޔުނައިޓެޑް މިވަނީ މެޗަކުން މޮޅުނުވެ 7 މެޗު ނިމިފައެވެ. އޭގެ ތެރެއިން ފަސް މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހަށްފަހު ޔުނައިޓެޑަށް މޮޅު ވެވިފައިވަނީ ތާވަލުގެ ފުލުގައި އޮވެ ޕްރިމިއަރ ލީގުން ރެލިގޭޓުވެފައިވާ އިޕްސްވިޗް ޓައުން އާއި ލެސްޓާ ސިޓީ އަތުންނެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ 26 ވަނަ މިނިޓުގައި ވެސްޓް ހޭމްގެ ތޯމަސް ސޫޗެކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި މެނުއެލް އުގާޓޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކުޑޫސް ބޯޅަ ހޯދުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ލިބުނު ބޯޅަ، ވެންބިސާކާ ހުރަސް ކުރި ވަގުތު ޖެރަޑް ބޮވެން ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދެވަނަ ލަނޑު ޖަހައި، ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ބާކީ ދެ މެޗު އޮތްއިރު، އެ ދެ މެޗުން މޮޅުވެގެންވެސް އެ ޓީމަށް ލިބޭނީ ތާވަލުގެ 13 ވަނަ މަގާމެވެ. މިއީ 74-1973 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ޔުނައިޓެޑް ޕްރިމިއަރ ލީގުން ރެލިގޭޓުވި ފަހުން އެ ޓީމަށް ހޯދިފައިވާ އެންމެ ދަށް ނަތީޖާއެވެ.
މި ސީޒަނުގައި ޕްރިމިއަރ ލީގުގައި ހޯދިފައިވާ ދަށް ނަތީޖާތައް ހަނދާން ނައްތާލަން ޔުނައިޓެޑަށް މިހާރު އޮތް ހަމައެކަނި ފުރުސަތަކީ މި މަހުގެ 21 ވަނަ ދުވަހު ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ޓޮޓްނަމް ހޮޓްސްޕަރއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމެވެ. މި ސީޒަނަށްފަހު ޔުނައިޓެޑްގެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ބުނެފައިވާއިރު، ވުލްވްސްގެ މެތިއުސް ކޫނިއާ އާއި އިޕްސްވިޗްގެ ފޯވަޑް ލިއާމް ޑެލަޕް ހޯދުމަށް އެ ޓީމުން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
