
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިވެއްޖެއެވެ. އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ޗެލްސީއަށް މި ނަތީޖާ އާއެކު ވަނީ އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. މި މެޗުން ޗެލްސީ ބަލިވިއިރު އެ ޓީމަށް ލީގުގައި މިހާތަނަށް ކުޅުނު 36 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސްވަނަ މަގާމުގަ އެވެ. ނިއުކާސަލް ވަނީ 66 ޕޮއިންޓާއެކު ތާޥަލުގެ ތިންވަނައަށް އަރާފަ އެވެ.
ނިއުކާސަލް ޔުނައިޓެޑްގެ ސެއިންޓް ޖޭމްސް ޕާކުގައި ފަންސާސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 2 ވަނަ މިނިޓުގައި ސެންޑްރޯ ޓޮނާލީ ކާމިޔާބުކޮށްދިން ލަނޑާއެކު އެ ޓީމަށް ވަނީ ކުރި ލިބިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނިޓުގައި ޗެލްސީއަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ ފޯވަޑް ނިކޮލަސް ޖެކްސަން އަށް ރެފްރީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ. ނިއުކާސަލްގެ ޑިފެންޑަރ ސްވެން ބޮޓްމަން އަށް ހަމަލާ ދިނުމާއި ގުޅިގެން ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ ރީނދޫ ކާޑު ކެންސަލްކޮށް ރަތް ކާޑެއް ދައްކާފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމާއިއެކު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނެސްފަ އެވެ. މި މެޗުގެ ދެވަނަ ހާފުގައި ނަތީޖާ އެއްވަރު ކުރުމަށް ޗެލްސީއަށް ވަނީ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ކެޕްޓަން ރީސް ޖޭމްސް އާއި މާކް ކުކުރެޔާގެ އިތުރުން އެންޒޯ ފެނާންޑޭޒް އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.
އެގޮތުން ރީސް ޖޭމްސް އޭރިޔާ ތެރޭގައި ހުރެ ބޮލުން ފޮނުވާލި ބޯޅަ ހުރަސް ދަނޑި މަތިން ބޭރު ވެފައިވާއިރު އަނެއް ދެ ހަމަލާ ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް ވަނީ މަތަކޮށްފަ އެވެ. ނިއުކާސަލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފަހު މިނިޓުގައި ބްރޫނޯ ގުއިމަރޭޒް އޭރިޔާ ބޭރުގައި ހުރެ ގޯލުގެ ތެރެއަށް ފޮނުވާލާފައިވާ ލަނޑެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
