
ރެއާލް މެޑްރިޑުގެ އެންމެ އަގުބޮޑު ކުޅުންތެރިއަކަށް ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއަރ ހެދުމަށް އެ ކުލަބުން ނިންމައިފިއެވެ. އެއީ އޭނާ ލައްވައި ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުވައިގެންނެވެ.
ވިނީޝިއުސް އާއި ރެއާލް މެޑްރިޑާ ދެމެދު މިހާތަނަށް އެއްބަސްވުން އައުކުރުމާ މެދު ދެކެވުނު ވާހަކަތައް ވަނީ ކާމިޔާބުވެފައެވެ. ނިމިދިޔަ ސީޒަނުގައި ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފޯވާޑަށް ރެއާލްއިން ކިޔަނީ ޓެކްސް އުނިކޮށް އަހަރަކު 20 މިލިޔަން ޔޫރޯގެ މުސާރައެކެވެ. އަދި މި އަދަދު ސްޕޮންޝިޕާއި، ބޯނަހާއެކު 30 މިލިޔަނަށް އަރާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. މިހެންވެ އޭނާއަށް ފަސް އަހަރު ތެރޭގައި މަދުވެގެން 100 މިލިޔަން ޔޫރޯ ލިބޭނެއެވެ. ސްޕެއިންގެ ނޫސްޔަކުން ބުނާ ގޮތުގައި މިވަރުގެ މުސާރައެއް ރެއާލްއިން ހުށަހެޅީ ސައުދީ ޕްރޯ ލީގުން ވިނީޝިއުސް ގެންދަން މަސައްކަތްކުރާވަރު އިތުރު ކުރުމުންނެވެ.
ރެއާލްއާއެކު ވިނީޝިއުސް މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރުއެވެ. ވިނީޝިއުސް ރެއާލް މެޑްރިޑާ ގުޅުނީ 2018 ވަނަ އަހަރުއެވެ. މިހާތަނަށް އޭނާ ވަނީ އެ ކުލަބާއެކު ތިން ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ. މި ދެ ފަހަރުވެސް ފައިނަލްގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ. ނަމަވެސް މި ސީޒަނުގައި ވިނީޝިއުސް ދައްކަމުން އަންނަ ކުޅުމާމެދު ގިނަ ސަޕޯޓަރުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އެގޮތުން ސްޕެނިޝް ލީގުގައި ކުޅުނު 28 މެޗުން އޭނާ ޖެހިފައިވަނީ އެންމެ 11 ލަނޑެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު 12 މެޗުގައި ޖެހުނީވެސް އެންމެ އަށް ލަނޑެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
