
މި ސީޒަނުގެ ފްރެންޗް ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ޕީއެސްޖީގެ ފޯވާޑް އޮސްމާން ޑެމްބެލޭ ހޮވައިފިއެވެ. އޭނާ ވަނީ މި ސީޒަނުގައި 28 މެޗުން ފްރެންޗް ލީގުގައި 21 ލަނޑު ޖަހާފައެވެ. އަދި ބަލިނުވެ ފްރެންޗް ލީގު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. މުޅި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ 46 މެޗުން 33 ލަނޑު ޖަހާފައެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވުމަށްފަހު ޑެމްބެލޭ ވަނީ މި ސީޒަނުގައި ފްރެންޗް ކަޕުވެސް އެ ޓީމަށް ކާމިޔާބުކޮށްދީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓީމު ގެންގޮސްދީފައެވެ.
“މިފަދަ ކޮންމެ އެވޯޑަކީ އަހަރެންގެ ކުޅުން އިތުރަށް ތަރައްގީ ކޮށްލަން ލިބޭ ފުރުސަތެއް. އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ ޓީމަށް ކާމިޔާބު ހޯދައިދޭން. އަހަރެންގެ މި ކާމިޔާބީ އަކީ ޓީމުގެ ކޮންމެ ކުޅުންތެރިއަކު ވެސް ހިއްސާވާ ކަމެއް. ކޯޗާއި ޓީމުގެ ކޮންމެ މީހެއްގެ ވެސް ހިއްސާ އޮތް ކާމިޔާބީއެއް،” ޑެމްބެލޭ ބުންޏެވެ. ޑެމްބެލޭ ބުނީ ފްރެންޗް ލީގާއި، ފްރެންޗް ކަޕް ލިބުނަސް ޕީއެސްޖީގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކަމަށެވެ. އެހެންވެ ފައިނަލުގައި އިޓަލީގެ އިންޓަރ މިލާން ބަލިކުރަން ކުޅުންތެރިން ދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށްވެސް ވަނީ ބުނެފައެވެ.
އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނީ ޑެމްބެލޭ، އޭނާގެ ކުޅުން ވަރަށް ބޮޑަށް ތަރައްގީކޮށްފައިވާ ކަމަށެވެ. އެންރީކޭ އަކީ ލީގުގެ އެންމެ މޮޅު ކޯޗެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޕީއެސްޖީއަށް ކުޅެމުން އަންނަ އިޓަލީ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރޫމާއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
