
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މީގެ ދިހަ އަހަރެއްހާ ދުވަސް ކުރިން ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ އައިއެސް ޖަމާޢަތުން ސޫރިޔާގައި ޤަތުލް ކޮށްލާފައިވާ އެމެރިކާގެ އަސީރުންގެ ހަށިތައް ހޯދުމަށް ޤަޠަރުގެ ޓީމަކުން މަސައްކަތް ފަށައިފިއެވެ. އައިއެސް ޖަމާޢަތް އެންމެ ވަރުގަދަކޮށް އޮތް ދުވަސްވަރު ކަމުގައިވާ 2014ވަނަ އަހަރާއި 2017ވަނަ އަހަރާ ދެމެދު ސޫރިޔާއާއި ޢިރާޤުގެ ބައެއް ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ. އެ ދުވަސްވަރު އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ގިނަ ޢަދަދެއްގެ މީހުން އަނިޔާވެރިކޮށް މަރާލައި އެ މަންޒަރުތައް ފެންނަ ވީޑިޔޯތައް އެ ޖަމާޢަތުން ދިޔައީ ނެރެމުންނެވެ. އެ ޖަމާޢަތުން ރަހީނު ކުރި މީހުންގެ ތެރޭގައި ހުޅަނގުގެ ޤައުމުތަކަށް ނިޞްބަތްވާ އަސީރުން ވެސް ހިމެނެއެވެ.
ޤަޠަރުގެ ގުރޫޕުން އަސީރުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ފަށާފައި މި ވަނީ އެމެރިކާގެ ބައެއްގެ ބައިވެރިވުމާ ވެސް އެކުގައި ކަމަށްވެއެވެ. އެ ގުރޫޕަށް މިހާތަނަށް ތިން މީހެއްގެ ހަށިތައް ފެނިފައިވާ ކަމަށް މަސްދަރުތަކުުން ބުނެފައިވާއިރު އެ ހަށިތަކަކީ އެމެރިކާގެ އަސީރުންގެ ހަށިތައްތޯ އަދި ޔަޤީން ކުރެވިފައެއް ނުވެއެވެ. ހަށިތައް ހޯދުމަށް ކުރަމުންދާ މަސައްކަތް ދެމިގެންދާނި ކިހާ ދުވަހަކަށް ކަމެއް ވެސް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މި މަސައްކަތާ ގުޅޭގޮތުން އެެމެރިކާގެ ޚާރިޖީ ވުޒާރާއިން މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ. ޤަޠަރުގެ ގުރޫޕަކުން އެމެރިކާގެ ރައްޔިތުންތަކެއްގެ ހަށިތައް ހޯދުމަށް މަސައްކަތް ފަށާފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޤަޠަރު ހިމެނޭ ގޮތަށް ގަލްފުގެ ބައެއް ޤައުމުތަކަށް އަންނަ ހަފްތާގައި ޒިޔާރަތް ކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުންދާ ވަގުތެއްގައެވެ. މި ދަނޑުވަޅުގައި ޤަޠަރާ ގާތް ގުޅުމެއް އޮންނަ ސޫރިޔާގެ އައު އިންތިޤާލީ ސަރުކާރުން ދަނީ އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ޤަޠަރުގެ ޓީމުން ފުރަތަމަ މަސައްކަތް ކުރަމުން ދަނީ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޕީޓަރ ކެސިގްގެ ހަށިގަނޑު ހޯދުމަށް ކަމަށް ސޫރިޔާގެ މަސްދަރަކުން ބުނެއެވެ. އޭނާއަކީ ސޫރިޔާގެ އުތުރުގެ ސަރަޙައްދެއް ކަމަށްވާ ދާބިގުގައި 2014ވަނަ އަހަރުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މީހެކެވެ.
އޭގެ އިތުރުން އެމެރިކާގެ ނޫސްވެރިން ކަމަށްވާ ޖޭމްސް ފޮލޭއާއި ސްޓީވަން ސޮޓްލޮފް ވެސް އައިއެސް ޖަމާޢަތުން ވަނީ މަރާލައިފައެވެ. އެ މީހުން މަރާލިކަން ކަށަވަރުވީ 2014ވަނަ އަހަރުގެ ތެރޭގައެެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި އެމެރިކާގެ ރައްޔިތެެއް ކަމަށްވާ ކޭލާ މުއެލާ ވެސް އެ ޖަމާޢަތުން ޤަތުލު ކޮށްލާފައިވެއެވެ. އޭނާ މަރާލިކަން ކަށަވަރުވީ 2015ވަނަ އަހަރުގެ ތެރޭގައެވެ. އައިއެސް ޖަމާޢަތުން ޤަތުލު ކޮށްފައިވާ އެމެރިކާގެ ރައްޔިތުންގެ ހަށިތައް ހޯދުމަކީ ފާއިތުވި އަހަރުތަކުގައި އެމެރިކާގައި ވެރިކަން ކޮށްފައިވާ އެކި ސަރުކާރުތަކުން ކޮށްދޭނެ ކަމަށް ބުނެފައިވާ ކަމެއް ކަމަށެވެ. މީގެ ކުރިން ވެސް އެ މީހުންގެ ހަށިތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް އެމެރިކާއިން ކޮށްފައިވެއެވެ. އެ މަސައްކަތުގެ ދަށުން ސޫރިޔާގައި ޙަރަކާތްތެރިވާ އެމެރިކާގެ ސަރުކާރަށް ނިޞްބަތްވާ އޮފިޝަލުން އެ ޤައުމުގެ ވަކި ޚާއްޞަ ސަރަޙައްދުތަކެއް ބަލާފައިވާ ކަމަށްވެއެވެ. ކެސިގްއާއި ސޮޓްލޮފާއި ފޮލޭގެ ހަށިތައް ވާނީ ސޫރިޔާގެ އެއް ސަރަޙައްދެއްގައި ކަމަށް ބެލެެވެއެވެ. ނަމަވެސް މުއެލާ ބަންދު ކޮށްފައި ހުރީ ޢިރާޤުގައި ކަމަށްވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
