
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާއާއި ޔުކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ޝަރުތެއް ނެތް ގޮތަށް 30 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ވިލާތުގެ ޤައުމުތަކުން ރަޝިޔާއަށް ގޮވާލައިފިއެވެ. ވިލާތުގެ ޤައުމުތަކުން އެ ގޮތަށް ގޮވާލާފައި ވަނީ އެމެރިކާގެ ތާއީދާއެކުގައެވެ. ރަޝިޔާއިން އެ ގޮތަށް ޢަމަލު ނުކޮށްފި ނަމަ އެ ޤައުމާ ދެކޮޅަށް އައު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވިލާތުގެ ޤައުމުތަކުން ވަނީ ދީފައެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި ޕޮލެންޑާއި ޔުކްރެއިންގެ އިސްވެރިން ވަނީ ޔުކްރެއިންގައި ބައްދަލު ކުރައްވައި، ޙަމަލާ ބަދަލުކުރުން ހުއްޓާލާ ތާރީޚުގެ ގޮތުގައި މެއި މަހުގެ 12ވަނަ ދުވަސް ކަނޑައަޅައިފައެވެ. އެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ފޯނުން ގުޅުއްވައި ވިލާތުގެ ޤައުމުތަކުގެ އިސްވެރިން ވާހަކަ ދައްކަވާފައިވެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް ދިން އިންޒާރަކީ ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކާއި އެމެރިކާއިން ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންގެ ޢަމަލުތަކާމެދު ސުވާލު އުފައްދައި ދީފައިވާ އިންޒާރެއްް ކަމަށެވެ. ހަޤީޤަތުގައި ވެސް ޕުޓިން ޞުލްޙަ ޤާއިމު ކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއީ އެ ކަން ދައްކައިދިނުމަށް ލިބޭ ފުރުޞަތެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމުގެ ހުށަހެޅުމަށް އެެއްވެސް ބަހަނާއެއް ނުދައްކާ، ޝަރުތު ކުރުމެއްނެތި، އަދި ފަސް ކުރުމެއް ނެތި ޕުޓިން އެއްބަސްވެވަޑައިގަންނަވަން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވެސް ވިދާޅުވީ ޙަމަލާ ބަދަލުކުރުން ހުއްޓާ ނުލާ ރަޝިޔާއިން ހަނގުރާމަ ކުރިއަށް ގެންދާނަމަ އެމެރިކާއާއި ވިލާތުގެ ޤައުމުތަކާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އައު ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ޙަމަލާ ބަދަލުކުރުން ހުއްޓާލައިފި ނަމަ އެމެރިކާއާއި ބައްދަލުވުމުގައި ބައިވެރިވި ވިލާތުގެ ޤައުމުތަކުން ޙާލަތު ގާތުން ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވިލާތުގެ ޤައުމުތަކުގެ ހުށަހެޅުމާ ގުޅޭގޮތުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ވާހަކަ ދައްކާފައި ވަނީ އެ ހުށަހެޅުމަށް އެ ޤައުމުން މާ ބޮޑު މުހިންމުކަމެއް ނުދޭ ފަދަ މޭރުމަކުންނެވެ. ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕޮސްކޮވް ވިދާޅުވީ ވިލާތުގެ ޤައުމުތަކުން ވާހަކަ ދައްކަނީ އެކިފަހަރު އެކި ގޮތަށް ކަމަށާއި އާންމު ގޮތެއްގައި ވިލާތުގެ ޤައުމުތަކުން ވާހަކަ ދައްކަނީ ތުހުމަތުކުރާ ފަދަ ރާގަކަށް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެ މޭރުމުން ވާހަކަ ދެއްކުމުގެ ބޭނުމަކީ ރަޝިޔާ ރުޅިއަރުވައިލުން ކަމަށާއި އެއީ މައްސަލައަށް ޙައްލު ހޯދުމަށް ނުވަތަ ޚާރިޖީ ކުރިއެރުންތައް ހޯދުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލާތުގެ ޚިޔާލަށް ރަޝިޔާއިން ތާއީދު ކުރާ ކަމަށް ވެސް ޕެސްކޮވް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ހުށަހެޅުން ބަލައިގަނެވޭނީ ވަކި ޝަރުތުތަކެއްގެ މަތިން ކަމަށް އޭނާ އިޝާރާތް ކުރައްވާފައި ވެއެވެ. ވަގުތީ ގޮތުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެމެރިކާއިން ޔުކްރެއިނަށް ދޭ އަސްކަރީ އެހީތެރިކަން ދިނުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެން ނޫންނަމަ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުން ފައިދާ ވާނީ ހަމައެކަނި ޔުކްރެއިނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 2022ވަނަ އަހަރު ރަޝިޔާއިން ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަ ކުރަން ފެށި ފަހުން ހުޅަނގުގެ ޤައުމުތަކުން ދަނީ ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ހަނގުރާމަ ނިމުމަކަށް އައިސްފައެއް ނުވެއެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސްގެ މަޤާމާ ޑޮނަލްޑް ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން ޔުކްރެއިން-ރަޝިޔާ ހަނގުރާމައިގެ މައްސަލައިގައި އެމެރިކާއިން ދެކޭ ގޮތަށް ބޮޑެތި ބަދަލުތައް އައިސްފައިވާއިރު ވިލާތުގެ ޤައުމުތަކުން މިހާރު ދީފައިވާ އިންޒާރާ އެއްގޮތަށް ޢަމަލު ކޮށްފި ނަމަ އެއީ ހުޅަނގުގެ ޤައުމުތަކުން ހަނގުރާމައިގެ މައްސަލައިގައި އެއް ގަލަކަށް އަރަމުންދާ ކަމުގެ ނިޝާނަކަށް ވާނެއެވެ.
އެމެރިކާގެ ރައީސްގެ މަޤާމާ ޓްރަމްޕް ޙަވާލުވެވަޑައިގެންނެވި ފަހުން ޓްރަމްޕް ވަނީ ރަޝިޔާއާއެކު ސީދާ މަޝްވަރާތައް ކުރެއްވުމަށް ފަހު ޔުކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާއެކު ވަރަށް ބޮޑަށް ދެބަސްވެވަޑައިގެންފައެވެ. އެމެރިކާއިން ވަނީ ޔުކްރެެއިނަށް ފޯރުކޮށްދެމުންދިޔަ އަސްކަރީ އެހީތެރިކަން ވެސް ދުވަސްކޮޅަކަށް މެދުކަނޑާލައިފައެވެ. ނަމަވެސް ދެ ޤައުމުން މިހާރު ވަނީ މައްސަލަތައް ޙައްލުކޮށް ޔުކްރެއިނުގެ ޤުދުރަތީ މައުދަނުން ބައެއް އެމެރިކާއަށް ދިނުމަށް އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައެވެ. ޔުކްރެެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ އެ ޤައުމަށް ޒިޔާރަތް ކުރައްވަމުންދާ ވިލާތުގެ އިސްވެރިން މި މަހުގެ 12ވަނަ ދުވަހުން ފެށިގެން ޙަމަލާ ބަދަލުކުރުން ހުއްޓާލަން ޖެހޭ ކަމަށް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އެ ގޮތުން ވައިގެ މަގުންނާއި ކަނޑުމަގުންނާއި އެއްގަމު މަގުން ޙަމަލާ ދިނުން ހުއްޓާލަންޖެހޭނެ ކަމަށް އެ ޤައުމުތަކުން ވަނީ ޝަރުތު ކޮށްފައެވެ. އެ ހުށަހެޅުމަށް ރަޝިޔާއިން އެއްބަސްނުވާ ނަމަ ރަޝިޔާއާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހަކަތައިގެ ދާއިރާއިންނާއި ބެންކިންގެ ދާއިރާއިން އަޅާ ފިޔަވަޅުތައް ހިމެނޭނެ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
