
ބާސެލޯނާ އާއި އެ ޓީމުގެ ސަޕޯޓަރުންނަށްވެސް އެންމެ މުހިންމު ތައްޓަކީ ސްޕެނިޝް ލީގުގެ ތަށި ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފިއެވެ. އޭނާ މިހެން ބުނީ ލީގުގައި އެންމެ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް މިރޭ ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މި މެޗަށް ނުކުންނައިރު ބާސެލޯނާ އެއްވަނައިގައި އޮތީ 34 މެޗުން 79 ޕޮއިންޓާއެކުގައެވެ. ރެއާލް ދެ ވަނައިގައި އޮތީ 75 ޕޮއިންޓާއެކުއެވެ. މިހެންވެ ސްޕެނިޝް ލީގު ރެއާލްއަށް ކާމިޔާބުކުރުމުގެ ފުރުސަތު އޮތީ މިރޭ ބާސެލޯނާ ބަލިކޮށްގެންނެވެ. މި މެޗުގެ ކުރިން ބާސެލޯނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ނުގޮސް ކަޓާފައެވެ. ފްލިކް ބުނީ އިޓަލީގެ އިންޓަރ މިލާން އަތުން ބަލިވި ނަމަވެސް، ބާސެލޯނާ އެ މެޗުގައިވެސް މޮޅަށް ކުޅެ، މޮޅުވެވޭނެކަން ދެއްކި ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ބާސެލޯނާގެ އަޒުމަށް ބަދަލެއް ނާންނަ ކަމަށްވެސް ވަނީ ބުނެފައެވެ.
“އެންމެ މުހިންމު ތައްޓަކީ ސްޕެނިޝް ލީގު. 38 މެޗު ކުޅޭއިރު ކޮންމެ މެޗަކީ ވެސް މޮޅުވާން ޖެހޭ މެޗެއް. ކުލަބަށާއި ކުލަބުގެ ސަޕޯޓަރުން ވެސް އެންމެ ފުރަތަމަ އެންމެ މުހިންމު ކަމަކަށްވަނީ ސްޕެނިޝް ލީގު. މިހެންވެ އަހަރުމެން ކުޅޭ މިރޭ ވެސް މޮޅުވާން. އަހަރުމެން އަޒުމެއް ބަދަލެއް ނާންކަން ދައްކާލަން ވެސް ބޭނުން،” ފްލިކް ބުންޏެވެ. ބާސެލޯނާ ވަނީ މި ސީޒަނުގެ ސްޕެނިޝް ސުޕަ ކަޕާއި، ކޮޕަ ޑެލް ރޭގެ ތަށި ރެއާލް ބަލިކޮށް ހޯދާފައެވެ. އަދި ސްޕެނިޝް ލީގުގައި މި ދެ ޓީމު ކުޅުނު މެޗުވެސް ކާމިޔާބުކުރީ ބާސެލޯނާއިންނެވެ. މިހެންވެ މި ސީޒަނުގައި ބާސެލޯނާ އަތުން ރެއާލް މޮޅުވެފައެއް ނުވެއެވެ.
ބާސެލޯނާގެ ފޯވާޑް ލަމީން ޔަމާލް އިޝާރާތްކުރީވެސް މި ކަމަށެވެ. “އެމީހުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް މި ސިޒަނުގައި އަދި އަހަރުމެން އަތުން މޮޅެއް ނުވޭ. އެންމެ ފުރަތަމަ އެމީހުން ކުރަންވީ ކަމަކީ އެއީ. އަހަރުމެން މިތިބީ މި މެޗު ކާމިޔާބު ކުރަން ތައްޔާރުވެގެން،” ޔަމާލް ބުންޏެވެ. މި މެޗުގައިވެސް ބާސެލޯނާގެ އެއްވަނަ ކީޕަރަކަށް ކުޅޭނީ ވޮސިއެޗް ޝެޒްނީއެވެ. އަނިޔާގެ ސަބަބުން ފިޓްނުވެ ހުރި ފޯވާޑް ރޮބަޓް ލެވޮންޑޯސްކީ މި މެޗުގައި ކުޅޭނެކަން ކޯޗު ޔަގީންކޮށްދީފައެއް ނުވެއެވެ. އަދި ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ މި ސީޒަނުގެ ނިޔަލަށް ގެނަ ކީޕަރު ޝެޒްނީގެ އެއްބަސްވުން އައުކުރުމަކީ ސްޕޯޓިން ޑިރެކްޓަރު ޑެކޯ ކުރަންޖެހޭ ކަމެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
