
ރެއާލް މެޑްރިޑުގައި ދުވަހަކުވެސް ހަނީމޫން ނުނިމޭނެ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. އަދި މި ސީޒަނަށްފަހު އޭނާގެ މަގާމު ފުރާނެ ކަމަށް ބެލެވޭ ކުރީގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ އަކީ އެންމެ މޮޅު އެއް ކޯޗު ކަމަށްވެސް އަންޗެލޮޓީ ވަނީ ބުނެފައެވެ. “އަލޮންސޯ އަކީ އެންމެ މޮޅު އެއް ކޯޗު. އޭނާ އަށް ހުރިހާ ވަޒީފާއެއް ވެސް ވަނީ ހުޅުވިފައި. ސަބަބަކީ އޭނާ ކޯޗެއްގެ ގޮތުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވުން،” އަންޗެލޮޓީ ބުންޏެވެ. ނަމަވެސް އޭނާ ވަނީ އަމިއްލަ ވަޒީފާއާ ބެހޭ ގޮތުން މާގިނަ ވާހަކަ ދައްކަން އުޒުރުވެރިވެފައެވެ.
އަންޗެލޮޓީ ބުނީ ރެއާލް މެޑްރިޑުގައި އޭނާގެ ފަހު ދުވަސް އަންނާނެ ކަމަށް އެއްވެސް އިރަކު ގަބޫލުނުކުރާ ކަމަށެވެ. “ރެއާލްގައި އަހަރެންގެ ފުރަތަމަ ދުވަހަކޭ މިއަދެކޭ އެއްވެސް ތަފާތެއްނެތް. އަހަރެންނަށް މި ކުލަބުގައި ހަނީމޫން ނުނިމޭނެ. އަހަރެން މި ކުލަބަށް އައީ އަހަރެންގެ ހިތުން އެހެން ކުލަބަކަށް ވެސް ޖާގަ ދިނުމަށްފަހު. އެއީ އިޓަލީގެ އޭސީ މިލާން. މި ދެ ކުލަބަކީ ވަރަށް އެއްގޮތް ދެ ކުލަބު،” އަންޗެލޮޓީ ބުންޏެވެ.
މި ސީޒަނަށް ފަހު އޭނާ މަގާމުން ވަކިކުރަން ރެއާލްއިން ނިންމާފައިވާ ކަމަށް ސްޕެއިންގެ ނޫސްތަކުން ދަނީ ބުނަމުންނެވެ. ސަބަބަކީ މި ސީޒަނުގައި ބާސެލޯނާ އަތުން މިހާތަނަށް ހުރިހާ މެޗަކުން ބަލިވުމާއި އެއްވެސް ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހުން ގާތްކަމުންނެވެ. އަންޗެލޮޓީ ދެން ހަވާލުވާނެ ކަމަށް ބެލެވެނީ ބްރެޒިލްގެ ގައުމީ ޓީމާއެވެ. އަދި އޭނާގެ މަގާމަށް ރެއާލްއިން ގެންނަން އުޅޭ އަލޮންސޯ ވަނީ ޖަރުމަނުގެ ބަޔާ ލެވަކޫސެން ކޯޗުކަން މި ސީޒަނަށްފަހު ދޫކޮށްލާނެކަން އިއުލާންކޮށްފައެވެ.
އަންޗެލޮޓީ އަކީ ރެއާލްގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ކޯޗެވެ. ދެ ފަހަރެއްގެ މަތީން އެ ކުލަބަށް ކޯޗު ކޮށްދީ އޭނާ ވަނީ މިހާތަނަށް 16 ތަށި ހޯދައިދީފައެވެ. މިހެންވެ އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައި އޭނާ މަގާމުން ވަކިކުރި ނަމަވެސް، ރެއާލްއިން އޭނާ ދޫކޮށްލާނީ ޝަރަފުވެރިކަމާއެކުގައެވެ. އަދި ބާކީ އޮތް އަހަރުގެ މުސާރައާ މެދު މާބޮޑަށް ޝަކުވާނުކޮށް އަންޗެލޮޓީވެސް މިހާރު ބޭނުންވަނީ ރީތި ގޮތުގައި ކުލަބު ދޫކޮށްލަން ކަމަށް ސްޕެއިންގެ ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
އަންޗެލޮޓީ އަކީ ޔޫރަޕުގެ ކުލަބު ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކޯޗެވެ. އޭނާ ވަނީ ރެއާލްއަށް ތިން ފަހަރު އަދި މިލާނަށް ދެ ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މިހާތަނަށް އޭނާ ގައުމީ ޓީމަކަށް ކޯޗުކޮށްދީފައެއް ނުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
