
މިރޭ ކުޅޭ އެލް ކްލަސިކޯ މެޗުގައި އޭނާ ބުނާ ގޮތަށް ކުޅެންތެރިން ހަދައިފިނަމަ ބާސެލޯނާ ބަލިކުރެވޭނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ. މި ސީޒަނަށްފަހު ޓީމާ ވަކިވާ ކޯޗު ބުނީ މެޗުގެ ނަތީޖާ ކަނޑައަޅުން އެންމެ ގާތީ ހިލޭޖެހުމެއް ނުވަތަ ކޯނަރަކުން ކަމަށެވެ. “މިދިޔަ ހަތަރު މެޗަށް ބަލާއިރު ބާސެލޯނާ ކޮޅަށް ހަތަރު ގޯލެއް ވަނީ ސެޓް ޕީސްތަކުން. އެހެންވީމާ އަހަރުމެން އެކަމަށް ތައްޔާރުވާން ޖެހޭނެ. ކުޅުންތެރިން އަހަރެން ބުނާ ގޮތަށް ހަދައިފިނަމަ މި މެޗުން މޮޅުވެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،” އަންޗެލޮޓީ ބުންޏެވެ.
މި ދެ ޓީމު މިރޭގެ މެޗަށް ނުކުންނައިރު ތާވަލުގެ އެއްވަނާގައި ބާސެލޯނާ އޮތީ ރެއާލްއަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މިހެންވެ ދެވަނައިގައިވާ ރެއާލްއަށް ލީގަށް ވާދަކުރެވެން އޮތީ ބާސެލޯނާ ބަލިކޮށްގެންނެވެ. އެހެންނޫނީ ކޮންމެ ޓީމަކަށް ހަތަރު މެޗު ބާކީ އޮތުމުން އެންމެ ގާތީ ބާސެލޯނާއަށް ލީގު ލިބުން ކަމަށް ވެސް އަންޗެލޮޓީ ގަބޫލުކުރެއެވެ. “މިއީ ވަރަށް ރަނގަޅު ލީގެއް. މި ދެ ޓީމު ހަތަރު ޕޮއިންޓްގެ ފަރަގެއްގައި އޮތަސް އަހަރެން ގަބޫލު ކުރަނީ މި މެޗު ކާމިޔާބުކޮށްފިނަމަ ލީގު ކާމިޔާބު ކުރުމުގެ ރޭސް ވަރަށް ބޮޑަށް ހުޅުވިގެންދާނެ ކަމަށް. އަހަރުމެންގެ މަގްސަދަކީ މި މެޗު ކާމިޔާބުކޮށް ބާސެލޯނާ އަށް ޕްރެޝަރު ކޮށްލުން،” އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ބުނީ ރެއާލްގެ ގިނަ ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ނަމަވެސް ޓީމުގައި ވަރަށް ރަނގަޅަށް ހިލޭ ޖެހުން ޖަހާ ކުޅުންތެރިން އެބަތިބި ކަމަށެވެ. މީގެ ތެރެއިން އޭނާ ފާހަގަކުރީ ކެޕްޓަން ލޫކާ މޮޑްރިޗް އާއި ޒުވާން ފޯވާޑް އާރްދާ ގުލާއެވެ. އަންޗެލޮޓީ ބުނީ އަނިޔާއިން ރަނގަޅުވެގެން ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯ ފަރިތަކުރަން ފެށި ނަމަވެސް، ފުރަތަމަ އެގާރައިގައި ކުޅުވާނެ ކުޅުންތެރިން އޭނާ ނުނިންމާ ކަމަށެވެ. “އާރްދާ ގުލާ ފަދައިން ރޮޑްރީގޯ އަކީ ވެސް މި މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުވިދާނެ ކުޅުންތެރިއެއް. އަހަރުމެން އެބަޖެހޭ ހިލޭ ޖެހުންތަކަށް ވަރަށް ބޮޑަށް ތައްޔާރުވާން. އެކަމަށް އަރްދާ ގުލާ އާއި ލޫކާ މޮޑްރިޗްގެ ބޭނުން ހިފުން މުހިންމު. އަހަރެން އަދި ފުރަތަމަ 11 ނުނިންމަން،” އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ބުނީ ފުޓްބޯޅައިގައި ނަތީޖާ ނުކުންނާނީ ހުރިހާ ޑިޕާޓްމަންޓެއް އެއްވަރަކަށް މަސައްކަތް ކުރާ ޓީމެއްގެ ކަމަށެވެ. މިހެންވެ މި މެޗުގައި އެޓޭކާއި ޑިފެންސްވެސް ރަނގަޅު ކުރަންޖެހޭނެ ކަމަށެވެ. އަންޗެލޮޓީ ބުނީ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ނުގޮސް އިންޓަރ މިލާން އަތުން ބާސެލޯނާ ކެޓީވެސް ހުރަސްތަކާއި ހިލޭޖެހުންތަކަށް ރަނގަޅަށް ތައްޔާރު ނުވެވުމުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
