
(ފޮޓޯ ކްރެޑިޓްސް: ޕީޖީ އޮފީސް)
ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުވެގެން، ކުޑަކުދިންނާއި ކޯޓު ރޫމްތަކުން ބައްދަލުވުމުގެ ކުރިން އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގަންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި “ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025” ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ފެށުމަށް ވިލާ ނޯޓިކާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ކުށުގެ ވެއްޓަށް ހުށައެޅޭ ކުދިން، ކުށަށް އަރައިގަތުމުގެ ފަހަތުގައި އެކުދިން އުޅެންޖެހޭ މާޙައުލު ބޮޑު ދައުރެއް އަދާކުރާކަމަށެވެ.
ހަމައެއާއެކު މުޖުތަމަޢުގައި ވަކިގޮތަކަށް ލޭބަލްކޮށް ކުދިންނަކީ ކުށްވެރިންކަމުގެ އިޙްސާސްކޮށްދިނުމުން، ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ކުރިން ކުދިންގެ ފަރާތުން ފެންނަ ނޭދެވޭ އާދަތަކަކީ އެކުދިންނަށް ބުނެ ނުދެވުނުނަމަވެސް އެކަމުން ސަލާމަތްވުމަށް އެދި ކުރާ އާދޭހެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މުޖުތަމަޢުގެ ޤަބޫލުކުރުންތަކުގެ ސަބަބުން އެކުދިންނަކީ ހަރުކަށި އަނިޔާވެރި ބަޔަކަށްވުމުގެ ކުރިން އެކުދިންނަށް އެހީތެރިވާންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޤާނޫނާއި ގަވާއިދުތަކާއި ޚިލާފު ބޮޑެތި ކުށްތައް ކޮށްގެން އެކުދިންނާއި ކޯޓު ރޫމްތަކުން ބައްދަލުވުމުގެ ކުރިން އެކުދިންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށްވުމަށް މިއަދު އަވަސްވެގަންނަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިކަމުގެ މިސާލެއްގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވަވާފައެވެ.
“ތަފާސްހިސާބުތައް ދައްކާގޮތުން ޢުމުރުން 14 އަހަރުގައި މީހަކު މަރާލައިގެން ހައްޔަރުކުރުމުގެ ކުރިން އެކުއްޖާ، 191 ފަހަރު ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި އެކި ގޮތްގޮތުން ބައްދަލުވެފައިވާކަން ހާމަވޭ. މިހާހިސާބުން އުފެދޭ ސުވާލަކީ އެކުއްޖާއަށް ލިބިދޭންޖެހޭ ފުރުސަތު ފަހިކޮށްދިނުމަށް އަޅުގަނޑުމެނަށް ކިތައް ފުރުސަތު ލިބިގެންދިޔަތޯ.” މެޑަމް ސަޖިދާ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޖީ އޮފީސް)
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ކުރިއަށް އޮތް 2 ދުވަހު، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025ގެ ތެރެއިން ބަދަލަކާއި ދިމާއަށް މަސައްކަތްކޮށްދެއްވުމަށް ކަމާއި ބެހޭ ހުރިހާ ފަރާތަކަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ކުށުގެ ވެއްޓަށް ހުށައެޅިފައިވާ ކުދިންނަކީ، އެއް އިރެއްގައި އަނިޔާ ލިބުނު ފަރާތެއްކަން ހަނދުމަކޮށްގެން މިކޮންފަރެންސްގެ ތެރެއިން ހައްލު ހޯދުމަށް މަސައްކަތްކޮށްދެއްވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ކިބައި އެކަމަނާވަނީ ކުދިންގެ ފަރާތުން ފެންނަ ތަފާތު ބަދަލުތަކާއި މެދު ސަމާލުވެ އެކުދިންނަށް އިތުރު ސަމާލުކަމެއް ދިނުމަށްވެސް އެދިވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ވާހަކަފުޅުގައިވަނީ މުޖުތަމަޢުގައި ނުރައްކަލަށް ހުށައެޅިފައިވާ ކުދިންގެ ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކުޑަކުދިންގެ ތެރެއިން ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުއްޖާއާއި މަސްތުވާތަކެއްޗާއި ގޭންގު ކުށުގެ ނުރައްކަލަށް ހުށައެޅިގެންދާ ފަދަ ކުދިންނާއި ނިޒާމުގެ ތެރެއިން ކުޑައިރު ކުރިމަތިވީ އެކި ކަންކަމަށް އިންސާފު ނުލިބުމުގެ ސަބަބުން އަޅާލުމާއި އޯގާތެރިކަމުން މަޙުރޫމްވެ ނުރަނގަޅު މަގު އިޚްތިޔާރުކުރާ ކުދިން ކުރިމަތިލާ ޙާލަތްތަކާއި މެދު އެކަމަނާވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.
އަދި ދައުލަތުގެ ބަޖެޓުން އަހަރަކަށް ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ އަހަރަކު ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކިގޮތުންކުރެވޭ މަސައްކަތްތަކަށް ހޭދަކުރަމުންދާއިރު އެއީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރެވޭކަމަކަށް ހަދަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެނިޒާމަކީ އަދަބު ދިނުމަށް އަވަސްވެގަތުމުގެ ބަދަލުގައި ކުށައަށް އަރައިގަތުމަށް މެދުވެރިވި ހާލަތްތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ނިޒާމަކަށް ހެދުން މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
