
ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް ދައުލަތުގެ ވުޒާރާތަކާއި އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ. ޕީޖީ މިހެން ވިދާޅުވީ، ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވަނީ 13 އަހަރުގެ ކުޑަކުއްޖަކަށް ކުރިމަތިވި ހިތާމަވެރި ހާދިސާއެއް ހިއްސާކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޖީ އޮފީސް)
ޕީޖީ ވިދާޅުވީ، އެ ކުއްޖާއަށް ކުރިމަތިވި އަނިޔާތަކާއި ގުޅިގެން މީގެ އަހަރުތަކެއް ކުރިން ޖިނާއީ ދަޢުވާއެއް ކުރެވި، އަނިޔާވެރިޔާއަށް ޙައްޤު އަދަބު ދެވިފައިވާކަމަށެވެ. އަދި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުއްޖާއާ ގުޅޭގޮތުން ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ފުލުހުންނާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، އަދި ސޯޝަލް މިނިސްޓްރީ ފަދަ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ޕީޖީ ފާހަގަކުރެއްވިއެވެ. ޕީޖީ ވިދާޅުވީ، މި މައްސަލައިގައި ކުއްޖާގެ އިތުރުން އެ ކުއްޖާގެ އާއިލާއަށްވެސް ދޭންޖެހޭ އެހީތެރިކަން އެންމެ އެދެވޭ ގޮތެއްގައި ދެވިފައި ނުވަނީ އިދާރާތަކުން އެންމެން ގުޅިގެން މަސައްކަތްކޮށްފައި ނުވުމުގެ ސަބަބުންކަމަށެވެ.
“އެކަން އެހެން ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެން ކޮންމެ އިދާރާއަކުންވެސް ކޮންމެވެސް ސަބަބަކާހުރެ މިހާތަނަށް މަސައްކަތްކުރެވިފައި ހުރީ އެ މުއައްސަސާއަކަށް މަތިކޮށްފައިވާ މެންޑޭޓުގެ ތެރެއިން ބަންދުވެ ތިބެ ވަކިވަކި މުއައްސަސާއެއްގެ ގޮތުގައި ކަމަށް ވީތީ. ކޮންމެ ބައެއްވެސް އެބަޔަކަށް ރީތި އަދި އެބަޔެއްގެ ބަޖަޓު ތަންދޭވަރުގެ ފޮރިގަނޑެއް ގަނެގެން އެބަޔަކަށް ކަމުދާ ކޯޓެއް ފަހައިގެން މަސައްކަތްކުރެވިފައިވާތީ.” ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި ރަސްމިއްޔާތުގައި ވާހަކަދައްކަވުމުން ޔުނިސެފްއިން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ރެޕްރެޒެންޓޭޓިވް، ޑރ. އެޑްވާޑް އަޑާއީ ވިދާޅުވީ، ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، އެ ކުދިންގެ މަސްލަހަތު ރައްކާތެރިކުރެވިއްޖެނަމަ ޤައުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.
“އަޅުގަނޑުމެންގެ ދަރިންގެ އެންމެ ރަނގަޅު މަސްލަހަތަކީ އާއިލާތަކުގެ އެންމެ ރަނގަޅު މަސްލަހަތު. އަޅުގަނޑުމެންގެ ދަރިންގެ އެންމެ ރަނގަޅު މަސްލަހަތަކީ އަޅުގަނޑުމެންގެ ޤައުމުގެ މަސްލަހަތު. އަޅުގަނޑުމެންގެ ދަރިންނާމެދު އަޅުގަނޑުމެންނަށް ރަނގަޅަށް ކަންތައް ކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ ޤައުމަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް އަންނާނެކަން ކަށަވަރު” ޑރ. އެޑްވާޑް އަޑާއީ ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީޖީ އޮފީސް)
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 އަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުމުގެ މަޤްސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި، ޕީޖީ އޮފީސް، ޔުނިސެފް، ފުލުހުންގެ ޚިދުމަތް، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ ކޮލެޖުތައް އަދި ކަމާގުޅުންހުރި އިދާރާތައް ހިމެނޭހެން ޓެކްނިކަލް ޕަރޓިސިޕަންޓުންގެ ގޮތުގައި 16 އިދާރާއަކުން ބައިވެރިވެރިވެއެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 11 އިދާރާއެއް ބައިވެރިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
