
(ފޮޓޯ ކްރެޑިޓްސް: ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީސް)
ޒިންމާ އުފުލުމަށް ކުދިންނަށް ހިތްވަރުދިނުމަކީ އެކުދިންގެ ޝަޚްސިއްޔަތު ތަރައްޤީވެ، ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީގް ވިދާޅުވެއްޖެއެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަން މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވި ޚިޠާބުގައެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީގްގެ ޚިޠާބުގައި ޤައުމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ކުޑަކުދިންނާ، ބެލެނިވެރިންނާ، ކުޑަކުދިންގެ ކުރިއެރުމާއި ލާބައާ މަންފާއަށް މަސައްކަތްކުރާ ފަރާތްތަކާއި، އަދި މުޖްތަމަޢުގެ އެންމެހާ ފަރާތްތަކަށް ވަނީ ދަންނަވާފައެވެ.
މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ “އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން” މި ޝިޢާރެވެ. މި ޝިޢާރަށް އަމާޒުކުރައްވާ ނިޢުމާތު ޝަފީގް ވިދާޅުވީ، މި ޝިޢާރުގެ އަމާޒަކީ ކުޑަކުދިންނަށް އުފާވެރި ހަޔާތަކާއި، ދުޅަހެޔޮ ކުރިމަގެއް ހޯދައިދިނުމަށްޓަކައި ބެލެނިވެރިންނާއެކު އުފާވެރި ވަގުތު ހޭދަކުރުމާއި، ބެލެނިވެރިންނާއި ކުދިންނާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަމުގެ ވާހަކަ ބުނެދޭކަމަށެވެ. ކުދިންނާއެކު ބެލެނިވެރިން ވަގުތު ހޭދަކުރުމަކީ، ކުދިންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވެ، ކުދިންގެ ހިތްތަކުގައި އުފާވެރިކަމާއި ރައްކާތެރިކަމުގެ އިހުސާސް އުފައްދައިދީ، އެކުދިންގެ ޝުޢޫރުތައް ހިއްސާކުރުމަށް ފަސޭހަވެ، ކުދިންގެ ޝަހުސިއްޔަތު ބިނާކުރުމަށް މަގުފަހިވެގެންދާ ކަމެއްކަން ނިޢުމާތު ޝަފީގް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ވިދާޅުވީ، ކުދިންނާއެކު ބެލެނިވެރިން ހޭދަކުރާ އުފާވެރި ވަގުތުތަކަކީ އެކުދިންނަށް ފައިދާކުރާނެ ވަގުތުތަކަކަށް ހެދުމަށް ބެލެނިވެރިން އިސްކަންދޭންޖެހޭކަމަށެވެ. އެގޮތުން، އެކުދިން ޝައުވެރިކަން ހުންނަ ހުނަރުތައް ތަރައްޤީކުރުމަށް ބޭނުންވާ އެހީތެރިކަމާއި އުމުރާ ގުޅޭ ކަންކަމުގައި ކުދިން ޝާމިލުކުރުވާ، އަމިއްލައަށް ކަންކަން ތަޖުރިބާކޮށް ކަންކަން ދަސްކުރުމަށް ހިތްވަރުދީ، އެކުދިންނަށް ގޮތް ނިންމުމަށް ފުރުސަތު ފަހިކޮށްދިނުމުން، އެކުދިންނަކީ ޤާބިލު އަދި ވިލުންތެރި ބައެއްގެ ގޮތުގައި ބޮޑުވުމަށް މަގުފަހިވެގެންދާނެކަމަށް ނިޢުމާތު ވިދާޅުވިއެވެ.
މީގެއިތުރުން ނިޢުމާތު ޝަފީގް ވަނީ، ބެލެނިވެރިން ކުދިންނާއެކު ހޭދަކުރާ ކޮންމެ ވަގުތަކީ ކުދިންނަށް އުފާވެރިކަމާ އެކުދިންގެ ތަރަށްޤީއަށް މަގުފަހިވާނެފަދަ ވަގުތުތަކަށް ހެދުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެ ކުއްޖަކީވެސް ޚާއްޞަ އަމިއްލަވަންތަކަމެއް ލިބިގެންވާ ކުއްޖެއްކަމާއި، ތަފާތު ކަންކަން ކުރާހިތްވާ، ތަފާތު ހުނަރުތަކެއް ލިބިގެންވާ ކުއްޖެއްކަން ފާހަގަކުރައްވާ ނިޢުމާތު ޝަފީޤު ވިދާޅުވީ، ކުދިންނަށް އަމިއްލައަށް ކުރެވޭނެކަންކަން ދެނެގަނެ، އަމިއްލަ އިސްނެގުމާއެކު ކަންކަން ކުރުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
