
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ “މޯލްޑިވްސް 2.0” ގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ޚަރުދަނާވެ، ވިޔަފާރި އާއި އިޤްތިޞާދީ ދާއިރާއިން ގިނަ ފައިދާތަކެއްކުރާނެ ކަމަށާއި، މިފަދަކަންކަން ސިޔާސީ ކުރުމުގެ ބަދަލުގައި ޤައުމީ ތަރައްޤީއަށް އެއްބާރުލުންދީ މަރުޙަބާ ކިޔުމަކީ މުޅި ޤައުމަށް ލިބިގެން ދާނެ ކުރިއެރުމެއް ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ “މޯލްޑިވްސް 2.0” މަޝްރޫއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
“މޯލްޑިވްސް 2.0″އަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެކެވެ. މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ “މޯލްޑިވްސް 2.0” ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ދައުލަތާއި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ބިޔުރޯކްރަސީގެ ސަބަބުން ނިޒާމުގައި ހުރިއުނދަގޫތައް ނައްތާލުމަކީ ތަރައްޤީއަށް ރާއްޖެ ކުރާމަސައްކަތުގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއްކަމަށެވެ.
ދައުލަތާއި ސަރުކާރުގެހިންގުން ހަރުދަނާކޮށް، ބިޔޮރޮކްރަސީގެ ސަބަބުން ނިޒާމުގައި ހުރިއުނދަގޫތައް ނައްތާލުމަކީ ތަރައްޤީއަށް ރާއްޖެ ކުރާމަސައްކަތުގައި ކޮންމެހެންވެސްކުރަންޖެހޭ މަސައްކަތެއް. އެގޮތުން މިކަންކަމުގައި ދުނިޔޭގައި ނަމޫނާދައުރެެއް އަދާކުރަމުންދާ އެސްޓޯނިއާގެ ތަޖުރިބާ… pic.twitter.com/kd3vFg2OHb
— Mohamed Saeed (@em_saeed) May 10, 2025
ވަޒީރު ވިދާޅުވީ، މިކަންކަމުގައި ދުނިޔޭގައި ނަމޫނާ ދައުރެެއް އަދާކުރަމުންދާ އެސްޓޯނިއާގެ ތަޖުރިބާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިއްމަވައި އެކަންތަންފީޒުކުރަން “މޯލްޑިވްސް 2.0”ގެނަމުގައި ފެއްޓެވީ މުޙިއްމު ޤައުމީ މަސައްކަތްޕުޅެއްކަމަށެވެ. އަދި 2040ވަނައަހަރު އަންނަންވާއިރަށް ހުރިހާމާނައެއްގައި ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެއްދެވުމުގެ ވިޝަންގައި އެމަނިކުފާނު ފެއްޓެވީ ވަރަށްވެސް ބޭނުންތެރި މަސައްކަތެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިކަމުގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމު ޚަރުދަނާވުމުގެ އިތުރަށް ވިޔަފާރި އާއި އިންވެސްޓްމަންޓް އަދި ޖުމްލަކޮށް އިޤްތިޞާދަށް ގިނަފައިދާތަކެއް ކުރާނެކަމަށެވެ. ހަމަމިއާއެކު، މިފަދަ ކަންކަން ސިޔާސީ ކުރުމުގެ ބަދަލުގައި ޤައުމީތަރައްޤީއަށް އެއްބާރުލުންދީ މަރުހަބާކިޔުމަކީ މުޅިޤައުމަށް ލިބިގެންދާނޭ ކުރިއެރުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. “މޯލްޑިވްސް 2.0″އަކީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ “ސްމާޓް”ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
