
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަލް-ނަކްބާ ނުވަތަ 1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދަޢުލަތް ގާއިމު ކުރަން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ, ފޭރިގަތް ހިތާމަވެރި ހާދިސާގެ ދެވަނަ ބާބެއް ދުނިޔެ ދުށުމުގެ ބިރުވެރި މަންޒަރުތައް މިއަދު ފެންނަމުންދާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ގެ ޚާއްޞަ ކޮމިޓީއަކުން އިންޒާރު ކޮށްފިއެވެ. ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީން ކުރަމުންދާ އިސްތިޢުމާރީ ވެރިކަމާއި ހިންގަމުންދާ ޖަރީމާތައް ދިރާސާ ކުރުމަށް އެކުލަވައިލާފައިވާ އދގެ ޚާއްޞަ ކޮމިޓީން ބުނީ ޔަހޫދީންގެ މަޤުޞަދަކީ ފަލަސްޠީނުގެ އިތުރު ބިންތައް ފޭރިގަތުން ކަމުގައެވެ. އަދި، އިސްތިޢުމާރީ ބާރު އެހެން ސަރަޙައްދުތަކަށް ފެތުރުން ކަމުގައެވެ.
އެ ކޮމިޓީން ބުނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން މި ވަގުތު ހިންގަމުންދާ ޤަތުލުޢާންމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޖަރީމާއެއް ކަމުގައެވެ. އަދި، އެ ޤަތުލުޢާންމުގެ ދަށުން އިންސާނެއްގެ ހިތަށް ނުގެނެވޭ ފަދަ އަނިޔާވެރިކަމާ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތި ކުރުވާފައިވާ ކަމުގައެވެ. ދެވަނަ ނަކްބާއެއްގެ އިންޒާރު އދގެ ޚާއްޞަ ކޮމިޓީން ކޮށްފައި މި ވަނީ، ޣައްޒާގެ 2.3 މިލިޔަން މީހުން ކޭމްޕުތަކަކަށް ނުވަތަ ބޮޑެތި ޖަލުތަކަކަށް މަޖުބޫރުން ބަދަލު ކުރުމަށް ރާވާފައިވާ ރޭވުމެއް ޔަހޫދީން ޢާންމު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ރޭވުން އެކުލަވައިލާފައި ވަނީ އެމެރިކާގެ އެހީތެރިކަމާއި ރުހުމާ އެކުގައެވެ.
1948ވަނަ އަހަރު ޒަޔަނިސްޓުންގެ ދަޢުލަތް ޤާއިމު ކުރުމަށް ވެސް ޔަހޫދީން ވަނީ، ހުޅަނގުގެ ބާރުތަކުގެ އެހީތެރިކަމާ އެކު، ޣައްޒާގެ ބިންތައް ފޭރިގަނެފައެވެ. އަދި، އެ ބިންތަކުގެ އަހުލުވެރިން އަމިއްލަ ވަޒަނުން ބޭރުކޮށް، ރެފިއުޖީ ކޭމްޕުތަކަށް ބަދަލު ކޮށްފައެވެ. ނިކަމެތިކޮށް ހާލުގައި ޖައްސާފައެވެ. އެ ދުވަހަށް ފަހު ފަލަސްޠީނުގެ އެތަކެއް ސަތޭކަ ހާސް ބަޔަކު އުމުރު ދުވަސް ހޭދަ ކޮށްފައި ވަނީ ރެފިއުޖީންގެ ގޮތުގައެވެ. އަމިއްލަ ދައުލަތެއް، ވަޒަނެއް ނެތް ބަޔެއްގެ ގޮތުގައެވެ.
“އިސްރާއީލުގެ އިސްތިޢުމާރީ ވެރިކަމުގެ ދަށުގައި ތިބި މީހުންނަށް އެ މީހުން [ޔަހޫދީން] ދަނީ އިންސާނެއްގެ ހިތަށް ނުގެނޭ ފަދަ އަނިޔާވެރިކަން ކުރިމަތި ކުރުވަމުން، އަދި އިތުރު ބިންތައް ފޭރިގަންނަމުން އެ ދަނީ އިސްތިޢުމާރީ ވެރިކަން ފުޅާ ކުރުމަށް،” ދެވަނަ ނަކްބާއެއްގެ އިންޒާރުކޮށް އދގެ ކޮމިޓީން ނެރުނު ބަޔާނުގައި ބުންޏެވެ. “އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މި ދަނީ ދެވަނަ ނަކްބާއެއްގެ މަންޒަރުތައް.” އިސްތިޢުމާރީ ވެރިކަން ފުޅާ ކުރުމަކީ ޔަހޫދީންގެ މަޤުޞަދު ކަން ވަރަށް ސާފު ކަމުގައި ވެސް އެ ކޮމިޓީން ބުންޏެވެ.
“ސަލާމަތީ އޮޕަރޭޝަންތަކުގެ ނަމުގައި [ޖަރީމާތައް] ހަރަކާތައް ހިންގަމުން އެ ދަނީ އިތުރު ބިންތައް ފޭރިގަތުމަށް ހިންގަމުންދާ އަމަލުތަކުގެ ޙަޤީޤަތް އޮޅުވައިލުމަށާއި، [ފަލަސްޠީނުގެ ރައްޔިތުން] އަމިއްލަ ވަަޒަނުން ބޭރު ކުރުމަށާއި، އެ މީހުންގެ ގެދޮރަށް އަތްގަދަ ކުރުމަށާއި، ގެދޮރު ސުންނާފަތި ކުރުމަށާއި، ނަސްލު ނައްތަލުމަށް ހިންގަމުންދާ ޖަރީމާއެއް،” އެ ކޮމިޓީން ހާމަކުރިއެވެ. މަޤުޞަދަކީ، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ކަމުގައި ވެސް އެ ކޮމިޓީން ބުންޏެވެ.
ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަދި އިންސާނީ ޙައްޤުތަކާ ޚިލާފު ޖަރީމާތައް ވެސް އެ ކޮމިޓީން ފާހަގަ ކޮށްފައިވެއެވެ. “އިސްރާއީލުގެ އަސްކަރިއްޔާއިންނާއި ސަލާމަތީ ބާރުތަކުން [ޔަހޫދީ ސިފައިން] ފަލަސްޠީނުގެ ރައްޔިތުންނަށް ލާއިންސާނީ އަނިިޔާތައް ދެމުންދާ ކަން، އަދި ޖިންސީ އަނިޔާ ވެސް ހިމެނޭ ގޮތުގައި އިންސާނިއްޔަތު ކަމެއް ނެތް އަދަބުތައް ދެމުންދާ ކަން، ލިބިފައިވާ މަޢުލޫމާތުން ހާމަވޭ، އަދި އެ ފަދަ އަމަލުތައް އިސްރާއީލުގެ ޖަލުތަކުގައި ވެސް ދަނީ ހިންގަމުން،” އެ ކޮމިޓީން ބުންޏެވެ.
ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ޔަހޫދީން ކުރަމުންދާ އިސްތިޢުމާރީ ވެރިކަމާއި ހިންގަމުންދާ ޖަރީމާތައް ދިރާސާ ކުރުމަށް އެކުލަވައިލާފައިވާ އދގެ ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާފައި ވަނީ 1968ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. މި ވަގުތު އެ ކޮމިޓީ އެކުލެވިގެން ވަނީ ސްރީ ލަންކާ، މެލޭޝިޔާ އަދި ސެނެގާލުން އދއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ މައްޗަށެވެ. ޒަޔަނިސްޓުންގެ ދަޢުލަތް ޤާއިމު ކުރުމަށް ހިންގި ފުރަތަމަ ނަކްބާގައި ފަލަސްޠީނުގެ 760,000އަށްވުރެ ގިނަ މީހުން އެ މީހުންގެ ވަޒަނުން ބޭރު ކުރިއެވެ. އަދި، ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން އެހެން ޤައުމުތަކުގައި ޤާއިމު ކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކަށް ބަދަލު ކުރިއެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
