
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އެކުވެރި ދައުލަތްތައް (އދ)ން ދެކޮޅު ހަދައިފިއެވެ. ޣައްޒާގައި އެހީ ބެހުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންގެ ކޮންޓްރޯލުގެ ދަށަށް ގެންދިޔުމަށް ހުށަހަޅާފައި ވަނީ ޒަޔަނިސްޓު އިސްރާއީލާއި އެމެރިކާއިންނެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއާއި ޔަހޫދީން ގުޅިގެން ހުށަހަޅާފައި ވަނީ ޣައްޒާ ހިއުމެނިޓޭރިޔަން ފައުންޑޭޝަންގެ ނަމުގައި ވަކި ޖަމުޢިއްޔާއެއް އުފެއްދުމަށެވެ. އަދި، ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކުގައި ކާބޯތަކެއްޗާއި އެހީގެ ސާމާނު ބެހުމަށް އެ ފައުންޑޭޝަންގެ ދަށުން ހަތަރު މަރުކަޒު ޤާއިމު ކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ. އެ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތި ކުރުމަށް ނިންމާފައި ވަނީ އެމެރިކާގެ އަމިއްލަ ދެ ކުންފުންޏަކާއެވެ.
ހުސްވި ހަފުތާގައި ޒަޔަނިސްޓު އިސްރާއީލުގެ ސަރުކާރުން ފާސްކޮށް ހާމަކޮށްފައިވާ ރޭވުމުގެ ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ހަތަރު ކޭމްޕަކަށް ނުވަތަ ޖަލަކަށް ބަދަލު ކުރުމަށް އޮތީ ނިންމާފައެވެ. އެއިން ކޮންމެ ކޭމްޕަކަށް 5,000އާއި 6,000އާ ދެމެދުގެ އަދަދަކަށް ޢާއިލާތައް ގެންދާނެއެވެ. އަދި، އެހީ ބަހާ މަރުކަޒުތަކަށް ގޮސް، ކާބޯތަކެއްޗާއި އެހީގެ ސާމާނާ ޙަވާލުވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެއިން ކޮންމެ ޢާއިލާއަކުން އެކަކަށެވެ.
ނަމަވެސް، އދގެ އިތުރުން އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ވަނީ މި ރޭވުމާ ދެކޮޅު ހަދާފައެވެ. އެ ފަރާތްތަކުން ބުނީ، ޔަހޫދީންގެ މި ރޭވުމުގެ ދަށުން ޣައްޒާގެ ނިކަމެތީންގެ ހާލަތު އިތުރަށް ގޯސްވާނެ ކަމުގައެވެ. ޔަހޫދީންގެ ރޭވުމަށް ފާޑުކިޔާފައިވާ އެއް އިދާރާއަކީ އދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފެ)ވެ. އެ އިދާރާއިން ބުނީ، ޔަހޫދީންގެ ރޭވުން ތަންފީޒު ކޮށްފި ނަމަ ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ ކުޑަކުދިންގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެ ކަމުގައެވެ.
“އަޅުގަނޑުމެންނަށް ފެންނާނީ އެހީދޭ ޖަމުޢިއްޔާތަކާ އިސްރާއީލުން ހިއްސާ ކޮށްފައިވާ ހުށަހެޅުމާ އެއްގޮތަށް އަމަލުކޮށްފި ނަމަ ޣައްޒާގައި ދިރިއުޅޭ ކުޑަކުދިންނާއި ޢާއިލާތަކުގެ ހާލަތު އިތުރަށް ގޯސްވެގެންދާ މަންޒަރު،” ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވިއެވެ. ޣައްޒާގެ ނިކަމެތީންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ޔަހޫދީންގެ އަތްމައްޗަށް ދޫކޮށްނުލާނެ ކަން ހާމަކޮށް، އެހީދޭ ޖަމުޢިއްޔާތަކުން ވަނީ ޔަހޫދީންގެ ހުށަހެޅުމާ އިންކާރު ކޮށްފައެވެ.
މި ކަމަށް ރައްދު ދިނުމުގެ ގޮތުން، އެމެރިކާއިން ވަނީ އެހީ ބެހުމުގައި ޒަޔަނިސްޓު އިސްރާއީލުން ބައިވެރިނުވާނެ ކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ހަކަބީ ވެސް ވަނީ އެ މޭރުމުން ވިދާޅުވެފައެވެ. އެލްޑަރ ވިދާޅުވީ، ޔަހޫދީންނާއި އެމެރިކާއިން ހުށަހަޅާފައިވާ ގޮތުން، އެހީދޭ ކޮންމެ މަރުކަޒަކަށް ޚިދުމަތް ދެވޭނީ އެންމެ 300,000އެއްހާ މީހުންނަށް ކަމުގައެވެ. އަދި، އެއާ އެކު ޣައްޒާގެ ގިނަ ޢާއިލާތަކާއި ކުޑަކުދިން ކާބޯތަކެތިން މަޙްރޫމުވެގެން ދާނެ ކަމުގައެވެ.
“ޣައްޒާގެ އުތުރުގައި ތިބި ރައްޔިތުން ވަޒަނުން ބޭރު ކުރުމަށް ކާބޯތަކެއްޗާއި އެހީއަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އެ މީހުން މަރަށް ހުށަހެޅުމާ އެއް ފަދަ އަމަލެއް، އެ މީހުންނަށް އިތުރު ގޮތެއް ނޯންނާނެ،” އެލްޑަރ ވިދާޅުވިއެވެ. އޭނާއަކީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ފެށި ފަހުން އެ ސަހަރަށް އެތަކެއް ފަހަރަކު ޒިޔާރަތް ކުރައްވައި، ޣައްޒާގެ ރައްޔިތުންގެ ޙާލަތު ވަޒަން ކުރައްވާފައިވާ ބޭފުޅެކެވެ. “މި ކަމަށް އޮތް ޙައްލު ވަރަށް ފަސޭހަ، އެއީ ފުރަބަންދު އުވައިލުން، އަދި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތުދީ [ޣައްޒާގެ ރައްޔިތުންގެ] ފުރާނަ ސަލާމަތް ކޮށްދިނުން،” އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
