
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ “މޯލްޑިވްސް 2.0” މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ. މި މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ “މޯލްޑިވްސް 2.0” ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް 3 އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ސަބަބުން ސަރުކާރު މިހާރަށްވުރެ “ސްމާޓް”ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢުން ތަންފީޒުކުރެވޭ އިސްލާހީ މަސައްކަތްތަކާއެކު ފިޒިކަލް އަދި ޑިޖިޓަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ޚިދުމަތް ލިބޭނެގޮތަށް ޚިދުމަތްތައް ފަރުމާކުރެވޭނެއެވެ. އަދި ހިންގުމުގައި އަދި ޚިދުމަތް ހޯދުމުގައި ވަކިވެފައިވާ ރަށްތަކެއްގެ ވިސްނުމާއި ޚިދުމަތް ދިނުމަށް ވަކި ވަކި ނިޒާމުތެއް ގެންގުޅޭކަމުގެ އިހުސާސްގެ ބަދަލުގައި، ގުޅިފައިވާ ވިއުގައަކުން ޚިދުމަތް ލިބޭ ޤައުމެއް ގޮތަށް ރައްޔިތުންގެ އިހްސާސްތަކާއި ތަޖްރިބާ ބަދަލުކުރެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ހަމައެހެންމެ މި މަޝްރޫޢުގެ ތެރެއިން ޚިދުމަތްތައް ލިބުމުގައި ލަސްވާ ލަސްވުމަށް ފަރުވާހޯދައި، އަވަސް ޚިދުމަތެއް ފޯރުކޯށްދިނުން އަދި ނަތީޖާ ނެރުމަށް އިސްކަންދެވޭނެކަމަށާއި، ޚިދުމަތް ހޯދުމުގައި ކަންކަންވާންވީ ގޮތް ނޭނގޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް ދެފުށްފެންނަ ހުޅުވާލެވިފައިވާ ޚިދުމަތް ދިނުމުގެ ނިޒާމެއް ބައްޓަންކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ސަރުކާރުން ވިދާޅުވީ، މި މަޝްރޫޢުއަކީ ހަމައެކަނި ޑިޖިޓަލް ޓްރާންސްފޮމޭޝަންއާ ބެހޭ އިސްތިޖާރުތައް ބަޔާންކުރާ މަޝްރޫޢުއެއް ނޫންކަމަށާއި މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޯށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރު ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެއްކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މޯލްޑިވްސް 2.0” ބިނާކުރުރެވިފައިވާ އަސާސްތައް:
• ދެފުށްފެނުމާއި ހާމަކަން އިތުރުކުރުން އަދި ކޮރަޕްޝަން ނައްތާލުން – ޑިޖިޓަލް ސިސްޓަމްތަކަކީ އޭގެ ފެށުމުގައިވެސް ކޮރަޕްޝަން ނައްތާލުމަށް ބާރުއަޅާ އަދި ހާމަކަން އިތުރުކޮށްދޭ ދެފުށްފެންނަ ޑިޖިޓަލް ފަރުމާކުރުންތަކެއްކަން ޔަޤީންކުރުން.
• ހުރިހާ ފަރާތްތަށް ޝާމިލުކުރުން – މުވާސަލާތީ ވަސީލަތްތަކާއި ތަރައްޤީގެ ތަފާތުތަކާއެކުވެސް، އެއްވެސް ފަރުދެއް، ގިންތިއެއް، ރަށެއް ބާކީ ނުކޮށް އެންމެންނަށް ޚިދުމަތްތަކަށް ވާސިލުވެވޭގޮތަށް ޑިޖިޓަލީ ފޯރުކޮށްދެވޭ ޚިދުމަތްތައް ފަރުމާކުރެވިފައިވާކަން ކަށަވަރުކުރުން
• ގުޅިގެން މަސައްކަތްކުރުން – ވަކިވަކި ނުވަތަ ‘ސައިލޯޑް’ ސިސްޓަމްތަކުގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމުގެ ބަދަލުގައި ދައުލަތުގެ މުއައްސަސާތައް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ގުޅާލެވިފައިވާ އިންޓަރއޮޕަރަބަލް ޑިޖިޓަލް ވިއުގަތަކުގެ އެހީގައި، ތަކުރާރުވާ މުއާމަލާތްތައް މަދުކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދެވޭކަން ޔަޤީންކުރުން.
• ޚިދުމަތް ހޯދާފަރާތް އިސްކުރުން – ދައުލަތުން ޑިޖިޓަލީ ފޯރުކޮށްދެވޭ ޚިދުމަތްތައް
• ކަކީ ޚިދުމަތް ހޯދާ ފަރާތުގެ ނަޒަރިއްޔާއިން، އެފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން، އުމުރުގެ ކޮންމެ މަރުހާލާއެއްގައިވެސް ހޯދަންބޭނުންވާ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭގޮތަށް ‘ސިޓިޒަން ސެންޓްރިކް’ކޮށް ފަރުމާކުރެވިފައިވާ އަދި އެއްފުރާޅުކުރެވިގެން ދޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރުން.
• ސަލާމަތާއި ސިޔާދަތީ ކަންކަން ކަށަވަރުކުރުން – ޒާތީ މަޢުލޫމާތު ހިމާޔަތްކޮށް، ލޮޅުންތަކުން އަރައިގަނެ އިތުބާރު ޤާއިމުކުރުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ވެށްޓެއް ބިނާކުރުމަށްޓަކައި މަޢުލޫމާތާއި ޑޭޓާ، ޑިޖިޓަލް އުމްރާނި ވަސީލަތްތައް އަދި އައިޑެންޓީގެ ނިޒާމުތަކުގެ ރައްކާތެރިކަމާއި ސިޔާދަތު ކަށަވަރުކުރެވޭގޮތަށް ތަރައްޤީގެ މަސައްކަތްތައް ފަރުމާކުރުމަށް މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުން.
• ޒިންމާދާރުކަމާއެކު ނަތީޖާ ނެރުމަށް އިސްކަންދިނުން – ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެޖެންޑާގެ ތަސައްވުރާއި ލަނޑުދަނޑިތައް ހާސިލްކުރެވޭ މިންވަރު މިންކުރުމާއެކު ނަތީޖާ ނެރުމަށް އިސްކަންދިނުން.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މޯލްޑިވްސް 2.0” އެ މައްޗަށް ބިނާވެފައިވާ ތަނބުތައް
މި ސަމިޓުގައި ހުށަހެޅިގެންދާ ޑިޖިޓަލައިޒޭޝަންގެ ތަޞައްވަރު އަދި މަގުޗާޓް ބިނާކުރިވިފައިވާނީ 8 ތަނބުގެ މައްޗަށެވެ. އަދި މިކަންކަން ބައްޓަންކޮށްފައިވަނީ ޑިޖިޓަލް އިންޤްލާބެއް ގެނައުމަށްޓަކައި އަސާސީ ގޮތުން ނުވަތަ ފައުންޑޭޝަނަލް ލެވަލްގައި ރަނގަޅުކުރަން ހުރި ކަންކަމަށް އިސްކަންދީގެން މި ދާއިރާގައި މަސައްކަތްތައް ތަރުތީބުކުރުމަށެވެ.
• ފުރަތަމަ ތަނބު: ފަހުގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގައުމީ ޑިޖިޓަލް އައިޑީ ސިސްޓަމްއަކާއެކު ރައްކާތެރި ޑިޖިޓަލް މުޢާމަލާތްތަކަށް މަގުފަހިކުރުން
• ދެވަނަ ތަނބު: މުއައްސަސާތަކުގެ މެދުގައި ރައްކާތެރި އަދި ހާމަކަން ބޮޑު ގޮތެއްގައި ޑޭޓާ ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމުތައް ނުވަތަ ފަސޭހަކަމާއެކު ޑޭޓާ އެއް ސިސްޓަމުން އަނެއް ސިސްޓަމަށް ފޮނުވޭނެ އެކްސްޗޭންޖް ލޭޔަރ ގާއިމުކުރުން
• ތިންވަނަ ތަނބު: ދިފާއުވެ ރައްކާތެރިވެވޭނެ ސައިބަރ ސެކިއުރިޓީގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން
• ހަތަރުވަނަ ތަނބު: ޑިޖިޓަލް މުއާމަލާތްތަކަށް އިތުބާރު އުފައްދައިދޭ އަދި ހައްޤުތައް ރައްކާތެރިކޮށްދޭ ޒަމާނީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލައި އަމަލުކުރުން
• ފަސްވަނަ ތަނބު: ރައްކާތެރިކަމާއި ސިޔާދަތު ކަށަވަރުކޮށްދިނުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް އުމްރާނި ވަސީލަތްތައް، ސޮވަރިންގ ކަލައުޑް ހިމެނޭ ގޮތުގެ މަތިން ޤާއިމުކުރުން
• ހަވަނަ ތަނބު: ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކަށް އިސްކަންދީގެން ފަރުމާކުރެވޭ އަދި އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތަކަކަށް ހެދުން
• ހަތްވަނަ ތަނބު: މުޅި ދައުލަތް ތަމްސީލުވާހެން އެކި ދާއިރާތަކަށް ޑިޖިޓަލީ ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުން. މީގެ ތެރޭގައި 2025 ވަނަ އަހަރު ސިއްޙީ، ތަޢުލީމީ އަދި ފައިނޭންސްގެ ދާއިރާއިން ގެންނަންޖެހޭ އިސްލާހުތަކަށް އިސްކަން ދިނުން
• އަށްވަނަ ތަނބު: އައި.ސީ.ޓީ ދާއިރާގެ ފުރުސަތުތައް ދިވެހިންނަށް ފުޅާކުރުމާއި އިޖާދީ މަސައްކަތްތައް ތަރައްޤީކޮށް ކުރިއެރުވުން.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
