
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“މޯލްޑިވްސް 2.0” އަކީ ރާއްޖެ އިންޤިލާބީގޮތުން ޑިޖިޓަލައިޒްކުރުމުގެ ފެށުންކަމަށާއި މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން ހިންގޭ މަޝްރޫޢެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، “މޯލްޑިވްސް 2.0″ ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މޯލްޑިވްސް 2.0” އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުގެ މަސައްކަތްތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒޭޝަން ނިޒާމަކުން މިހާރަށްވުރެ ފުޅާކޮށް ގުޅުވާލުމަށް އިފްތިތާޙްކުރި ޚާއްސަ މަޝްރޫޢެކެވެ.
“މޯލްޑިވްސް 2.0” ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މިއީ ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. މި މަޝްރޫޢަކީ ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް ހިމެނޭހެން އަދި ދައުލަތުގެ 3 ބާރުގެވެސް ފުރިހަމަ ބައިވެރިވުމާއި ޝާމިލުވުން ހިމެނޭހެން ހިންގޭ މަޝްރޫޢެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، “މޯލްޑިވްސް 2.0” އާއެކު ފެށިގެން މިދަނީ ރާއްޖެ އިންޤިލާބީގޮތުން ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކަމަށެވެ. އަދި މިއީ ރައީސް ޑރ. މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން މި ދާއިރާއިން ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގެ ފަންނީ ލަފަޔާއި މި ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފުންނާބު އުސް މާހިރުންގެ ޚިޔާލާ މަޝްވަރާއާއެކު އެކުލަވާލެވުނު މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ވިދާޅުވީ، “މޯލްޑިވްސް 2.0” ގައި ހިމެނޭ އެންމެހާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އަދި އެމަނިކުފާނު ޗެއަރކުރައްވާ ޚާއްސަ ކައުންސިލުގެ ބެއްލެވުމުގެ ދަށުންކަމަށެވެ. “ރައީސް ޑރ. މުޢިއްޒުގެ ޑިޖިޓަލައިޒްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ. މުޅި މަސައްކަތް ކުރިއަށްގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޗެއަރކުރައްވާ، މި ދާއިރާގެ އެކްސްޕާޓުން ހިމެނޭ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލުގެ ބެއްލެވުމުގެ ދަށުން. މި ސިޔާސަތު އެކުލަވާލާއި ތަންފީޒުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއާއި އެންސީއައިޓީއާއި ޓްރޭޑްނެޓުގެ އެންމެހާ ފަންނީ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރަން.” ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓޯނިއާގެ އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް އެސްޓޯނިއާގެ ޑިޖިޓަލް ކައުންސިލުގެ މެންބަރު އަދި އެސްޓޯނިއާގެ އީ-ގަވަރނަންސް އެކެޑަމީގެ ކޯ-ފައުންޑަރ ލިނަރ ވިކް ވިދާޅުވީ، ރާއްޖެއާއި އެސްޓޯނިއާއަކީ އެއްގޮތް ގިނަ ކަންތައްތަކެއް ހިއްސާކުރާ ދެ ޤައުމުކަމަށާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ކުރިއަށްދިއުމަށް ރާއްޖޭން ކުރާ މަސައްކަތުގައި އެ ޤައުމުގެ ފަރާތުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.
ބާސެލޯ ނަސަންދުރާގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ “މޯލްޑިވްސް 2.0” ސަމިޓުގައި، “މޯލްޑިވްސް 2.0” ގެ ދަށުން ރާއްޖެ ޑިޖިޓަލީ ޓްރާންސްފޯމްވެގެންދާނެ ގޮތާމެދު ފުޅާ ދާއިރާއެއްގައި ބަހުސްކުރެވި ހުރިހާ އިދާރާތަކުން އެއްބަސްވާކަންކަން ކަނޑައެޅިގެންދާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އެޖެންޑާ އެކަށައެޅިގެންދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
