
ޤައުމީ އެއަރލައިން މޯލްޑިވިއަނުން މ. މުލި އެއަރޕޯޓަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މިއީ އެ އެއަރލައިނުން މި އަތޮޅަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. މޯލްޑިވިއަނުން ވިދާޅުވީ، މި އައު ރޫޓުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ މެއި މަހުގެ 17 ވަނަ ދުވަހުގައި ކަމަށެވެ. އަދި މާލެއާއި މުއްޔާ ދެމެދު ކުރެވޭ މި ދަތުރަކީ 35 މިނެޓުގެ ދަތުރެއް ކަމަށްވެސް އެއަރލައިނުން މަޢުލޫމާތުދެއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މުލި އެއަރޕޯޓަށް ހަފްތާއަކު ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަމަށާއި، މި ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުކަމަށެވެ. މީގެ އިތުރުން، މި ރޫޓުގައި ދަތުރުކުރާ ފަސިންޖަރުންނަށް އެ އެއަރލައިންގެ ޕްރީމިއަމް އިކޮނޮމީގެ ޚިދުމަތް ލިބޭނެކަމަށް އެ އެއަރލައިނުން މައުލޫމާތުދެއެވެ.
Touching down in Meemu Muli for the very first time! 🛬 Maldivian proudly launches its newest domestic route, connecting you to the heart of Meemu Atoll in just 35 minutes. Book now and be part of this historic journey. 💫 #maldivianaero pic.twitter.com/fZnWexZPsQ
— MaldivianAero (@MaldivianAero) May 9, 2025
މޯލްޑިވިއަނުން މައުލޫމާތު ދޭގޮތުގައި މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއެއަރލައިނުން ވިދާޅުވެއެވެ. ޤައުމީ އެއެއަރލައިންގެ ފްލީޓުގައި 25 ބޯޓެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ އޭޓީއާރުގެ ބޯޓުތަކާއި، ޑޭޝް8ގެ ބޯޓުތަކާއި، އޭ320 ނެރޯބޮޑީގެ އިތުރުން ސީޕްލޭން ބޯޓުތައް އެތެރޭގެ އުދުހުންތަކަށް ބޭނުންކުރަމުންދެއެވެ. އަދި މ. މުލިއަށް ކުރާ ދަތުރާއެކު، މޯލްޑިވިއަންގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ވިއުގަ މިހާރު 17 މަންޒިލަކަށް ފުޅާވެފައިވާ ކަމަށް އެއަރލައިނުން މައުލޫމާތުދެއެވެ.
މުލި އެއަރޕޯޓަށް މިމަހުގެ 15އިން ފެށިގެން ކޮމާޝަލް ދަތުރުތައް ބޭއްވޭގޮތަށް އެއަރލައިންތަކަށް ފުރުޞަތު ހުޅުވާލައިފައިވާއިރު ދަތުރުތައް ފެށުމަށް މިހާތަނަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ ހަމައެކަނި މޯލްޑިވިއަނުންނެވެ. މުލި އެއަރޕޯޓް ޚާއްސަކޮށްފައިވަނީ އެތެރޭގެ އުދުހުންތަކަށެވެ. މުލީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެރަށުން 36 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 1500 މީޓަރުގެ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއެކު މި އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ސަރުކާރުން 300 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
