
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ ސައީދު)
ދިއްދޫ ލޮނު އުފައްދާ ފެކްޓަރީއިން ދައްކުވައިދެނީ ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހއ. ދިއްދޫގައި ހުންނަ ލޮނު އުފައްދާ ފެކްޓަރީއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ކެއިންބުއިމުގައި ބޭނުންކުރާ ލޮނު އުފައްދާ ފެކްޓްރީގެ މަސައްކަތް ނިންމާ ހުޅުވާފައިވަނީ މިދިޔަ މަހުގެތެރޭގައެވެ. މިއީ ރާއްޖޭގައި ޤާއިމްކުރި މިފަދަ ފުރަތަމަ ފެކްޓްރީއެވެ.
ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ، މިފަދަ ތަފާތު މަސައްކަތްތައް ރާއްޖޭގައި ކުރާތަން ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. މި ވިޔަފާރިވެރިން ދައްކުވައިދެނީ ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
Pleased and encouraged to witness the innovative salt products from HA Dhidhoo’s production facility. These entrepreneurs exemplify Maldivian ingenuity, utilizing our pristine sea waters and expanding into the lucrative tourism market. The Ministry commends their vision and… pic.twitter.com/KkST9mzski
— Mohamed Saeed (@em_saeed) May 8, 2025
މީގެ އިތުރުން، އެ ފަރާތްތަކުގެ އީޖާދީ ވިސްނުމަށް ތަޢުރީފުކުރައްވާ ކަމަށާއި، މިފަދަ މުހިންމު ވިޔަފާރިތަކަށް އެހީތެރިވުމުގައި ދެމިހުންނަވާނެކަމުގެ ޔަޤިީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ލޮނު އުފައްދާ ފެކްޓަރީއެއް އަޅައިފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 7ވަނަ ދުވަހު އެމް.ޑީޕް އިންވެސްޓްމަންޓް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ. މި ފެކްޓްރީ ތަރައްޤީކޮށްފައިވަނީ އައްޔާއި ހޫނު ބޭނުންކޮށްގެން ލޮނުފެން ގުދުރަތީގޮތުން ހިއްކައިގެން، ލޮނު އުފައްދާގޮތަށެވެ.
ފެކްޓްރީގައި 3 ބާވަތެއްގެ ލޮނު އުފައްދާކަމަށް އެމް.ޑީޕް އިންވެސްޓްމަންޓުން ވިދާޅުވިއެވެ. މީގެތެރޭގައި، އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ލޮނާއި، ލޮނުމަސް ތައްޔާރުކުރުމަށް ބޭނުންވާ ލޮނުގެ އިތުރުން ލޮނުގެ ބައެއް ޚާއްސަ ބާވަތްތައްވެސް ހިމެނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ވަޒީރު ސައީދު)
ލޮނު ބެޗެއް ތައްޔާރުކުރުމަށް ހަފްތާއެއްހާ ދުވަސް ހޭދަވެއެވެ. ހިކި ލޮނު ތައްޔާރުކުރާނީ މޫދުން ނަގާ ލޮނު ފިލްޓަރކޮށް ސާފުކުރުމަށްފަހުގައެވެ. އަދި ކޮންމެ މަހެއްގައިވެސް ތައްޔާރުކުރާ ލޮނުގެ ބެޗުތައް، ރާއްޖޭގެ އިތުރުން ޖަޕާނުގައިވެސް ދަނީ ޓެސްޓުކުރަމުންނެވެ. މީގެ އިތުރުން، އެ ކުންފުނިން ދަނީ ލޮނުގެ އުފެއްދުންތައް ރާއްޖޭގެ ރިސޯޓްތަކަށާއި، މީހުން ދުރިއުޅޭ ރަށްތަކަށްވެސް މާކެޓްކުރަމުންނެވެ. ދިއްދޫގައި ތަރައްޤީކުރި ލޮނު ފެކްޓްރީ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިއްޖެނަމަ އިތުރު 4 ފެކްޓްރީ ރާއްޖޭގެ އެކި ސަރަޙައްދުގައި ހެދުމަކީ އެ ކުންފުނީގެ އަމާޒުކަމަށް ރާއްޖޭގައި ލޮނު އުފެއްދުމަށް މަސައްކަތްކުރާ ކުންފުނިން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
