
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގައި ޙަމާސް ޖަމާޢަތުގެ މުޖާހިދުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ޔަހޫދީ ފައުޖުގެ ގިނަ އަދަދެއްގެ ނިރުބަވެރި ސިފައިން މަރައިލައިފިއެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ، ރަފަޙަށް އެއްގަމު މަގުން އަރައި ޤަތުލުޢާންމު ހިންގަމުންދާ އަދި ޢާންމުންގެ ގެދޮރު ސުންނާފަތި ކުރަމުންދާ ޔަހޫދީ ފައުޖުގެ ސިފައިންނާ ދެކޮޅަށް ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާ ކަމުގައެވެ. އަދި، ޔަހޫދީ ސިފައިންނަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ.
ޔަހޫދީ ސިފައިން ރަފަޙަށް އަރައިގަނެފައި ވަނީ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުންނެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
ޔަހޫދީ ސިފައިންގެ 12 މީހުން މަރައިލާފައިވާނެ ކަމުގައި ޙަމާސުން ބުނޭ
ރަފަޙްގައި ޙަމާސްގެ މުޖާހިދުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގެ ދަށުން މަރައިލާފައި ވަނީ، އެ ސަހަރުގެ ޢާންމުންގެ ގެދޮރު ސުންނާފަތި ކުރަމުން ދިޔަ ޔަހޫދީ ސިފައިންގެ ބައިގަނޑެކެވެ. އެއީ، ގޮވާތަކެތި ބޭނުން ކޮށްގެން އިމާރާތެއް ވައްޓައިލުމަށް މަސައްކަތް ކުރަމުން ދިޔަ ބަޔެކެވެ. ޙަމާސްގެ ހަތިޔާރު އެޅި ގޮފި، ޢިއްޒުއްދީން އަލް-ޤައްސާމް ލަޝްކަރުން މި ކަން ހާމަކޮށްފައިވާއިރު، ޒަޔަނިސްޓު އިސްރާއީލުގެ މީޑިޔާތަކުން ވެސް ވަނީ އެ ކަން ކަށަވަރު ކޮށްފައެވެ. ނަމަވެސް، ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ދަނީ އެ ކަމުގެ ޙަޤީޤަތް ފޮރުވުމަށް މަސައްކަތް ކުރަމުންނެވެ.
މަންޒަރު ފެނުނު މީހުން ބުނީ، ޙަމާސްގެ ޙަމަލާގައި މަރައިލާފައިވާ ޔަހޫދީ ސިފައިންގެ ހަށިތަކާއި، ޒަޚަމު ކޮށްލާފައިވާ ސިފައިން ސަލާމަތް ކުރުމަށް ހެލިކޮޕްޓަރުތައް ބޭނުން ކޮށްގެން ޔަހޫދީ ފައުޖުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. ނަމަވެސް، ޙަމާސުން މެދުކެނޑުމެއް ނެތި ރަފަޙުގައި ތިބި ޔަހޫދީ ސިފައިންނަށް އަމާޒުކޮށް ޙަމަލާ ދެމުންދާ ކަމުގައެވެ. އަދި، ޙަމާސްގެ ވަރުގަދަ ޙަމަލާތަކާ އެކު ޔަހޫދީ ސިފައިންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ.
މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޙަމާސުން ޙަމަލާ ދީފައި ވަނީ ރަފަޙްގެ އަލް-ޖުނަޔިނާ އަވަށުގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ސިފައިންގެ ބައިގަނޑަކަށް ކަމުގައެވެ. އެއީ، ރަފަޙްގެ އިރުމަތީގައި އޮތް ސަރަޙައްދެކެވެ. އެ ސަރަޙައްދުގައި ވެއްޓިފައިވާ އިމާރާތްތަކެއްގެ ދަށުގައި ޔަހޫދީ ސިފައިންގެ ބަޔަކު ތާށިވެފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. އެއީ، ޙަމާސްގެ މުޖާހިދުން ކުރިން ގޮވާތަކެތި ހަރު ކޮށްފައިވާ އިމާރާތެއް ކަމުގައި، ޙަމާސްގެ މަޞްދަރުތަކާ ޙަވާލާދީ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
“‘ނަރަކައިގެ ދޮރު’ގެ ނަން ދީފައިވާ އޮޕަރޭޝަންގައި އަޅުގަނޑުމެން ވާނީ ރަފަޙްގެ އިރުމަތީ އަލް-ތަންނޫރް އަވަށުގައި ޢުމަރް އިބްނު އަލް-ޚައްޠާބް މިސްކިތް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ޔަހޫދީ ސިފައިންގެ 12 މީހުންނަށް އަމާޒަކޮށް ބާރުގަދަ ގޮވާތަކެތި ބޭނުން ކޮށްގެން ނުރައްކާތެރި ޙަމަލާތަކެއް ދީފައި. ޙަމަލާގައި މަރުވި ގިނަ އަދަދެއްގެ ޔަހޫދީ ސިފައިންގެ ހަށިތަކުގެ ބައިތައް އަޅުގަނޑުމެން ދުށިން،” ޙަމާސްގެ އަލް-ޤައްސާމް ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ ސަރަޙައްދުގައި ޒަޚަމު ކޮށްލާފައިވާ ސިފައިން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
