
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެކްޒެންޑަރ-އާނޯލްޑް މި ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލަން ނިންމުމުން އެކަމާ ހިތާމަކުރާ ކަމަށް އެ ޓީމުގެ ކޯޗު އާނާ ސްލޮޓް ބުނެފިއެވެ. އުމުރުން 26 އަހަރުގެ އިނގިރޭސި ޑިފެންޑަރު ވަނީ މި ސީޒަނަށްފަހު އޭނާ ލިވަޕޫލްއިން ނުފެންނާނެކަން ރަސްމީކޮށް މިދިޔަ ހޯމަ ދުވަހު އިއުލާން ކޮށްފައެވެ. އަދި އޭނާ އާއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މި ސީޒަނުގައި ލިވަޕޫލްއަށް ހޯދަދިން ސްލޮޓް ބުނެފައިވަނީ އާނޯލްޑަކީ ވަރަށް މޮޅު އަދި މުހިންމު ކުޅުންތެރިއެއް ކަމަށާއި އެފަދަ ކުޅުންތެރިއަކު ޓީމު ދޫކޮށްދިއުމުން އެކަމާ ހިތާމަކުރާ ކަމަށެވެ. “ލިވަޕޫލްގެ ސަޕޯޓަރުންގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުންވެސް އާނޯލްޑް ލިވަޕޫލް ދޫކޮށްލުމުން އެކަމާ ހިތާމަ ކުރާނެ. އެއީ ވަރަށް މޮޅު ޑިފެންޑަރެއް އެ ކްލަބު ދޫކޮށްލުމުން.” ސްލޮޓް ބުންޏެވެ. އޭނާ އިތުރަށް ބުނެފައިވަނީ އާނޯލްޑުގެ މުސްތަގުބަލާ މެދު އޭނާ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި، އެކަމާ މެދު އެއްވެސް ފަރާތަކުން ރަސްމީކޮށް އެއްޗެއް ބުނެފައިނުވާ ކަމަށެވެ. އަދި އޭނާ ދަނީ ކޮން ކްލަބަކަށްކަން އެންމެނަށްވެސް މިހާރު އެނގޭ ކަމަށްވެސް ސްލޮޓް ވަނީ ބުނެފައެވެ.
ފާއިތުވެދިޔަ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކެނޑިނޭޅި ދެކެވެމުންދިޔަ ވާހަކަތަކުގެ ތެރޭގައި އާނޯލްޑް ރެއާލް މެޑްރިޑާ ގުޅޭނެކަމުގެ ވާހަކަތައް ހިމެނެއެވެ. ނަމަވެސް ލިވަޕޫލްއިން ފުރަތަމަ އެކަން ދޮގު ކުރުމަށްފަހު، އެކަމާ ގުޅޭ ގޮތުން ފަހުން ވާހަކަ ދައްކާފައެއް ނުވެއެވެ. ލިވަޕޫލްގެ އެކެޑަމީން ފުޓްބޯޅަ ކުޅެން ފެށި އާނޯލްޑް ވަނީ ލިވަޕޫލްގައި ހޭދަކުރި ދުވަސްތަކުގައި އިނގިރޭސި ޕްރިމިއަރ ލީގު ދެ ފަހަރު, ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެ ޓީމާއެކު ހޯދާފައެވެ.
އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު އެމެރިކާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކުލަބު ވޯލްޑް ކަޕަށް ޓީމުތައް ވަރުގަދަ ކުރަން ފުރުސަތު ދިނުމުގެ ގޮތުން ފީފާއިން ވަނީ މި ފަހަރު ކުޅުންތެރިން ހޯދުމަށް ޚާއްސަ ހުއްދައެއް ކުލަބުތަކަށް ދޭން ނިންމާފައެވެ. އެގޮތުން ޖޫން 1 އިން 10 އަށް ކުޅުންތެރިން ހޯދުމުގެ ފުރުސަތު ކުލަބުތަކަށް ލިބިގެންދާނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
