
ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އޮތް ނަމަވެސް، އެ އަހަރަށްވާ މުސާރަ ދިނުން ކުލަބަށް ދޫކޮށްލުމަށްފަހު ކޯޗު ކާލޯ އަންޗެލޮޓީ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާން ތައްޔާރުވާން ފަށައިފިއެވެ. ސްޕެއިނުގެ ނޫސްތަކުން މި ގޮތަށް ބުނަން ފެށީ ރެއާލް މެޑްރިޑުގެ ކުރީގެ މިޑްފީލްޑަރު ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ ކޯޗުކަމުން މި ސީޒަނަށް ފަހު ވަކިވާނެކަން އިއުލާނުކުރުމުންނެވެ. ގާތްގަނޑަކަށް ކަށަވަރުވެފައިވާ ގޮތުގައި ޒަބީ އަލޮންސޯ ހަވާލުވާނީ ރެއާލް މެޑްރިޑުގެ ކޯޗުކަމާ އެވެ.
ދެ ފަހަރެއްގެ މަތިން ރެއާލް އަށް ކޯޗުކޮށްދީ ތިން ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ހޯދައިދީފައިވާ ކޯޗު އަންޗެލޮޓީ ކުލަބާ ވަކިވާން ޖެހުނީ މި ސީޒަނުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމުންނެވެ. އޭނާގެ ބަދަލުގައި އައު ކޯޗެއް ހޯދަން ރެއާލް މަސައްކަތް ފެށި ނަމަވެސް އެކަން ކޮޅެއްގައި ނުޖެހި އޮތީ އަންޗެލޮޓީގެ އެއްބަސްވުމުގެ ބާކީ އަހަރުގެ މުސާރަ ހޯދަން އެނާ ޑިމާންޑްކުރަން ފެށުމުންނެވެ. ނަމަވެސް ސްޕެއިނުގެ މީޑިއާތަކުން ބުނަނީ މިކަން ބޮޑު މައްސަލައަކަށް ނުހަދައި އަންޗެލޮޓީވެސް ބޭނުންވަނީ ރީތި ގޮތުގައި ކުލަބާ ވަކިވާން ކަމަށެވެ. މިހެންވެ އޭނާ އަށް ވަރަށް ހާއްސަކޮށް ފެއާވެލް ޕާޓީއަކަށް އެކުލަބުން ދަނީ ތައްޔާރުވަމުންނެވެ.
އެންޗެލޮޓީ އަކީ ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ޖަރުމަނުގެ ބަޔާން މިއުނިކާއި އިނގިރޭސިވިލާތުގެ ޗެލްސީ އާއި ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ އޭސީ މިލާނަށްވެސް ތަށި ހޯދައިދީފަ އެވެ. ރެއާލްގައި އޭނާ ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް އެކުލަބުން ނިންމާފައިވަނީ އޭނާގެ ބަދަލުގައި ޒުވާން ކޯޗަކަށް ފުރުސަތު ދިނުމަށެވެ. އަންޗެލޮޓީ ދެން ހަވާލުވާނެ ކަމަށް ބެލެވެނީ ބްރެޒިލްގގެ ގައުމީ ޓީމާ އެވެ. މިއީ ގައުމީ ޓީމެއްގެ ހެޑް ކޯޗުކަމާ އޭނާ ހަވާލުވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގައުމީ ޓީމެއްގައި އޭނާގެ ހަމައެކަނި ތަޖުރިބާ އަކީ 1994 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕެވެ. އެ ފަހަރު ބްރެޒިލް އަތުން ފައިނަލުގައި އިޓަލީ ބަލިވިއިރު އޭނާ އަކީ އިޓަލީ ޓީމުގެ އެއް އެސިސްޓެންޓް ކޯޗެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން އަންޗެލޮޓީ އެ ގައުމުގެ ގައުމީ ޓީމަށް ގެންދަން މަސައްކަތް ކުރާތާ ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
