
މި ސީޒަނަށްފަހު ޖަރުމަނުގެ ބަޔާ ލެވަކޫސަން ދޫކޮށްލަން ކޯޗު ޒަބީ އަލޮންސޯ ނިންމައިފިއެވެ. ޔަގީނާ ގާތަށް ކަށަވަރުވެފައިވާ ގޮތުގައި އޭނާ ދެން ހަވާލުވާނީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗުކަމާއެވެ. މިއީ ހުސްވި ސީޒަނުގައި ޖަރުމަނު ލީގު ލެވަކޫސަންއަށް ހޯދައިދިން ކޯޗު ބޮޑު ކުލަބަކަށް ކޯޗުކޮށްދޭ ފުރަތަމަ ފަހަރަށްވާނެއެވެ. އޭނާ ލެވަކޫސަން ދޫކޮށްލަން ނިންމިކަން މިހާރު ވަނީ ކުޅުންތެރިންނަށްވެސް އަންގާފައެވެ.
“ފުޓްބޯޅައިގައި އެންމެ މުހިންމު ކަމަކީ ރަނގަޅު ވަގުތުގައި ރަނގަޅު ނިންމުން ނިންމުން. މިއީ ފަސޭހަ ކަމެއް ވެސް ނޫން. އެކަމަކު އަހަރެންނާއި ކުލަބާ މިހާރު އެއްބަސްވެފައި މިވަނީ ކުރި އަށް އޮތް ދެ މެޗަކީ އަހަރެންގެ އެންމެ ފަހު ދެ މެޗު ކަމަށް. އަހަރެން ދެން ހަވާލުވާނެ ކުލަބެއް އަދި ނުނިންމަން،” އަލޮންސޯ ބުންޏެވެ. އަލޮންސޯ ލެވަކޫސަން ދޫކޮށްލަން މި ނިންމީ އެހާ ފަސޭހައިން އެކުލަބުގެ އޭނާ ދޫކޮށްނުލާނެ ކަމަށް ބަޔާ ލެވަކޫސަންގެ ސީއީއޯ ފެނާންޑޯ ކަރޯ ވިދާޅުވިތާ ހަފުތާއެއް ފަހުންނެވެ. ނަމަވެސް ކަރޯ ވިދާޅުވީ އޭނާ އެފަދައިން ވިދާޅުވި ނަމަވެސް މި ސީޒަނަށް ފަހު އަލޮންސޯ އޭނާގެ ކުލަބުގައި ހުރުމާއި ނެތުމުގައި އޮތީ ފަންސާސް އިންސައްތައިގެ ފުރުސަތެއް ކަމަށެވެ. ލޯރިއަސް ސްޕޯޓްސް އެވޯޑް ހަފުލާއަށް ފަހު ކަރޯ ވިދާޅުވީ ބަލިނުވެ ހުސްވި ސީޒަނުގެ ޖަރުމަނު ލީގު ލެވެކޫސަންއަށް ހޯދައިން ކޯޗާއެކު އޮތީ ވަރަށް ރަނގަޅު އެއްބަސްވުމެއް ކަމަށެވެ.
“ޒަބީ އަލޮންސޯގެ ކޮންޓްރެކްޓްގައި އޭނާ ދޫކޮށްލާނެ ގޮތެއް ބުނެފައި ނޯންނާނެ. އަދި އަގެއް ވެސް ނޯންނާނެ. އެކަމަކު އަހަރުމެންނާއި އޭނާއާއެކު އޮތީ ވަރަށް ރަނގަޅު އެގްރީމަންޓެއް ހެދިފައި. އެއީ އޭނާ ކުޅުނު ކުލަބަކުން އަތުވެއްޖެނަމަ އަހަރުމެން އެބަޔަކާއެކު އިށީންނާނަން މަޝްވަރާއަށް. އޭނާ ދާނެހާ ގޮތަކަށް ދާން ދޫކޮށް ނުލެވޭނެ،” ކަރޯ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މި ސީޒަން ނިމެންދެން އަލޮންސޯއާ މެދު ގޮތެއް ނުނިންމައި ތިބުމުގެ ބަދަލުގައި ސީޒަން ނިމުމުގެ ކުރިން ކޯޗާމެދު ގޮތެއް ނިންމަން ބޭނުންވަނީ އެއީ ޓީމެއްގެ އެންމެ މުހިންމު މަގާމަށް ވުމުން ކަމަށެވެ. ރެއާލްއިން ކޯޗަކު ހޯދަން މަސައްކަތް ކުރަމުންދަނީ މިހާރުގެ ކޯޗު ކާލޯ އެންޗެލޮޓީގެ ބަދަލުގަ އެވެ. އެއީ މި ސީޒަނުގެ ރެއާލްގެ ނަތީޖާތައް ވަރަށް ބޮޑަށް ގޯސްވުމުންނެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
