
(ފޮޓޯ ކްރެޑިޓްސް: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް)
ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދެވިދާނެ ޕްރޮގުރާމުތަކާ ގުޅޭގޮތުން މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯއާއެކު މަޝްވަރާކުރައްވައިިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މެލޭޝިޔާގެ ޔުނިވާސިޓީ އިސްލާމް ސެލަންގޯގެ ވައިސް ޗާންސެލަރ ދާތޯ ޕްރޮފެސަރ ޑރ. މުޙައްމަދު ފަރީސް ރަވީ ބިން އަބްދުﷲ އާއި ބައްދަލު ކުރައްވައެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެ ޔުނިވާސިޓީ ގުޅިގެން އިސްލާމީ ދާއިރާތަކުން މީހުން ބިނާ ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ އިމާމުންނާއި، ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދެވިދާނެ ޕްރޮގުރާމުތަކާއި ޙަލާލް މެނޭޖްމަންޓު ދާއިރާ ފަދަ މުހިއްމު ދާއިރާތަކުން މީހުން ބިނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
އިސްލާމީ ދާއިރާތަކުން މީހުން ބިނާކޮށް އިތުރު ތަމްރީން ފަހިކޮށްދިނުމަކީ މި ދައުރުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން ކުރަމުން ގެންދާކަމެއްކަން ފާހަގަކޮށްލެވެއެވެ. މިމަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަނީ މެލޭޝިއާގެ ސެލެންގޯ އިސްލާމިކް ޔުނިވަރސިޓީއާއި ދެމެދުވެސްވަނީ ފަހުމުނާމާއެއް އެކުލަވާލާފައެވެ. މިފަހުމުނަމާގެ ދަށުން ގުޅިގެން ސަރަހައްދީ އަދި ބައިނަލްއަޤުވާމީ އެކި މައްސަލަތަކާއި ގުޅޭގޮތުން ދިރާސާތައް ކުރުމަށްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު މުވައްޒަފުންނާއި ދަރިވަރުންނަށް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. މީގެ އިތުރުން ދެޤައުމުގެ ދީނީ އަދި ޘަޤާފަތާއި އާދަކާދަތައް ދިރުވާއާލާކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެކަމަށްވެސް ޔުނިވަރސިޓީން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
