
ރަޝިޔާއިން ޔުކްރޭނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް، އެ ގައުމަށް އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕް ފުރުސަތު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާގައި އެދެފި އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއެކު ވައިޓް ހައުސްގައި ބޭއްވި ޕްރެސްގައި މި ވާހަކަ ދައްކަން ފެއްޓެވިއިރު ރަޝިޔާ އޮތީ ވަގުތީ ގޮތުން ފީފާގެ މުބާރާތްތަކުން ސަސްޕެންޑްކޮށްފައި ކަމެއް ޓްރަމްޕަށް އެނގިވަޑައިނުގަންނަވަ އެވެ. އެއީ 2022 ވަނަ އަހަރު އެ ގައުމުން ޔުކްރޭނަށް އަރަގައިގަތުމުންނެވެ.
މި ހަނގުރާމަ ހުއްޓާލުމަށް މިދިޔަ ނޮވެމްބަރު މަހު ދެ ވަނަ ފަހަރަށް އެމެރިކާގެ ރައީސްކަމާ ހަވާލުވެޑައިގަތުމަށްފަހު ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ރަޝިޔާ ސަސްޕެންޑް ވެފައިވާކަން އެނގިވަޑައިގަތުމުން އޭނާ ވަނީ ފީފާގެ ރައީސް ކުރެން އެއީ ތެދެއްތޯ ވެސް އައްސަވާފަ އެވެ. “އަހަރެންނަށް އެކަމެއް ނޭނގެ. އެއީ ތެދެއްތަ؟،” ޓްރަމްޕް އެއްސެވި އެވެ. ޖަވާބުގައި އެއީ ތެދެއް ކަމަށް އިންފަންޓީނޯ ވިދާޅުވުމުން ޓްރަމްޕް ވިދާޅުވީ ވޯލްޑް ކަޕް ކުޅެން ފުރުސަތު ދިނުމަކީ ރަޝިޔާއިން ހަނގުރާމަ ހުއްޓާލަން ދެވޭ ބާރަކަށްވާނެ ކަމަށެވެ.
“އެމީހުން ސަސްޕެންޑްކޮށްފައިވަނީ ވަގުތީ ގޮތުން ދުވަސްކޮޅަކަށް. އެކަމަކު އަހަރުމެން އުއްމީދު ކުރަނީ ރަޝިޔާ އަށް ފުރުސަތު ދިނުމަކީ އަލުން ހަމަޖެހުން ގެންނަން އެޅޭ ބާރަކަށްވާނެ ކަމަށް. މިއީ ވެދާނެ ކަމެއް. މިއީ ރަނގަޅު ބާރުއެޅުމަކަށް ވެސް ވާނެ. ނޫންތަ؟،” ޓްރަމްޕް އެއްސެވި އެވެ. އޭނާ ވިދާޅުވީ ރަޝިޔާއިން ކޮންމެ ދުވަހަކު 5000 ޒުވާނުން މަރަމުންދާ ކަމަށާއި މިކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ވޯލްޑްކަޕުގައި ރަޝިޔާ ބައިވެރިކުރުމަށް އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން އޭނާ އަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. ނަމަވެސް ފީފާގެ ރައީސްއަކީ ފުޓްބޯޅައިގެ ވެރިޔާ ކަމަށެވެ.
މިހެންވެ އިންފަންޓީނޯ އަށް އެކަން ކޮށްދެވިދާނެ ކަމަށް ނުސީދާކޮށް ވިދާޅުވި އެވެ. ނަމަވެސް ފީފާއިން މިވާހަކަ އަށް ޖަވާބެއް ނުދެ އެވެ. އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕުގައި ޖުމުލަ 48 ގައުމު ވާދަކުރާނެ އެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
