
އަމާޒަކީ ޑިޖިޓަލް އިޤްތިސާދީ ބަދަލުތަކާއިއެކު، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް އަބުރުވެރިކަމާއި އިޙްތިރާމާއެކު މުޖުތަމަޢުގައި އުޅުމުގެ ފުރުސަތު ފަހިވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ޙަގީގީ ތަރައްޤީއަށް ވާސިލުވުމަށް މުހިއްމުކަމެއް ކަމުގައެވެ.
ރައީސް ވިދާޅުވީ މިއަދު އިފްތިތާޙުވެގެންދިޔަ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް(މިސްފީ)އާއެކު، މާލީ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކާއި ދެމެދު ގުޅުންތައް ބަދަހިކުރެވި މުޖުތަމަޢުގައި ތިބި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިގެންދާނެކަމަށެވެ.
President Dr @MMuizzu attends the launching ceremony of the Maldives Islamic Social Finance Initiative. The initiative is part of his Administration’s strategic commitment to promote Islamic Finance in the Maldives and represents a significant milestone in incorporating social… pic.twitter.com/VgmazBOm7r
— The President’s Office (@presidencymv) May 7, 2025
“މިކަން ހަގީގަތަކަށް ހެދުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން އޮތީ ތައްޔާރަށް. މިއަމާޒަށް ވާޞިލުވުމަށް މަސައްކަތްކުރާއިރު ޤައުމެއްގެ ތަރައްޤީ ހަމައެކަނި މިންކުރެވެނީ އެޤައުމެއްގެ އިޤްތިޞާދީ ކުރިއެރުމުން ނޫންކަމާއި އެއީ އަބުރުވެރިކަމާއި، އިޙްތިރާމާއެކު މުޖުތަމަޢުގައި އުޅުމުގެ ފުރުސަތު އެންމެނަށް ފަހިކޮށްދެވިގެން ޙާސިލުވާ އަމާޒެއްކަން ޤަބޫލުކުރަންޖެހޭ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަމާޒަކީ ޑިޖިޓަލް އިޤްތިސާދީ ބަދަލުތަކާއިއެކު، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުންކަމަށެވެ. އަދި މޯލްޑިވްސް ފައިނޭންސް އިނިޝިއޭޓިވްއަކީ މާލީ ކަންކަމުގައި އެހެންގެ ބައިވެރިވުން އިތުރުކޮށް، ޤައުމީ ތަރައްޤީގެ ޕްލޭންގައި ހިމެނޭ މުހިއްމު ކަންކަން ހާސިލްކުރުމަށްވެސް އެހީތެރިވެދޭނެ މަސައްކަތެއްކަމަށެވެ.
ދިވެހީން އަބަދުވެސް ޤަބޫލުކުރާ އުސޫލުތަކުގެ ތެރޭގައި ހިމެނޭ، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީވުމާއި، އިންސާފު ޤާއިމުކުރުމާއި، އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކުރުމަކީ މި އިނީޝިއޭޓިވްގެ ދަށުން ޙާސިލުކުރުމަށް މަސައްކަތްކުރެވޭ ލަނޑުދަނޑިތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ޞަދަޤާތާއި، ވަޤުފް އަދި އިސްލާމިކް ކްރައުޑް ފަންޑިންގއާއެކު، އިސްލާމިކް ބޭންކިންގ ނިޒާމުގެ ތެރެއިން މުޖުތަމަޢުގައި ތިބި ނާޒުކު ފަރާތްތައް މާލީގޮތުން ބާރުވެރިކުރެވި، އިޖުތިމާޢީ އަދާލަތު ޤާއިމުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
