
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިނގިރޭސިވިލާތުގައި ދޫކޮށްފައިވާ ހަތިޔާރު ފޯރުކޮށްދިނުމުގެ ބައެއް ލައިސެންސް ހިފަހައްޓާފައި އޮތް ނަމަވެސް އެ ޤައުމުން ޔަހޫދީންނަށް ހަތިޔާރު ފޯރުކޮށްދެމުން ދާ ކަމަށް ހާމަވެއްޖެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތުން ވަނީ އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ 350 ލައިސެންސްުގެ ތެރެއިން 30 ލައިސެންސު ހިފަހައްޓައިފައެވެ. އެ ލައިސެންސުތައް ހިފަހައްޓާފައި ވަނީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފަށް އެ ލައިސެންސުތަކުގެ ދަށުން ދޫކުރާ ހަތިޔާތުތައް ބޭނުން ކުރުމުގެ ފުރުޞަތު އޮތުމުން ކަމަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. ނުހިފާއްޓާ ދޫކޮށްލާފައިވާ ލައިސެންސުތަކަކީ ގޮގްލްސްއާއި ހެލްމެޓު ފަދަ ތަކެތި ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ލައިސެންސު ކަމަށް ވެސް އޭރު ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
ޕަލަސްޓީނިއަން ޔޫތު މޫވްމަންޓާއި ޕްރޮގްރެސިވް އިންޓަނޭޝަނަލް އާއި ވޯކަރސް ފޮރ އަ ފްރީ ޕަލެސްޓައިން ގުޅިގެން ނެރެފައިވާ ރިޕޯޓެއްގައި ބުނީ ލައިސެންސުތައް ހިފެހެއްޓި ފަހުން ވެސް އިނގިރޭސިވިލާތުން ބޮމާއި މިސައިލު ހިމެނޭ ގޮތަށް އެކި ބާވަތުގެ 8،630 ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އިނގިރޭސިވިލާތުން އެފް-35 މަރުކާގެ ހަނގުރާމަމަތީ ޖެޓުގެ ބައިބައި ސީދާ އިސްރާއީލަށް ފޯރުކޮށްދިނުން ނިމުމަކަށް ގެނެސްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑޭވިޑް ލެމީއާއި މާލީ ވަޒީރު ޖޮނަތަން ރޭނޮލްޑްސްއާއި އިތުރު ވަޒީރުން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ސެޕްޓެމްބަރު 2024ގެ ފަހުން އެތައް ފަހަރެއްގެ މަތިން އިނގިރޭސިވިލާތުން އެފް-35 ހަނގުރާމަމަތީ ޖެޓުގެ ބައިތައް ޔަހޫދީންނަށް ސީދާ ފޯރުކޮށްދީފައިވާ ކަމުގެ ހެކި ހުރި ކަމަށް އެ ރިޕޯޓުގައި ފާހަގަ ކޮޮށްފައިވެއެވެ. އަދި މެދުކެނޑުމެއްނެތި އަދިވެސް މި ގޮތަށް ހަތިޔާރު ފޯރު ކޮށްދެމުންދާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި އިތުރަށް ބުނީ ތިން ޖަމްޢިއްޔާއިން އެ ހޯދުންތައް ހޯދާފައި ވަނީ ޔަހޫދީންގެ ޓެކްސް އިދާރާއިން ކަމަށާއި އެ މަޢުލޫމާތުން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ލެމީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށާއި ޢާންމުންނަށް އޮޅުވާލައްވާފައިވާ ކަން ހާމަވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
