
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ހުރިހާ ސަރަޙައްދުތަކަށް ވެރިވެގަނެ، ހައިހޫނުކަމުގައި ތިބި ރައްޔިތުންނަށް ފޯރުކޮށްދޭން އެތަނަށް ވައްދާ ހުރިހާ އެހީއެއް އަތްދަށުކުރަން، ޔަހޫދީ ދައުލަތުން ރާވަމުންދާ ރޭވުމާމެދު ބައިނަލްއަޤުވާމީ އެހީދޭ ޖަމާޢަތްތަކުގެ ނުރުހުން އަމާޒުކޮށްފިއެވެ. ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ޖައްބާރު ވެރިޔާ ބެންޖަމިން ނަތަންޔާހޫގެ ސަލާމަތީ މަޖިލީހުން ވަނީ، އަސްކަރިއްޔާގެ ވަގުތީ ސިފައިން ވެސް ނެރެ، ހައިހޫނުކަމުގައި އުޅެމުންދާ ޣައްޒާގެ 2.3 މިލިއަން ނިކަމެތި ރައްޔިތުންނަށް ފޯރުކޮށްދޭ ކާބޯތަކެއްޗާއި އެހެނިހެން އެހީގެ ކޮންޓްރޯލް ނެގުމުގެ ރޭވުމަށް ތާޢީދުކޮށްފައެވެ.
ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން މިހާރު ރާވަމުންދަނީ މުޅި ޣައްޒާ ހިސާރުކޮށް، އެތަނަށް ވެރިވެގަތުމަށެވެ. މިގޮތުން، ފަލަސްޠީނުގެ ރައްޔިތުން، ޣައްޒާގެ ދެކުނަށް ދާން މަޖުބޫރުކުރުމަކީ ވެސް މި ރޭވުމުގައި ހިމެނޭ ކަމެއް ކަމަށް ބުނެފައިވެއެވެ. މި ރޭވުމުގެ އާޚިރު މަޤުސަދަކީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުދާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ގޮތަށް، ޣައްޒާގައި ދިރިނޫޅެވޭ މިންވަރަށް ފަލަސްޠީނުގެ ރައްޔިތުން ނިކަމެތިކޮށް، އެތަން އަމިއްލައަށް ދޫކޮށް ދާން މަޖުބޫރު ކުރުވުން ކަމުގައި ވެސް ބުނެފައިވެއެވެ.
އޭގެތެރޭގައި، ޣައްޒާއަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހުރިހާ ކަމެއް ވެސް ޔަހޫދީންގެ ނިރުބަވެރި ސިފައިންގެ އަތް ދަށަށް ގެނެސް، ފަލަސްޠީނުގެ ރައްޔިތުން ބަނޑަށް ޖެއްސުން ވެސް ހިމެނެއެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.
މި ޢުދުވާނާއި ފުރަބަންދާ ގުޅިގެން ޣައްޒާއިން ކާބޯތަކެތި ހުސްވަމުންދާ ކަމުގެ އިންޒާރު އެކުވެރި ދައުލަތްތައް (އދ)ގެ އިތުރުން ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ވަނީ ކޮށްފައެވެ. ޔަހޫދީންގެ މި ރޭވުމާ ގުޅިގެން، އދ.ގެ އެހީދޭ ޖަމްޢިއްޔާ އޯސީއެޗްއޭ އިން ބުނީ، މި ރޭވުމަކީ ޣައްޒާއަށް މިހާރު ކޮންމެހެން ބޭނުންޖެހިފައި އޮތް ޙާލަތާ ދިމާ އިދިކޮޅު ކަމެއް ކަމަށެވެ. އޯސީއެޗްއޭ އިން ބުނީ، މި ހަނގުރާމައިގެ ބައިވެރިއެއްގެ އަތް ދަށަށް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެހީ ގެންދިޔުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިގޮތުން، މިއީ ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކާބެހޭ އުޞޫލުތަކާވެސް މުޅިން ޚިލާފުކަމެއްގެ ގޮތުގައި އެ އޯސީއެޗްއޭއިން ވަނީ ސިފަކޮށްފައެވެ. އޯސީއެޗްއޭގެ އިތުރުން ޣައްޒާއަށް އެހީ ފޯރުކޮށްދޭން ހަރަކާތްތެރިވާ އެހެން ޖަމްޢިއްޔާތަކުން ވެސް ވަނީ ޔަހޫދީންގެ މި ރޭވުމާ މެދު ނުރުހުން ފާޅުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
