
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަރުހަތިޔާރު ބޭނުންކޮށްގެން އަސްކަރީ ބޮޑު ދެ ބާރު ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާނުން ޙަމަލާބަދަލުކުރަން ފެށުމާ ގުޅިގެން، ބައެއް ފްލައިޓުތައް ކެންސަލް ކުރަންޖެހި، މި ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފިއެވެ. ނިއުކްލިއަރ ހަތިޔާރުގެ ޤާބިލުކަން ހޯދައިފައިވާ އިންޑިޔާއާއި ޕާކިސްތާނުން ބަރުހަތިޔާރު ބޭނުންކޮށްގެން ޙަމަލާބަދަލުކުރަން ފެށީ އިންޑިޔާއިން ޕާކިސްތާނަށް ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ރައްދުގައި ޕާކިސްތާނުން ޙަމަލާދީ އިންޑިޔާގެ ހަނގުރާމަމަތީ ފަސް މަތިންދާބޯޓެއް ވައްޓާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. ވައިގެ މަގުން ޙަމަލާތައް ބަދަލުކުރަމުންދާތީ، ޓައިވާނުގެ ޗައިނާ އެއަރލައިންސް އާއި ދެކުނު ކޮރެޔާގެ ކޮރެޔާ އިން ވަނީ ޔޫރަޕު މަގުން މި ސަރަޙައްދަށް ދަތުރުކުރާ ބައެއް ފްލައިޓުތައް ކެންސަލްކޮށް، އަދި ބައެއް އެހެން ފްލައިޓުތައް ދަތުރުކުރާ މަގު ބަދަލުކޮށްފައެވެ.
މިކަމުގެ ސަބަބުން، ކުވެއިތު، އޮމާން އަދި އެކުވެރި އަރަބި އިމާރާތުގެ ވައިގެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ފްލައިޓުތައް ދަތުރުކުރަމުންދާ ކަމަށް ފްލައިޓް ޓްރެކިންގ ވެބްސައިޓުތަކުން ދައްކައެވެ. އިންޑިޔާއިން ވައިގެ ޙަމަލާދިން ވަގުތު، ޕާކިސްތާނުގެ ވައިގެ ސަރަޙައްދުގައި 57 މަތިންދާބޯޓެއް އުދުހެމުންދިޔަ ކަމަށާއި، އެކަމުގެ ސަބަބުން އެ ފްލައިޓުތަކުގެ ތިބި އެތަކެއް ސަތޭކަ ފަސަންޖަރުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުނު ކަމަށް ޕާކިސްތާނުގެ ކަމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
ދެ ޤައުމުގެ މެދުގައި މަސްރަޙު އިތުރަށް ހޫނުވަމުންދާއިރު، އިންޑިޔާއާއި ޕާކިސްތާނަށް ދަތުރު ކުރާ އެއާލައިންތަކުން ދަނީ ފްލައިޓުތައް ކެންސަލް ކުރަމުންނެވެ. އެ ގޮތުން ޤަޠަރު އެއަރވޭސުން ވެސް ވަނީ ޕާކިސްތާނުގެ ވައިގެ ސަރަޙައްދު ބަންދު ކުރުމުން އެ ޤައުމަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. އެއަރ އިންޑިޔާއާއި އިންޑިގޯއާއި ސްޕައިސް ޖެޓުން ވެސް ވަނީ ބައެއް ސަރަޙައްދުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލައިފައެވެ. އިންޑިޔާއިން ބުނެފައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ޙަމަލާ ދިނީ އިންޑިޔާގެ ކަޝްމީރުގައި އޭޕްރިލް 22ވަނަ ދުވަހު ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ބަޑީގެ ޙަމަލާތަކެއްގައި ޢާންމުންގެ 26 މީހުން މަރުވުމުން ކަމަށެވެ. އެ ޙަމަލާތަކުގެ ފަހަތުގައި ތިބީ ޕާކިސްތާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ ނިރުބަވެރިން ކަމުގައި އިންޑިޔާއިން ތުހުމަތު ކުރެއެވެ.
އިންޑިޔާގެ މިސައިލް ޙަމަލާތައް ޢަމާޒުކޮށްފައި ވަނީ ހަނގުރާމަވެރިންގެ މަޤާމުތަކަށް ކަމަށް އެ ޤައުމުން ބުނި ނަމަވެސް އެ ޙަމަލާތަކުގައި މަރުވެފައި ވަނީ ޢާންމުން ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. އެ ގޮތުން އެ ޙަމަލާތަކުގައި 26 މީހުން މަރުވެ 46 މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. އިންޑިޔާގެ ޙަމަލާތަކުގައި ޢާންމުންގެ ގެދޮރާއި މިސްކިތްތަކަށް ގެއްލުންވެފައިވާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވަނީ ޢާންމުވެފައެވެ. އިންޑިޔާގެ މިސައިލް ޙަމަލާއަށް ފަހު އެ ޤައުމުގެ ސަރުކާރުން ބުނެފައި ވަނީ އެ ޤައުމުގެ ފަތުރުވެރިންނަށް ދިން ޙަމަލާގެ ބަދަލު ހިފައިވާ ކަމަށެވެ. އަދި އިންޑިޔާއިން އިސްކަން ދިނީ ޕާކިސްތާނުގެ އަސްކަރިއްޔާއާ ކުރިމަތިލުމަކަށް ނުގޮސް ސީދާ ހަނގުރާމަވެރިންނަށް ޙަމަލާދީ އެ ފަދަ ހަނގުރާމަވެރިން މުސްތަޤްބަލުގައި ދީފާނެ ޙަމަލާއަކުން ދިފާޢުވުން ކަމަށް ވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
