
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބަރުހަތިޔާރު ބޭނުންކޮށްގެން އަސްކަރީ ބޮޑު ދެ ބާރު ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާނުން ޙަމަލާބަދަލުކުރަން ފަށައިފިއެވެ. ނިއުކްލިއަރ ހަތިޔާރުގެ ޤާބިލުކަން ހޯދައިފައިވާ އިންޑިޔާއާއި ޕާކިސްތާނުން ބަރުހަތިޔާރު ބޭނުންކޮށްގެން ޙަމަލާބަދަލުކުރަން ފެށީ އިންޑިޔާއިން ޕާކިސްތާނަށް ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އިންޑިޔާއިން ބުނެފައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ޙަމަލާ ދިނީ އިންޑިޔާގެ ކަޝްމީރުގައި އޭޕްރިލް 22ވަނަ ދުވަހު ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ބަޑީގެ ޙަމަލާތަކެއްގައި ޢާންމުންގެ 26 މީހުން މަރުވުމުން ކަމަށެވެ. އެ ޙަމަލާތަކުގެ ފަހަތުގައި ތިބީ ޕާކިސްތާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ ނިރުބަވެރިން ކަމުގައި އިންޑިޔާއިން ތުހުމަތު ކުރެއެވެ.
އިންޑިޔާގެ މިސައިލް ޙަމަލާތައް ޢަމާޒުކޮށްފައި ވަނީ ހަނގުރާމަވެރިންގެ މަޤާމުތަކަށް ކަމަށް އެ ޤައުމުން ބުނި ނަމަވެސް އެ ޙަމަލާތަކުގައި މަރުވެފައި ވަނީ ޢާންމުން ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ. އެ ގޮތުން އެ ޙަމަލާތަކުގައި 26 މީހުން މަރުވެ 46 މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ. އިންޑިޔާގެ ޙަމަލާތަކުގައި ޢާންމުންގެ ގެދޮރާއި މިސްކިތްތަކަށް ގެއްލުންވެފައިވާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވަނީ ޢާންމުވެފައެވެ. އިންޑިޔާގެ މިސައިލް ޙަމަލާއަށް ފަހު އެ ޤައުމުގެ ސަރުކާރުން ބުނެފައި ވަނީ އެ ޤައުމުގެ ފަތުރުވެރިންނަށް ދިން ޙަމަލާގެ ބަދަލު ހިފައިވާ ކަމަށެވެ. އަދި އިންޑިޔާއިން އިސްކަން ދިނީ ޕާކިސްތާނުގެ އަސްކަރިއްޔާއާ ކުރިމަތިލުމަކަށް ނުގޮސް ސީދާ ހަނގުރާމަވެރިންނަށް ޙަމަލާދީ އެ ފަދަ ހަނގުރާމަވެރިން މުސްތަޤްބަލުގައި ދީފާނެ ޙަމަލާއަކުން ދިފާޢުވުން ކަމަށް ވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އިންޑިޔާގެ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެއީ، ވަރަށް ފިނޑި ޢަމަލެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. އަދި ރައްދުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ޙަމަލާދެމުންދާ ކަން އޭނާ އިޢުލާންކުރެއްވިއެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ޙަމަލާބަދަލުކުރަން ފެށިތާ ފުރަތަމަ ގަޑިއިރުގެ ތެރޭގައި އިންޑިޔާގެ ހަނގުރާމަމަތީ ފަސް މަތިންދާބޯޓު ވައްޓާލައި ބަރުހަތިޔާރު ބޭނުންކޮށްގެން އިންޑިޔާގެ އަސްކަރީ މަޤާމުތަކަށް ޙަމަލާދޭން ފަށައިފައެވެ. ރައްދުގައި އިންޑިޔާއިން ވެސް ވަނީ ބަރުހަތިޔާރު ބޭނުންކޮށްގެން ޕާކިސްތާނާ ކުރިމަތިލާން ފަށައިފައެވެ. އިންޑިޔާއިން ބުނެފައި ވަނީ ޕާކިސްތާނުގެ ޙަމަލާތަކުގައި ޢާންމުންގެ 10 މީހުން މަރުވެ 48 މީހުން ޒަޚަމުވެފައިވާ ކަމަށެވެ.
އިންޑިޔާއާއި ޕާކިސްތާނަށް ދަތުރު ކުރާ އެއާލައިންތަކުން ދަނީ ފްލައިޓުތައް ކެންސަލް ކުރަމުންނެވެ. އެ ގޮތުން ޤަޠަރު އެއަރވޭސުން ވެސް ވަނީ ޕާކިސްތާނުގެ ވައިގެ ސަރަޙައްދު ބަންދު ކުރުމުން އެ ޤައުމަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. އެއަރ އިންޑިޔާއާއި އިންޑިގޯއާއި ސްޕައިސް ޖެޓުން ވެސް ވަނީ ބައެއް ސަރަޙައްދުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލައިފައެވެ. އިންޑިއާއިން ވަނީ ޕާކިސްތާނާ އެކު ފެން ޙިއްސާކުރުމަށް ވެފައި އޮތް މުހިންމު އެއްބަސްވުމަކަށް ޢަމަލުކުރުން މެދުކަނޑާލައިފައެވެ. ރައްދުގައި ޕާކިސްތާނުން ވަނީ އިންޑިޔާއަށް ނިޞްބަތްވާ މަތިންދާބޯޓުތައް ޕާކިސްތާނުގެ ވައިގެ ސަރަޙައްދަށް ވަނުން މަނާކޮށްފައެވެ. މީގެ އިތުރުން، ދެ ޤައުމުން ވެސް މިހާރު ވަނީ ޚާރިޖީ ގުޅުން ދަށްކޮށް، ވިޔަފާރި ކުރުން މަނާކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ވިސާ ދިނުން ވެސް ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
ދިގުލައިގެންގޮސްދާނެ ކުރިމަތިލުމަކަށް ތައްޔާރުވުމުގެ ގޮތުން އިންޑިޔާއާއި ޕާކިސްތާނުން ވަނީ ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ގޮތުން ޕާކިސްތާނުން ވަނީ ދެ ފަހަރެއްގެ މަތިން އައު މިސައިލުތަކެއް ތަޖުރިބާކޮށްފައެވެ. އަދި އިންޑިޔާއިން ވަނީ އެ ޤައުމުގެ އެކި ސްޓޭޓުތަކުގައި ސަލަމާތީ ތައްޔާރީތައް ކުރިއަށް ގެންގޮސްފައެވެ. އިންޑިޔާއާއި ޕާކިސްތާނުން ވަނީ މިހާތަނަށް ހަތަރު ހަނގުރާމައެއް ކޮށްފައެވެ. އޭގެ ތެރެއިން ތިން ހަނގުރާމަ ކޮށްފައި ވަނީ ކަޝްމީރުގެ މައްސަލާގައެވެ.
About Post Author
މާދަމާ ނިއުސް
ގައުމީ ނަޒާހަތްތެރިކަމާއި އިގްތިސާދީ މިނިވަންކަން އިއާދަކުރުން: ބޭރު ފައިސާގެ އިސްލާހީ ބަދަލުތައް މުހިންމުވާ ސަބަބު
(ފޮޓޯ ކްރެޑިޓްސް: މަޓީ) ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކުން އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ...
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުން ފެންނަނީ ޕާޓީއަށް އޮތް ޝައުގުވެރިކަން: އަބްދުއްރަހީމް
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީއަށް ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރާއި އެތެރޭގެ...
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
